...

ވެލާ ތައްޔާރުކުރުމުން 1 ވަނަ ޅ.އަތޮޅު މަދަރުސާ އަށް

1580

ޅ.ނައިފަރު ޖުވެނައިލްއިން އެރަށުގައި ކުރިއަށް ގެންދިޔަ ‘ޅ.ޓަރޓަލް ފެސްޓިވަލް’ ގައި ހިމަނައިގެން ސްކޫލްތަކުގެ މެދުގައި ކުރިއަށްގެންދިޔަ ވެލާ, ކަހނަބު ތައްޔާރުކުރުމުގެ މުބާރާތުން އެއްވަނަ ހޯދީ ޅ.އަތޮޅު މަދަރުސާ އެވެ.

ފެސްޓިވަލްގައި ބައިވެރިވި ސްކޫލްތަކުގެ މެދުގައި ކުރިއަށްގެންދިޔަ މުބާރާތުގައި 13 ސްކޫލުން ވާދަކުރިއެވެ. މުބާރާތުން 2 ވަނަ ހޯދީ ބ.އަތޮޅު މަދަރުސާ އެވެ. ތިންވަނަ ހޯދީ އއ.ހިމަންދޫ ސްކޫލެވެ.

މުބާރާތުގައި ސްކޫލަކުން ތައްޔާރުކޮށްފައިވާ ވެލައެއް: ފޮޓޯ-ޙަފްޞީ

މުބާރާތުގައި ޓަރޓަލް ތައްޔާރުކުރަން ދިނީ 45 މިނިޓެވެ. ނައިފަރު ޓަރޓަލް ބީޗްގައި ކުރިއަށް ގެންދިޔަ މުބާރާތުގައި ވެލާ, ކަހނަބު ތައްޔާރުކުރީ ވެލިންނެވެ. މީގެއިތުރުން ބޭނުންކުރީ އެތަނުން ލިބެން ހުރި ތަކެއްޗާއި ވަސީލަތެވެ. މޫދު ލޮނާއި, އެސަރަހައްދުގައި ހުރި ގަސްތަކުން ފައިބާފައިހުރި ފަތެވެ. އަދި ކަޅު ފަސް ކޮންމްވެސް ވަރަކަށް ބޭނުން ކުރިއެވެ. ފެސްޓިވަލްގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ލިބުނު މުބާރާތަކީވެސް މިއީއެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް

މީގެއިތުރުންވެސް ސްކޫލްތަކުގެ މެދުގައި އިތުރު މުބާރާތްތައް ކުރިއަށް ގެންދިޔައެވެ. ފެސްޓިވަލްގައި ކޮންމެ ސްކޫލަކުންވެސް ވަނީ ސްޓޯލެއް ތައްޔާރުކޮށްފައެވެ. ސްޓޯލް ޑިޒައިން ކުރުމުން އެއްވަނަ ހޯދީވެސް ކުރެންދޫގައި ހުންނަ ޅ.އަތޮޅު މަދަރުސާއެވެ. ދެވަނަ ހޯދީ ހިންނަވަރުގައި ހުންނަ ޅ.އަތޮޅު ތައުލީމީ މަރުކަޒެވެ. އަދި ތިންވަނަ ހޯދީ ހޮޅުދޫ މޭނާ ސްކޫލެވެ. ޅ.އަތޮޅު ސްކޫލުން ވަނީ ސަގާފީ ޑާންސް ހުށަހަޅައިގެންވެސް އެއްވަނަ ހޯދާފައެވެ.

އުކާލެވޭ ތަކެތިން ޅ.އަތޮޅު މަދަރުސާ ކުދިން ތައްޔާރުކުރި ބޮޑުމަސް: ފޮޓޯ-ޙަފްޞީ

އުކާލެވޭ ކުނިން ތަކެތި ތައްޔާރުކުރުމުންވެސް އެއްވަނަ ހޯދީ ޅ.އަތޮޅު މަދަރުސާ އެވެ. މިބައިން ދެވަނަ ހޯދީ އޭދަފުށީގައި ހުންނަ  ބ.އަތޮޅު ތައުލީމީ މަރުކަޒެވެ. ތިންވަނަ ހޯދީ ހުޅުދުއްފާރު ސްކޫލެވެ.

އުކާލާފައިހުރި ޕްލާސްޓިކް ފުޅި ހޮވާ, އެއްކުރުމުގެ މުބާރާތުން އެއްވަނަ ހޯދީ ނ.ކުޑަފަރީ ސްކޫލެވެ. ދެވަނަ ހޯދީ ރ.ހުޅުދުއްފާރު ސްކޫލެވެ. ތިންވަނަ ހޯދީ ކުޅުދުއްފުށި އަފީފުއްދީން ސްކޫލެވެ.

ޓަރޓަލް ފެސްޓިވަލް ވަރަށް ބޮޑަށް ސްކޫލްތަކަށް ވަނީ އަމާޒުކޮށްފައެވެ. މިއީ މިފެސްޓިވަލް ބޭއްވި 8 ވަނަ ފަހަރެވެ. ފުރަތަމަ އަހަރު ބައިވެރިވީ 3 ސްކޫލެވެ. މިފަހަރު 14 ސްކޫލް ރަޖިސްޓްރީވެ, 13 ސްކޫލުން ބައިވެރިވިއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.

2 thoughts on “ވެލާ ތައްޔާރުކުރުމުން 1 ވަނަ ޅ.އަތޮޅު މަދަރުސާ އަށް

  1. ހަބަރުގައި ޅ.އަތޮޅު މަދަރުސާގެ ދަރިވަރުންގެ ފޮޓޮއެއް ހިމެނިފައި ނެތީމަ އެހާ ފުރިހަމައެއް ނޫން.

  2. ގުއިތަފާލުގަ ދަނޑިތެޅުމުގެ މުބާރާތެއް ބާއްވާފަ ހަމަ ތިގޮތަށް ކިއިދާނެ

Comments are closed.

Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.