ތަސްވީރުން ވެލާ ކަހަނބު ތައްޔާރުކުރުމުގެ މުބާރާތް

610

ޅ.ނައިފަރު ޖުވެނައިލް އިން ކުރިއަށްގެންދާ ‘ޅ.ޓަރޓަލް ފެސްޓިވަލް’ ގެ އެންމެ ޚާއްޞަ އެއް ހަރަކާތަކީ ފެސްޓިވަލްގައި ބައިވެރިވާ ސްކޫލްތަކުގެ މެޗުގައި ކުރިއަށްގެންދާ ވެލާ ކަހަނބު ތައްޔާރުކުރުމުގެ މުބާރާތެވެ. ވެލާ ކަހަނބު ތައްޔާރުކުރަން ޖެހެނީ ފެސްޓިވަލް ކުރިއަށްގެންދާ ޓަރޓަލް ބީޗްގައެވެ. ބޭނުންކުރެވެނީ އެތަނުން ލިބެން ހުރި ވަސީލަތާއި, ސާމާނެވެ. ދޮންވެއްޔާއި މޫދު ލޮނެވެ. ކައިރީގައި ހުރި ގަސްތަކުން ފައިބާފައި ހުންނަ ފަތާއި, އެތަނުން ލިބެން ހުންނަ ކަޅު ފަހެވެ. މިކަމަށް ލިބެނީ 45 މިނިޓެވެ. 13 ސްކޫލުން ވާދަކުރިއެވެ. ދަރިވަރުންގެ މަސައްކަތް ވަރަށް ފުރިހަމައެވެ.

ސްކޫލްތަކުގެ ދަރިވަރުން ވެލާކަހަނބު ތައްޔާރުކުރަނީ: ފޮޓޯ-ޙަފްޞީ
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.

One thought on “ތަސްވީރުން ވެލާ ކަހަނބު ތައްޔާރުކުރުމުގެ މުބާރާތް

  1. […] ތަސްވީރުން ވެލާ ކަހަނބު ތައްޔާރުކުރުމުގެ މުބާރާތް […]

Comments are closed.