...

10 އަހަރަށްފަހު ހިތާދޫ އަށް ތަށްޓެއް!

1
0

10 އަހަރަށްފަހު ކުޅިވަރު މުބާރާތަކުން ހިތާދޫއިން ތައްޓެއް ހޯދައިފިއެވެ. ބ.ހިތާދޫން 10 އަހަރަށްފަހު އުފުލާލި ތަށްޓަކީ އެއަތޮޅު ދަރަވަންދޫ ކައުންސިލުން ކުރިއަށްގެންދާ ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ 16 އަހަރުން ދަށުގެ މުބާރާތުގެ ތަށްޓެވެ.

ބ.އަތޮޅުގެ ހަ ރަށާއެކު ދަރަވަންދޫގައި ކުރިއަށްގެންދިޔަ މުބާރާތުގެ ޗެމްޕިއަންކަން ހިތާދޫން ހޯދީ ފައިނަލްގައި ދަރަވަންދޫ ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު 1-1 ން އެއްވަރުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ހިތާދޫން ކުރި ހޯދީ 3-2 ނެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ ތެރެއިން ފުރަތަމަ ލަނޑު ޖަހާ ހިތާދޫއަށް ކުރި ހޯދައިދިނީ މަނާލް އެވެ. އެކަމަކު އޭނާ ޖެހި ޕެނަލްޓީ މުބާރާތުގެ އެންމެ މޮޅު ކީޕަރު ދަރަވަންދޫގެ ސުރެއިހު މަތަކުރިއެވެ. ދަރަވަންދޫއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާ, ދަރަވަންދޫ ކެޕްޓަން އަލީ ސަދީމް އެވެ. ޝޫޓް އައުޓްގައި އޭނާ ޕެނަލްޓީވެސް ކާމިޔާބުކުރިއެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާ ސަދީމް

ޕެނަލްޓީ ޝޫޓް އައުޓްގައި ދަރަވަންދޫން ޕެނަލްޓީ ކާމިޔާބުކުރީ ސަދީމްގެ އިތުރުން ނާޒިލް އެވެ. ނާހިލް ޖެހި ދެވަނަ ޕެނަލްޓީ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. އަދި އަލްހަމް އާއި ރާއިން ޖެހި ޕެނަލްޓީ މެޗުގެ މޮޅު ކުޅުންތެރިޔާ ހިތާދޫ ކީޕަރު ލޫތް ބިން އަހުމަދު އިމާދު މަތަކުރިއެވެ. ހިތާދޫން އަމާން އާއި އައިހަމްގެ އިތުރުން ޝިބާން ޕެނަލްޓީ ކާމިޔާބުކުރިއެވެ. ނާކާމިޔާބުވީ ކެޕްޓަން ރަޒާމް އާއި މަނާލް ޕެނަލްޓީއެވެ.  އެ ދެ ޕެނަލްޓީވެސް ދަރަވަންދޫ ކީޕަރު މަތަކުރިއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ދަރަވަންދޫގެ ނާޒިލް އާއި ސަދީމްގެ އިތުރުން ހިތާދޫގެ ރަޒާން އާއި މަނާލް އަދި ދޮންފަންގެ އަލްޝަން އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ތަށި ހޯދައިދިން ކޯޗު ހަމޫދު އަބްދުލް ހަމީދު އެވެ. ރަންބޫޓް ދެ ކުޅުންތެރިން ހިއްސާކުރިއެވެ. އެއީ ހިތާދޫގެ މަނާލް އާއި ކަމަދޫގެ ކެޕްޓަން ލޫތް އެވެ.

2016 ވަނަ އަހަރު ހިތާދޫން ހޯދި ތަށްޓާއެކު

މިމުބާރާތުގެ ކުރިން ހިތާދޫން ކުޅިވަރުގެ ތަށްޓެއް ހޯދީ 2016 ވަނަ އަހަރުއެވެ. އެއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި މާކިއުރީ ހާފް އައިލެންޑް ކަޕް އެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.