...

ވާވް ޝިޕްރެކް މިހާރު ކޮބާ!

657

މިދިޔަ ޖުލައި 22 ވަނަ ދުވަހު ދައުރުވި އެންމެ ސަމާލުކަން ބޮޑުވި އެއް ޚަބަރަކީ ވ.އަތޮޅުގެ ރަމްޒު ‘ވާވުޝިޕްރެކް’ އޮޔާ ދާ ވާހަކައެވެ. އެކަން ސަމާލުކަމަށް ގެނައީ އެމްއެންޑީއެފް އިންނެވެ. އެޚަބަރަކީ ވަރަށްގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކަންބޮޑުވުން ބޮޑު ޚަބަރެކެވެ.

ޝިޕްރެކް މިހާރު އޮތް ތަނުގައި ޝިޕްރެކް ކައިރީގައި ދެ ސަފާރީ: ފޮޓޯ-ޙަފްޞީ

ސީދާ ޝިޕްރެކް ކައިރި ސްނޯކުލް ކުރަން މިއަތޮޅަށް އަންނަ އެތައް ދިވެހިންނެނެވެ. މާލެ އަތޮޅާއި, އަރި އަތޮޅާއި ވ.އަތޮޅަށް އަންނަ ފަތުރުވެރިންގެވެސް ވަރަށް މަގުބޫލް ޕޮއިންޓަކީ ޝިޕްރެކްއެވެ. މާފުށިންވެސް ބޮޑަތި ލޯންޗް ތަކުގައި ދަތުރު ހަދާފައި އާދެއެވެ. ވ.އަތޮޅުގެ ގެސްޓް ހައުސްތަކުން ހަފްތާއަކު މަދުވެގެން އެއް ދުވަހު ފަތުރުވެރިން ގޮވައިގެން ޝިޕްރެކަށް ދަތުރު ހަދައެވެ.

ދިވެހިންގެ މެދުގައިވެސް ޝިޕްރެކް މަގްބޫލް: ފޮޓޯ-ޙަފްޞީ

އެކަމަކު ޝިޕްރެކް އޮޔާދާ ވާހަކައާއެކު މިހާރު ޝިޕްރެކް ކޮބައިތޯ ސުވާލުކުރާ މީހުންވެސް މަދެއް ނޫނެވެ. ޝިޕްރެކް އަދިވެސް އެބައޮތެވެ. އެކަމަކު ކުރިން އޮތް ތަނުގައި ކުރިން އޮތްވަރަކަށް ނޫނެވެ. މިހާތު ޝިޕްރެކް އޮތީ އަތޮޅުވެރިކަން ކުރާ ފެލިދޫ ބަނދަރަށް ނިކުމެ ބަލާލާއިރު ފެންނަ ހިސާބުގައެވެ. މިނިޓަކުން ދެވޭ ހިސާބުގައެވެ. އޮތީ މަތީބައި އެކަންޏެވެ. ވަރަށްބޮޑަށް ހަލާކުވެފައެވެ. ބައިސްކަލެއްވެސް ނެތެވެ.

ފޮޓޯއިން އެފެންނަނީ ޝިޕްރެކްއާއި ފެލިދޫ އަދި ކެޔޮދޫ އާއި ހުރި ދުރުމިން: ފޮޓޯ-ޙަފްޞީ

އެހެންނަމަވެސް މިހާރުވެސް ޝިޕްރެކަށް އޮތް ޑިމާންޑަށް ބަދަލެއް ނާދެއެވެ. ކޮންމެ ދުވަހަކު އެތައް ބަޔަކު އާދެއެވެ. ސްނޯކުލްކޮށް ވަގުތު ހޭދަކުރެއެވެ. ފަތުރުވެރިންނާއި ދިވެހިންނެވެ. ވ.އަތޮޅާއި މާލެ އަތޮޅުންވެސް މެއެވެ. އޮޔާދަނިކޮށް މިހާރު އޮތްތަނަށް ޝިޕްރެކް ފެއްތީ ތިނަދޫ އީކޯބޫ ގެސްޓްހައުސްގެ ފަރާތުން އިސްނަގައިގެންނެވެ. ތިނަދޫއާ ޝިޕްރެކްއާވެސް ދުރެއް ނޫނެވެ.

ޝިޕްރެކް ކުރިން އޮތީ ފެލިދޫއަށް ވުރެ ކުޑަތަންކޮޅެއް ކެޔޮދޫއާ ކައިރީގައެވެ. އެސަރަހައްދުގައި މިހާރުވެސް ޝިޕްރެކްގެ އަޑީގެ ބައެއް ބައިތައް ވާނެކަމަށް އެތަނަށް ގޮސްއުޅޭ މީހުން ބުނެއެވެ.

2019 ވަނަ އަހަރު ޝިޕްރެކް އޮތްގޮތް: ފޮޓޯ-ޙަފްޞީ

ޝިޕްރެކް ނެތި ދިއުމަކީ ވ.އަތޮޅުން ބައެއް ދިއުންފަދަ ކަމެކެވެ. އެކަމަކު ޝިޕްރެކް އަދި މުޅިން ނެތި ނުދެއެވެ.

ޝިޕްރެކަށް ދާން ޕްލޭން ހަދާފައިވާ މީހުން އަވަސްކުރާށެވެ. ޝިޕްރެކާއި ވާވު އަތޮޅު ވަނީ ގުޅިލާމެހިފައެވެ. ވާވު އަތޮޅާއެކު ޝިޕްރެކް ސިކުނޑިއަށް އަންނަނީ ސަބަބެއް އޮވެގެންނެވެ.

@happehafsy

Where is Vaavu shipwreck now? Has it been washout by the waves, or was it totally vanished? Would it be there in the same place even now? Watch this video if you are planning to visit the shipwreck or if you have memories of it! #waw #shipwreck #vaavatoll #maldives #tiktoktraveller

♬ Travel Corporate Background – 佚名
ލިޔުމާ ގުޅޭ ވީޑިއޯ
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.

One thought on “ވާވް ޝިޕްރެކް މިހާރު ކޮބާ!

  1. 2029 ragalhu kolla dhevvaa

Comments are closed.

Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.