ހުކުރު ފިޔަވާ ހަފްތާގެ ކޮންމެ ދުވަހަކު މެންދުރު 13:00 ގައި ޔޫސުފް ސްޕީޑްގެ ލޯންޗެއް މާލެއިން ކުޑަރިކިއްޔަށް ދަތުރުކުރާނެއެވެ. އެލޯންޗް ދަތުރުކުރާނީ އޭދަފުށްޓާއި, އިތުރު ދެރަށަކަށްވެސް ޖެއްސުމަށްފަހު އެވެ.
މޫސުން ރީތި ދުވަހެއްގައި މާލެ އިން އޭދަފުށްޓަށް ކުރާ ދަތުރަށް ހޭދަވަނީ 1 ގަޑިއިރާ 25 މިނިޓެވެ. މޫސުން ގޯސްނަމަ ދެ ގަޑިއިރު ހޭދަވެދާނެއެވެ. މާލެ އިން ކުޑަރިކިލަށް ދިއުމަށް ކޮޅަކަށް ނަގަނީ 650 ރުފިޔާއެވެ. ބައެއް ފަހަރު އެއަށްވުރެ ހެޔޮކޮށް ޚާއްޞަ ދަތުރުރައް ކުރެއެވެ.

ދެން އޮތީ މަތިން ދަތުރު ކުރުމެވެ. މޯލްޑިވިއަންގައި މާލެއިން ދަރަވަންދޫ އަށް ދިއުމަށް ޢާއްމު އަގެއްގެ ގޮތުގައި ފެންނަން ހުރީ 1126 ރުފިޔާ އެވެ. 1666 ރުފިޔާއަށްވެސް ދަތުރުތައް އެޕްލިކޭބަން ބަލާއިރު ފެނެއެވެ. އަގުހެޔޮ ޓިކެޓް 749 ރުފިޔާއަށް ބައެއް ފްލައިޓް ތަކުގައި ހުރިކަމަށް ދައްކައެވެ. އެކަމަކު ދަރަވަންދޫ އިން ކުޑަރިކިއްޔަށް ދިއުމަށް އަދި ބޮޑު ހޭދައެއް ކުރަން ޖެހޭތީ މިއީ ޖީބަށް ބަރު ރޫޓެކެވެ. ވައިގެ މަގުން ކުޑަރިކިއްޔަށް ދަތުރުކުރާ ނަމަ 2500-3000 ރުފިޔާ ހޭދަވާނެއެވެ.
ކުޑަރިކިއްޔަކީ 700 ގެ އާބާދީގެ ރަށެކެވެ. ހިތްފަސޭހަ ރަށެކެވެ. ބޮޑު ރަށެއް ނޫނެވެ. ތާރީޚި ރަށެކެވެ. ކުޅިވަރު މުބާރާތްތައް ބާއްވައެވެ. ކޮމިއުނިޓީ ޓޫރިޒަމް ވަނީ ތަޢާރަފްވެފައެވެ. މިރަށަށް ދަތުރުކުރުމަށް އެންމެ ރަނގަޅު ރޫޓަކަށް ފެނުނީ ޔޫސުފް ސްޕީޑެވެ.
ހަފްސީ ކުރާ މަސައްކަތަށް ޝުކުރު ވެރިވަން.
ސުރުހީގައި “ކުޑަރިކިއްޔަށް” ޖަހާވަ އެވަނީ ރަނގަޅަކަށް ނޫން. ރަނގަޅު ގޮތަކީ “ކުޑަރިކިލަށް” މިހެން ލިޔުން. ރަނގަޅު ކޮށްލާނެ ކަމަށް އުއްމީދު ކުރަން.
ކުޑަރިކިއްޔަކަށް ނޫން ލިޔާއިރު އޮށްނާނީ، ކުޑަރިކިލަށް. ރަގަޅުކޮއްލާ