ސުރުޚީގައިވާ ސުވާލަކީ މ.ރަތްމަންދޫ އިސްރަށްވެއްސަކު ކުރި ސުވާލަކެވެ. އޭނާގެ ހިތުގައި އެކަމާމެދު ޝައްކު އުފެދެނީ ފޮތުގައި ވަކިގޮތަކަށް އޮތުމާއި, ޝެއިޚުންގެ ފަރާތުން ވަކިގޮތަކަށް ބުނެދޭތީ އެވެ. އެހެންކަމުން އެކަމުގެ ސައްހަ, ރަނގަޅު ގޮތް އޮޅުން ފިލުވުމަށް ކުރި ސުވާލުގެ ޖަވާބުދެއްވީ ޝައިޚު ޢިބްރާހީމް ފަރީދު މުޙައްމަދެވެ. ތިރީގައިވާ ވީޑިއޯގައި އެވަނީ ސުވާލު ކުރި ފަރާތުގެ ސުވާލާއި, އޭގެ ޖަވާބެވެ.
WRITTEN BY
ހަފްސީ
އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.One thought on “އައްތަހިޔާތަށް އިންނައިރު ޝަހާދަތް އިނގިލި ހަރަކާތް ކުރަން ޖެހޭތަ!”
Comments are closed.

ފަރީދު ކޮން ދޮގެއް ތިހަދަނީ. ތި އިނގިލި ފުރަތަމަކޮޅު މަވެސް ތެޅުވިން. އެކަމަކު ހަމަ ޚިޔާލުތައް ވެސް އާދޭ. ތިހެން ތަޅުވައިގެން ހަމައެކަނި ވާކަމަކީ ޖެހިގެން އިންނަ މީހާގެ ނަމާދުގެ ކޮންސެންޓްރޭޝަން ގެއްލެނީ. އިނިގިލި ޙަރަކާތް ކުރަން އޮތީމަ އޭގަވެސް އެންމެ އުނދަގޫ ގޮތް ނަގައިގެން ތިއުޅެނީ. 1 ފަހަރު ޙަރަކާތް ކުރިޔަސް ވާނީ ހަރަކާތް ކުރިކަމަށް. މޫސާގެ ފާނުގެ ޤައުމުގެ މީހުން ކައިރީގައި ގެރިއެއް ކަތިލަން ބުނީމަވެސް މާ ސުވާލު ކުރީމަ އެކަންވެސް އުނދަގުލަކަށް ވީ