ފޮޓޯގައި އެވަނީ އިންޑިޔާގެ ރައްޔިތެއް ކަމަށްވާ ރަމޭޝް އެވެ. އޭނާ އަކީ ސުނާމީގެ ކުރިން ރާއްޖޭގައި 12 އަހަރު މަސައްކަތް ކުރި މީހެކެވެ. މާލެއާއި އައްޑޫ ސިޓީއާއި ރިސޯރޓެއްގައިވެސް މަސައްކަތް ކުރިއެވެ. ސުނާމީއަށްފަހު ރާއްޖެއިން އެނބުރި ގޮސް ދިރިއުޅެނީ އިންޑިޔާގެ ވެއްލޫރުގައެވެ. އެތަނުގައި އޭނާ ހުރީ ބޭބެގެ ދަރިފުޅެއްގެ ސިއްހީ ކަމެއްގައި އެހީތެރިވުމަށެވެ. ބޭބެގެ ދަރިފުޅު ގޮވައިގެން އެތަނުގެ ކްރިސްޓިއަން މެޑިކަލް ކޮލެޖް (ސީއެމްސީ) އަށް ދިޔަ ދުވަހެއްގައި ދިވެހި ބަޔަކު ފެނުނު ދުވަހަކީ ބޭސްފަރުވާގައި އެހީތެރިވުމަށް ދިވެހީންނަށް އޭނާގެ އަތްދިއްކޮށްލި ދުވަހެވެ.
އަޅުގަނޑަށް ފެންނަނީ އެހޮސްޕިޓަލުން ދިވެހި ބަޔަކު. ދިވެހިރާއްޖޭގައި އެހާ ގިނަ ދިވަހު އުޅެފަހުރީމަ އަޅުގަނޑަށް އިނގިއްޖެ ފެންނަށް އިރަށް, އެއީ ދިވެހީންކަން. ދެން އަޅުގަނޑު ގޮސް އެމީހުންނާ ވާހަކަ ދައްކާ އެމީހުންނަށް އެހީތެރިވީ. އޭގެ ފަހުން މިއުޅެނީ މިކަމުގައި, ދިވެހީންނަށް ޚާއްޞަކޮށް އެހީތެރިވުމުގައި.
މިލިޔުން މިޚާއްޞަކޮށްލަނީ އަޅުގަނޑު ރަމޭޝްގެ އެހީތެރިކަމުގެ ދަށުގައި ހޭދަކުރި ބާރަ ދުވަހުގެ ތަޖުރިބާ ހިއްސާކޮށްލުމަށެވެ. މީގެ ސަބަބުން އިންޑިޔާއަށް ފަރުވާއަށްދާ އެހެން ދިވެހީންނަށް އެހީއަކަށް ވެދާނެ ކަމަށްޓަކައެވެ. އަޅުގަނޑު ވެއްލޫރަށް ދިޔައިރު ރަމޭޝްއެއް ނުދަންނަމެވެ. ނަމަވެސް ފަރުވާގައި އުނދަގޫ މަރުހަލާއެއް ކުރިމަތިވެފައި ވަނިކޮށް, ރަމޭޝްގެ މައުލޫމާތު ލިބުނީ އެހެން ދިވެއްސެއްގެ ފަރާތުންނެވެ. ރަމޭޝްގެ ނަމްބަރު އޭނާ ދިނީ ރަމޭޝްއަކީ އިތުބާރުކުރެވޭ މީހެއް ކަމުގެ ޔަގީންކަން ދެމުންނެވެ.

ރަމޭޝްއަށް އަޅުގަނޑު ގުޅިއިރުވެސް އެއީ ރާއްޖޭގައި މަސައްކަތް ކުރި މީހެއް ކަމެއް އަދި ދިވެހި ބަހުން ވާހަކަ ދައްކަން އިނގޭ މީހެއްކަމެއްވެސް ނޭންގެއެވެ. ރަމޭޝް އަށް ގުޅުމަށްފަހު އިނގިރޭސި ބަހުން ތަޢާރަފް ފެށުމާއެކު އޭނާ ވާހަކަ ހުއްޓުވީއެވެ.
އަޅުގަނޑަށް އިނގޭ އިނގޭތޯ ދިވެހި. އަޅުގަނޑު ބާރަ އަހަރު ރާއްޖޭގައި މަސައްކަތް ކުރިން.
އޭގެފަހުން އެނބުރި އަންނަންދެންވެސް މުޅިން ވާހަކަ ދެއްކީ ދިވެހި ބަހުންނެވެ. ވާހަކަދެއްކުމުގައި އަޅައިގަތުމެއް ނެތެވެ. ޢާއްމު ގިނަ ދުވެހިންނަށްވުރެ ބަސްކޮށާރުވެސް މުއްސަންޖެވެ. މައިގަނޑު ވާހަކައަކީ އޭނާއަށް ދިވެހި ބަހުން ވާހަކަ ދައްކަން އިނގުމެއް ނޫނެވެ. އެކަމަކު އޭނާގެ ‘ޕްރޮފެޝަނަލް’ ކަމާއި އަނެކާއަށް ދޭ އިހުތިރާމެވެ. ވަގުތަށް ފަރުވާތެރި ވުމާއި, އަމިއްލައަށް އިސްވެ ކަންކަން ހަމަޖައްސައިދީ, މަގުދައްކައިދިނުމެވެ. އަަބަދުވެސް ބައްދަލުކުރަނީ ހިނިތުންވުމާއެކު އެވެ. ދަށަށް ޖަހާލައިގެން ހުއްޓާ ނޫންގޮތަކަށް އޭނާއާ ބައްދަލެއް ނުވެއެވެ.

ދުވަހުން ދުވަހަށް ހޮސްޕިޓަލް ދަތުރުތައް ފަށާ ނިމެންދެން އެކުގައިވިއެވެ. އޭނާ އަތުގައި އޮތް ކާޑްގެ ސަބަބުން ވަރަށްބޮޑު ފަސޭހަކަމެއްވެސް ލިބެއެވެ. އެއީ އެހިސްޕިޓަލަށް ބަލިމީހުން ގޮވައިގެން ގޮސް އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދައެކެވެ. ރަމޭޝް ދިވެހިންގެ ސިއްހީ ކަންކަމުގައި އެހީތެރިވަނީ އަގެއް ނަގައިގެންނެވެ. ފުރަތަމަ ކޯލްގައިވެސް އޭނާ އެކަން ފާހަގަކުރިއެވެ. އަދި އެކަމަށް ނަގާ އަގު ބުންޏެވެ. ފަހުން އެއަށް ބަދަލެއް ނުގެނެއެވެ. އިތުރު ޑިމާންޑެއް ނުކުރެއެވެ. އެއީ ރަމޭޝް ދިރިއުޅުމަށްވެސް މިހާރު ކުރާ މަސައްކަތެވެ.
ރަމޭޝް ބުނީ ބޭސްފަރުވާއަށް އަންނަން މީހަކު އޭނާއަށް ގުޅާ ވަގުތުން ފެށިގެން އެބަޔަކާ ހަވާލުވެ, ހުރިހާކަމެއް ނިމެންދެން ކައިރިގައިހުރެ, ކުރެވެންހުރި އެންމެ ރަނގަޅަށް ކަންކަން ކޮށްދޭ ކަމަށެވެ. އެއީ ތެދެކެވެ. އެތަޖުރިބާ އަޅުގަނޑު ކުރީމެވެ.
އެއްގޮތަކަށްވެސް އެމީހުންގެ އިތުބާރުގެއްލޭ, ހިތްހަމަނުޖެހޭ ފަދަކަމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑު ނުކުރަން. އަދި މިހާތަނަށް އެފަދަ ހާދިސާއެއް ނޯންނާނެ ދިމާވެފައެއް. އަޅުގަނޑު ކައިރިއަށް ބޭސްފަރުވާއަށް އައިސްފަ ހަމަ ކޮންމެ ދިވެއްސަކުވެސް ދާނީ ހިތްހަމަޖެހިގެން. ބޭސްފަރުވާ ކޮށްގެން ދިޔަޔަސް އެގުޅުން މެދުނުކެނޑި ހަމަ ދެމިހުރޭ.
ހަމަ ޔަގީނުންވެސް އަޅުގަނޑު އެނބުރިއައީ ހިތްހަމަ ޖެހިގެންނެވެ. ހިތްހަމަ ނުޖެހޭ ކުޑަނަމަވެސް ކަމެއް ދިމާނުވެއެވެ. މިއަދުވެސް އޭނާއާ ގާތް ގުޅުމެއް އެބައޮތެވެ. އޭނާގެ ފަރާތުން އެހީތެރިކަން ބޭނުންވާ އެހެން ދިވެހިންނަށް އެމަގު ދައްކައިދޭނަމެވެ.

އެއްގަމު ދަތުރުތައް ހަމަޖައްސާއިރުވެސް ރަމޭޝް އިސްކުރަނީ އޭނާގެ އެހީ ހޯދާ ފަރާތްތަކުގެ ނިންމުމެވެ. ދަތުރުކުރާނީ ކާރުގައިތޯ, އޮޓޯގައިތޯ, ނުވަތަ ހިލޭ ދަތުރުކުރެވޭ ބަހުގައިތޯ ސުވާލުކުރެއެވެ. ބައެއް ހާލަތްތަކުގައި އޭނާގެ ސައިކަލްގައިވެސް ދަތުރުކުރީމެވެ. އެދަތުރުތަކަށް އަގެއް ނުނެގިއެވެ. ޞިއްހީ ކަންކަމުގެ އިތުރުންވެސް ހަމަ ކޮންމެ ކަމެއްގައި އެހީތެރިވެއެވެ.
ވެއްލޫރު ސިޓީގެ ސީއެމްސީ ހޮސްޕިޓަލަކީ 100 އަހަރުވީ ހޮސްޕިޓަލެކެވެ. ހުރިހާ ބަލިތަކަށް ފަރުވާދޭ ބޮޑު ހޮސްޕިޓަލެކެވެ. ތެލެސީމިއާއާ ގުޅުންހުރި ކަންކަމުގައި މިސަރަހައްދުގެ އެންމެ އިތުބާރު ބޮޑު ހޮސްޕިޓަލެވެ. ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ޚިދުމަތްވެސް ދޭ ހޮސްޕިޓަލެކެވެ.
ރަމޭޝް ބުނީ 12 އަހަރު ވަންދެން ރާއްޖޭގައި އުޅެފަހުރުމުން ދިވެހިރާއްޖެ ދެކެ ވަރަށް ލޯބިވާ ކަމަށެވެ. ދިވެހި ބަހާއި, ދިވެހިންގެ ހިތްހެޔޮ ކަމާއި, ދިވެހިންގެ ކެއުން ފާހަގަކުރިއެވެ.
” ހަމަ ހުރިހާ ގޮތަކުން އަޅުގަނޑު ދިވެހިރާއްޖެ ދެކެ ވަރަށް ލޯބިވޭ އިނގޭތޯ.” އަޅުގަނޑަށް ރަމޭޝްގެ ފަރާތުން އެކަން މާރަނގަޅަށްވެސް ފެނުނެވެ.
ރަމޭޝްގެ އެހީތެރިކަން ބޭނުންނަމަ އޭނާގެ މޮބައިލް ނަމްބަރު 919600492214+ އެވެ. ރަމޭޝްގެ ފަރާތުން އެހީތެރިކަން ލިބުނު އެހެން ފަރާތަކަށް މިލިޔުން ފެނިއްޖެ ނަމަ އެމީހެއްގެ ތަޖުރިބާ ހިއްސާކޮށްލަދެއްވުން އެދެމެވެ. އެކަމުގެ ސަބަބުން އެހެން ދިވެއްސަކަށް ފަސޭހައެއް ލިބިދާނެ ކަމަށްޓަކައެވެ.
ޙަފްސީ އަކީ ވަރަށް އިތުބާރު ކުރެވޭ ނޫސްރިއެއް ތިޔަ ކޮށްދެއްވަނީ ވަރަށް ރަނގަޅު ޚިދުމަތެއް جزاك الله خيرا وبارك الله فيك 🤲
ޙަފްސީ އަކީ ވަރަށް އިތުބާރު ކުރެވޭ ނޫސްރިއެއް ތިޔަ ކޮށްދެއްވަނީ ވަރަށް ރަނގަޅު ޚިދުމަތެއް جزاك الله خيرا وبارك الله فيك 🤲
އަޅުގަނޑު ރަމޭޝްއާއި ދިމާވީ ވެއްލޫރުގައި ހަދާނެ ގޮތް ހުސްވެފައި ވަނިކޮށް 2018 ވަނަ އަހަރު ވެއްލޫރުގެ މަގުމަތިންނެވެ. ރަމޭޝްއަށް އަޅުގަނޑުމެން ދިވެހިންނާއި ވައްތަރުވެގެން މަގުމަތިން އޭނާ، އަޅުގަނޑުމެންނަކީ ސުވާލު ކުރިއެވެ. އެދުވަހަށްފަހު މިޔަދާއިހަމަޔަށް އަޅުގަނޑުގެ ކޮއްކޮގެ ބޭސްފަރުވާގެ ކަނތަކުގައި އެހީތެރިވެދެނީ ރަމޭޝްއެވެ. ވަރަށް ތެދުވެރި އަޚްލާޤު ރަނގަޅުމީހެކެވެ.އިންތިހާޔަށް ހިތްހެޔޮ މީހެކެވެ. ވެއްލޫރަށް އަންނަން ވާއިރަށް ކޮއްކޮގެ އެޕޮއިންޓްމެންޓް ހައްދާ ހުރިހާކަމެއްވެސް ހުންނަނީ ފަސޭހަ ކޮށްދީފައެވެ.
ރަމޭޝް އަކީ ބަރާބަރު ވަރަށް ހިތްހެޔޮ ރަނގަޅު މީހެއް އަޅުގަނޑުމެން އަލަށް ދިޔަ ފަހަރުވެސް އޭގެ ފަހުން ވެސް ރަމޭޝް ނަގާ އަގު ބޮޑެއް ނޫން ކޮށްދޭ ކަންކަމާ ބަލާފަ ނަގާ އަގުވެސް ހަމަ ވަރަށް ރަނގަޅު މިއީ އަޅުގަނޑު ދެކޭގޮތް ވަރަށް އިތުބާރު ކުރެވޭ ވަރަށްވެސް ރަނގަޅު މީހެއް ރަމޭޝް އަކީ 😊
ރަމޭޝް އަކީ ބަރާބަރު ވަރަށް ހިތްހެޔޮ ރަނގަޅު މީހެއް އަޅުގަނޑުމެން އަލަށް ދިޔަ ފަހަރުވެސް އޭގެ ފަހުން ވެސް ރަމޭޝް ނަގާ އަގު ބޮޑެއް ނޫން ކޮށްދޭ ކަންކަމާ ބަލާފަ ނަގާ އަގުވެސް ހަމަ ވަރަށް ރަނގަޅު މިއީ އަޅުގަނޑު ދެކޭގޮތް ވަރަށް އިތުބާރު ކުރެވޭ ވަރަށްވެސް ރަނގަޅު މީހެއް ރަމޭޝް އަކީ 😊
Ramesh aky alhuganduves dhanna faritha meeheh, alhuganduves beys faruva akah vollore ah 2 faharu dhiyain, dhefaharuves ramesh adhi sureshge faraathun veheetherikan libunu, eynayaky v kamah kamey hithaigen e bayehge faruvaa nimendhen huriha kamehgaives v helpful meeheh.
ހަފްސީ ފަދަ ނޫސްވެރިޔަކު މިފަދަ އޭޖެންޓެއްގެ ހުލާސާ ރިޕޯޓެއް ގެނެސްދޭނީ އެމީހާ ވަރަށް ރަނގަޅުވީމަ ކަމަށް ޔަގީންކުރަން.
ބޭހަށް ދާ ދިވެހިންނަށް ވަރަށް ބޭނުންތެރި ރިޕޯޓެއް މިއީ.އެއީ ބައެއް މީހުންނަކީ ރާއްޖޭގެ ހޮސްޕިޓަލްގައި ވެސް ހިދުމަތްތައް ހޯދަން އެހާ ފަރިތަނޫން މީހުން.
ސަބަބަކީ އިލްމެއް ހުއްޓަސް ހިލްމެއް ނެތީމަ.
ތައުލީމާއި އެއްވަރަށް ތިމާގެ ލޯ ވެސް ހުޅުވެންޖެހޭ ކަންކަމަށް.
ދިވެހިން ފެލުމުގަ ރަމޭސް މިހެންއޮތްނަމަ ވަރަށްފުރިހަމަވީސް
ރަމޭޝް އަކީ 2012 އިން ފެށިގެން އަޅުގަނޑުގެ ވވވ ގާތް ރަޙްމަތްތެރިއެކެވެ. ލިޔުމުގައި ވަނީ ތެދު ޙަޤީޤަތެވެ.