މިއީ ރ.މަޑުވަރީގެ ޒުވާން ޓީމެކެވެ. މުބާރާތްތަކާއި, އިވެންޓްތައް ލައިވްކޮށް ކަވަރޭޖް ހަދައިދެއެވެ. އެ އިވެންޓްތަކުގެ ކޮމެންޓްރީ ދެއެވެ. ހުށަހަޅައިދިނުމުގެ ކަންކަން ހަމަޖައްސައި ދެއެވެ. އިވެންޓްތަކުގެ ކޮލިޓީ ފޮޓޯ ނަގާ ވަގުތުން ފޯރުކޮށްދެއެވެ.
ރަސްމިއްޔާތަށް ބޭނުންވާ އައިޓަމްވެސް ތައްޔާރުކޮށްދެއެވެ. ލަވައިގެ ލިރިކްސްއާ ހަމައިން ރެކޯޑިންގ ނިންމުމާ ހަމައަށެވެ. އެ ލަވައަށް ފައިހަމަކޮށް ތައްޔާރުކުރާ އައިޓަމްއަށް ބޭނުންވާ ފަންނާނުން ހަމަޖެއްސުމާމެދުވެސް އިވެންޓްގެ ވެރިފަރާތުން ވިސްނާކަށް ނުޖެހޭނެއެވެ.
ސްޓޭޖް ކޮންސެޕްޓާއި, ޑިޒައިން އަދި ވުޑް ވަރކްސް އެވެ. ބެކްޑްރޮޕްއާއި, ޓްރޮފީ ސްޓޭންޑްވެސް ތައްޔާރުކުރާނީ މިޓީމުންނެވެ. ޗެމްޕިއަން ބޯޑާއި, ލައިޓިންގ އާއި ސައުންޑާ މެދުވެސް ހާސްވާކަށް ނުޖެހޭނެއެވެ. އެކަންކަމާ އިވެންޓް އިންތިޒާމް ކުރާ ފަރާތުން ވިސްނާކަށް ނުޖެހޭނެއެވެ.
ކޮންފަޓީ އެރުވުމާއި, މުޅި އިވެންޓް ހުށަހަޅައިދިނުންވެސް ހަމަޖައްސައިދޭނީ މިޓީމުންނެވެ. މިއީ ގުޅިފައިވާ އެއް ޓީމެއްގެ މަސައްކަތްތަކެވެ. ލައިވް ކުރުމުގެ ހުރިހާ ކަމެއް ‘ކްލިކް ލައިވް’ އިންނެވެ. ފޮޓޯ ގްރަފީ ‘ކްލިކް ގްރަފީ’ އިންނެވެ. އެހެންކަންކަން ޑައިނަމިކްސް އިނެނެވެ. ތަފާތު ނަންތަކެއް ކިޔަސް ހުރިހާ ކަމެއް އިންތިޒާމްވެ ހަމަޖެހިގެންދަނީ އެއް ފުރާޅެއްގެ ދަށުންނެވެ. އެއް ޓީމެކެވެ.
އެޓީމާމެދު އޮތް އިތުބާރު ހަމައެކަނި މިއަހަރު އޮތް އޭދަފުށި ކަޕުންނާއި, ބ.އަތޮޅު ފުޓްސަލް މުބާރާތުން އެކަނިވެސް ޔަގީން ކުރެވެއެވެ. ތިރީގައިވާ ތަސްވީރުތައް އެކަމަށް ބާރު ދެއެވެ. ރާއްޖޭގެ ކޮންމެ ހިސާބަކަށް ދަތުރުކުރަންވެސް މިޓީމް ތައްޔާރެވެ.












ިއިވެންޓް އަގުތައް ވެސް ޖަހާލިނަމަ ސަޅިވީސް
އިވެންޓެއް މިހާ ފުރިހަމަކޮށް ނިންމާލި މަންޒަރު އަލަށް މިފެނުނީ. މިކުދިންނަށް ހަމަ ސާބަސް.