ޖިންސެއް އުމުރެއް އިސްތިސްނާވުމެއް ނެތް ގުރައިދޫ ފުޓްސަލް ފިއެސްޓާ

904

ކ.ގުރައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤިއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ބޭއްވި ފުރަތަމަ ކުޅިވަރު ފެސްޓިވަލް ‘ސިކްސް-އާރު ފުޓްސަލް ފިއެސްޓާ’ ޚާއްޞަވާ މައިގަނޑު ސަބަބު ސުރުހީގައި އެއޮތީއެވެ. އެއްވެސް މީހަކު ބާކީނުވާނެ ގޮތަށް ފިއެސްޓާ ރާވާލުމެވެ. އެންމެނަށް ފުރުޞަތު ލިބޭނެ ކެޓަގަރީތަކެއް ހިމެނުމެވެ.

މުބާރާތުގައި ހަތަރު ކެޓަގަރީ ހިމެނެއެވެ. އެއީ ފިރިހެން ޑިވިޝަނާއި, އަންހެން ޑިވިޝަންގެ އިތުރުން ޖޫނިއަރ ކެޓަގަރީއާއި ވެޓަރެންސް ކެޓަގަރީއެވެ. ހަތަރު ކެޓަގަރީ އެކުވުމުން މުބާރާތުގައި ކުޅުމުގެ ފުރުޞަތު ނުލިބޭ މީހަކު ކ.ގުރއިދޫގައި ނެތެވެ.

ގުރައިދޫ ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޓީމް: ފޮޓޯ- އާރިފް ފޮޓޯސް

ޖޫނިއަރ ކެޓަގަރީ އަކީ 12-17 އަހަރަށް ޚާއްޞަ ކެޓަގަރީއެވެ. އެކަމަކު މިކެޓަގަރީގެ ކުއްޖަކަށް ފިރިހެން ކެޓަގަރީގައިވެސް ވާދަކުރެވިދާނެއެވެ. އެހާލަތުގައި ޖޫނިއަރ ކެޓަގަރީގައި ނުކުޅެވޭނެއެވެ. ވެޓަރެންސް ކެޓަގަރީ އަކީ 40 އަހަރުން މައްޗަށް ޚާއްޞަ ކެޓަގަރީއެވެ. 35-40 އަހަރާ ދެމެދުގެ އެއް ކުޅުންތެރިއަކަށް ކުޅެވެއެވެ. މިކެޓަގަރީގައި ކުޅޭ ކުޅުންތެރިއަކަށް އެހެން ކެޓަގަރިއަކަށް ނުކުޅެވޭނެއެވެ. އަދި މިއުރުމަށް ފެތުނަސް މެންސް ކެޓަގަރީގައި ކުޅެފިނަމަ ވެޓަރެންސްގެ އުމުރު ހަމަވިޔަސް, ވެޓަރެންސް ކެޓަގަރީން ޖާގައެއް ނުލިބެއެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިން: ފޮޓޯ-އާރިފް ފޮޓޯސް

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އެގްޒިޓޯ އެފްސީ އެވެ. އެއީ ފައިނަލްގައި 3-0 ން ބްރަދަރހުޑް އެފްސީ ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ އެގްޒިޓޯގެ ހަސަން ޝަރަފް އެވެ. ފިރިހެން ޑިވިޝަންގެ ރަންބޫޓް ހޯދީ ބްރަދަރ ހުޑްގެ މުޙައްމަދު މާއިލް އަރީފް އެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކީ ޓިމްލޯގެ ނައްވާފް އަބްދުالله ނަޝީދު އެވެ. މިކެޓަގަރީގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ބުރްދަރ ހުޑްގެ މުޙައްމަދު މާއިލް އަރީފް, އެގްޒިޓޯގެ އިސްމާއީލް މަދީހް, އެގްޒިޓޯގެ އިބްރާހީމް ޝައިހާން, އަހުމަދު ޝުއޫން, އަދި ޑިމެއްލޯގެ ވިލްފް އެވެ. މެންސް ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިއަކީ އެގްޒިޓޯގެ އިސްމާއީލް މަދީހް އެވެ. މިކެޓަގަރީގައި 7 ޓީމް ވާދަކުރިއެވެ. ޗެމްޕިއަން އެގްޒިޓޯގެ ކޯޗު އަސްލާން އަލީ ބުނީ މިއީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ޓީމް ކުޅުންތެރިން އެކުރި މަސައްކަތް އަޅުގަނޑު ހަމަ މިފުރުޞަތުގައި ފާހަގަކޮށްލަން. މިމުބާރާތް ކާމިޔާބުކަމާއެކު ގެންދިއުމަށް ކައުންސިލުން އަސްލު, އޮގަނައިޒް ކުރުމަށް މިކޮށްދިން މަސައްކަތް އަޅުގަނޑުމެން ހަމަ ހިތުގެ އަޑިން ފާހަގަކުރަން.

މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމް: ފޮޓޯ-އާރިފް ފޮޓޯސް

އަންހެން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ޓިމެއްލޯ އެފްސީ އެވެ. އެޓީމް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި 6-0 ން ޗެލެންޖަރސް އެފްސީ ބަލިކޮށްގެންނެވެ. މިކެޓަގަރީގައި ވާދަކުރީ ތިން ޓީމެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ޓިމެލޯ އެފްސީގެ ޝަރުވާ މުޙައްމަދެވެ. އަންހެން ޑިވިޝަންގެ ރަންބޫޓް ހޯދީވެސް ޝަރުވާ މުޙައްމަދެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކީ ޓިމެއްލޯ އެފްސީގެ މަރިޔަމް ރީމް ތައުރީފް އެވެ. އަންހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޓިމެއްލޯގެ ޝަރުވާ މުޙައްމަދު, ޗެލެންޖަރސްގެ މަރިޔަމް ސަމީލާ, ޓިމެއްލޯގެ އައިޝަތު އައިމާ އަލީ, އެގްޒިޓޯގެ އައިޝަތު އުނައިޝާ, އަދި ބްރަދަރހުޑްގެ އައިޝަތު ފަޒީނާ އެވެ. އަންހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިއަކީ ރަންބޫޓްވެސް ހޯދީ ޝަރުވާ މުޙައްމަދެވެ. އަންހެން ޑިވިޝަންގެ ތަށި ހޯދައިދިން ކޯޗު ފާޒިރު އަލީ ބުނީ އަންހެން ޑިވިޝަނަށް ހުޅުވާލައިގެން މުބާރާތެއް ބޭއްވުން މިއީ ކައުންސިލުން ކޮށްދިން ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.

ޗެމްޕިއަން ލިބުނީމަ ދެން އަސްލު ވަރަށް އުފާވޭ, މުބާރާތުގައި ބައިވެރިވީވެސް ވަރަށް ގޯގަދޯ, ވަރަށް ކިކްގަ ތަށި ހޯދަން

މުބާރާތުގެ ވެޓަރެންސް ކެޓަގަރީގެ ޗެމްޕިއަން ޓީމް: ފޮޓޯ-އާރިފް ފޮޓޯސް

މުބާރާތުގެ ވެޓަރެންސް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ޗެލެންޖަރސް އެފްސީ އެވެ. އެއީ ފައިނަލްގައި 2-1 ން ބްރަދަރހުޑް އެފްސީ ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ޗެލެންޖަރސްގެ މުޙައްމަދު ސަމާއު އެވެ. ވެޓަރެންސް ޑިވިޝަންގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ އެގްޒިޓޯގެ އަލީ ނަސީރު އެވެ. ވެޓަރެންސް ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޗެލެންޖަރސްގެ އަހުމަދު ސަމާއު, ބްރަދަރހުޑްގެ އަބްދުالله ނަޝީދު, އެގްޒިޓޯގެ އަހުމަދު ވަދީއު, ބްރަދަރހުޑްގެ މުޙައްމަދު ޝަމްއޫން, އަދި ޗެލެންޖަރސްގެ މުޙައްމަދު ސުހައިލް އެވެ. މިޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިއަކީ ޗެލެންޖަރސްގެ އަހުމަދު ސަމާއު އެވެ. ވެޓަރެންސް ތަށި ހޯދި ޓީމްގެ ކެޕްޓަން އަހުމަދު ސަމާއު ބުނީ މުބާރާތަކީ ވަރަށް ފުރިހަމަ މުބާރާތެއް ކަމަށެވެ. މުބާރާތުގެ އިންތިޒާމްވެސް ވަރަށް ރަނގަޅުކަން އޭނާ ފާހަގަކުރިއެވެ.

ހުރިހާ އޭޖަކަށް މުބާރާތުގައި ބައިވެރިވެވޭތީ. އެއީ ވަރަށް ހިތްހަމަ ޖެހޭކަމެއް. އަހަރެމެން ދުވަސްވީ މީހުންނަށްވެސް އަދި އަލަށް މިކަހަލަ މުބާރާތެއް ބާއްވާލީމި. ދުވަސްވީ ކުޅުންތެރިން އެބަތިބި ރަނގަޅަށް ކުޅެފަތިބި, އެކުޅުންތެރިންނަށްވެސް ވަރަށް ރަނގަޅު ފުރުޞަތެއް މިއީ.

މުބާރާތުގެ ޖޫނިއަރ ކެޓަގަރީގެ ޗެމްޕިއަން ޓީމް: ފޮޓޯ-އާރިފް ފޮޓޯސް

މުބާރާތުގެ ޖޫނިއަރ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ ބްރަދަރހުޑް އެފްސީ އެވެ. އެޓީމް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި 3-2 ން އެގްޒީޓޯ ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ބްރަދަރހުޑްގެ އައްލާމް އަހުމަދު ފަހުމީ އެވެ. ޖޫނިއަރ ޑިވިޝަންގެ ރަންބޫޓް ތިން ކުޅުންތެރިއަކު ހޯދިއެވެ. އެއީ އެގްޒީޓޯގެ ހޫދު އަހުމަދު ފަތުހީއާއި, ބުރަދަރ ހުޑްގެ މުހައްމަދު ޖައީސް ޖައުދު އާއި, އިބްރާހީމް އައްލާމް ފަރީދު އެވެ. ޖޫނިއަރ ޑިވިޝަންގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ ޗެލެންޖަރސްގެ ފާލިހް އަހުމަދު ފަލާހް އެވެ. ޖޫނިއަރ ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އެގްޒިޓޯގެ ހޫދު އަހުމަދު ފަތުހީ އާއި, ބްރަދަރހުޑްގެ މުޙައްމަދު ޖައީސް ޖައުދު އާއި, އިބްރާހީމް އައްލާމް ފަރީދު އާއި, އަހުމަދު އިލްފް ޝާދިމް އާއި, އެގްޒިޓޯގެ އަހުޒަމް އަހުމަދު ވަދީއު އެވެ.

ޖޫނިއަރ ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިއަކީ ބްރަދަރހުޑްގެ އައްލާމް އަހުމަދު ފަހުމީ އެވެ. ޖޫނިއަރ ކެޓަގަރީގައި ވާދަކުރީ ތިން ޓީމެވެ. ޖޫނިއަރ ތަށި ހޯދައިދިން ކޯޗު މުހައްމަދު ޝަނީޒު ބުނީ މިމުބާރާތަކީ ޖޫނިއަރ ކުޅުންތެރިން ފުޓްސަލްގައި ކުރިއަށްދާން ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. މުބާރާތުގެ ސަބަބުން ވަރަށް ރަނގަޅު ބައިވަރު ކުދިންތަކެއް އުފެދިގެން އަންނާނެކަން އޭނާ ފާހަގަކުރިއެވެ.

އަޅުގަނޑު ވަރަށް އެދޭކަމެއް މިއީ ގިނަގިނައިން މިކަހަ މުބާރާތްތައް ބޭއްވުން މިއީ. ތަށި ލިބުނީ ވަރަށް ރަނގަޅަށް ޑިސިޕްލިން ބައިންދައިގެން ކުޅުންތެރިން ކުޅުމުގެ ސަބަބުން.

ގުރައިދޫ ކައުންސިލްގެ ނައިބުރައީސް އިބްރާހީމް ޝަލީޒް ވިދާޅުވީ ފުރަތަމަ ފުޓްސަލް މުބާރާތެއް ބޭއްވިއިރު ކުޑަކުދިންނާއި އަންހެނުންވެސް މެޗުތައް ކުޅޭއިރު ވަރަށްގިނަ ވަގުތު ހޭދަކުރާކަން ފާހަގަކުރެވުމުން, އެހުރިހާ ގިންތިއެއް ހިމެނޭހެން ފިއެސްޓާއެއް ގޮތަށް ބާއްވަން ނިންމީ ކަމަށެވެ. ފިއެސްޓާގެ ކާމިޔާބީގެ އަލީގައި އަންނަ އަހަރު އަންހެނުންގެ ވެޓަރެންސް އިތުރުކޮށް, ކައިރި ބައެއް ރިސޯރޓްތަކަށްވެސް ދައުވަތު ދޭން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

އަންނަ އަހަރު އިރާދަކުރެއްވިއްޔާ އަންހެނުންނަށްވެސް ވެޓަރެންސް މުބާރާތެއް މިކޮޅުގައި ކުރިއަށްދާނެ, އަދި އަޅުގަނޑުމެން އެބަ ދައުވަތު ދެން ކައިރި ކޮންމެސް ދެ ރިސޯރޓަކަށް މެންސް ޑިވިޝަންގައި ވާދަކުރަން. އަންނަ އަހަރު އިރާދަކުރެއްވިއްޔާ މިއަހަރަށްވުރެ ބޮޑަށް މިމުބާރާތް ފުޅާވެގެންދާނެ.

މިއަހަރުގެ މުބާރާތުގެ ފެއަރޕްލޭ ޓީމްތަކަކީ ޖޫނިއަރ ކެޓަގަރީން ޗެލެންޖަރސް, ވިމެންސް ކެޓަގަރީން އެގްޒިޓޯ, ވެޓަރެންސް ކެޓަގަރީން ބުރަދަރހުޑް އަދި މެންސް ކެޓަގަރީންވެސް ބުރަދަރ ހުޑް އެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.

2 thoughts on “ޖިންސެއް އުމުރެއް އިސްތިސްނާވުމެއް ނެތް ގުރައިދޫ ފުޓްސަލް ފިއެސްޓާ

  1. · އޮކްޓޫބަރު 9, 2024 at 2:29 ޕމ

    ކުއްޖާގެ ނަން ބަދަލު ތި ކުރީ ކީއްވެ ހަފްސީ އަޅުގަނޑަށް ތިިބޭ ފޅާގެ ނަން ވެސް ބަ ދަލު ކުރެ ވި ދާާނެ ހަފުސާާ އަށް

  2. ނުކުޅެވޭނެއެވެ. ވެޓަރެންސް ކެޓަގަރީ އަކީ 40 އަހަރުން މައްޗަށް ޚާއްޞަ ކެޓަގަރީއެވެ. 35-40 އަހަރާ ދެމެދުގެ އެއް ކުޅުންތެރިއަކަށް

    Matheegai mentioned kurevifaivaagothah , mubaaraathuge iulaangai liyevi gazet kurevifai vanikoh , 2 team gaivaadhaa khilaafah 40-35 ge 2 kulhuntherin jahaa hadhaa match thah kulhe mumaabaraaiy nimmee , mega gaivaadhaa khilaafu vteam thakah hurihaa molheh , coucilun mubaaraaiy baavvanee baanvan jeheythee ey heevaa kahala gothah mubaaraaiy kuriyah dhiyaee , team thakah furusathu dhinumugaves thimannaamennah mubaaraaiy hingan faseyha gothashey beyvununu bahdhaluvumugai bunee, so which means baanvan schedule kurevifa otheemaey mi beyhvee , mi comment post vaanekamh heekuran

Comments are closed.