700 އެއްހާ މީހުންގެ އާބާދީގެ ބ.މާޅޮހަކީ ލޯކަލް ޓޫރިޒަމްގައި ކުރިއަރަމުން އަންނަ ރަށެކެވެ. އެންމެ ފެންވަރު ރަނގަޅު ގެސްޓްހައުސްތައް މިހާރުވެސް ހިންގައެވެ. ރާއްޖެއިން ބޭރުގެ ފަތުރުވެރިން ޒިޔާރަތް ކުރެއެވެ. އެކަމަކު މިރަށުން ފެންނަނީ ރަށްފުށުގެ ސާދާ ދިރިއުޅުމެވެ. ހިތްގައިމު, އުފާވެރި މަންޒަރުތަކެވެ. ބަދަހި އާއިލާތަކެވެ. މަސައްކަތްތެރި ރައްޔިތުންނެވެ. ހަވީރުވެގެން އަންނައިރު ރަށުގެ ދޮންވެލި ތުނޑީގައި ކުޑަކުދިން ކުޅުމާއި މަޖާކުރުމުގައެވެ. އަންހެނުން ރޯނުވެށުމާއި, މަދު ފެޅުމުގައެވެ. އިލޮށި މެށުމާއި, ފަންގިވިނުމުގައެވެ. ފިރިހެންނުން ކަރުތާ ފެނުގައި މުށިމަސް ބޭނުމަށް ސަފު ހަދައިގެން ތިބޭ މަންޒަރަކީވެސް ހިތްގައުމު މަންޒަރެކެވެ. (ފޮޓޯތައް: ޙަފްޞީ)



























Hafsee ah kadhuru Ruh Vaki nuvaakan faahaga kollan.
ބީޗް ގެ ބަދަލުގަ އަތިރި / އަތިރިމަތި / ގޮނޑުދޮށް ލިޔުން ނަމަ ފުރިހަމަވީސް