ލާމު ފުޓްބޯޅަ މުބާރާތް ފަށައިފި

609

އުރީދޫ ލާމަސީލު ލާމު އަތޮޅު ފުޓްބޯޅަ މުބާރާތް ފަށައިފި އެވެ. 9 ޓީމާއެކު މުބާރާތް ފެށީ ބުރާސްފަތި ދުވަހު ހަވީރު އެވެ.

މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކުރީ ލ.ދަނބިދޫ ޓީމެވެ. އެޓީމުން މެޗު ކާމިޔާބުކުރީ މުކުރިމަގާ ވާދަކޮށް 5-3 ނެވެ. މެޗުގެ ފުރަތަމަ ހާފް ދަނބިދޫން ނިންމާލީ ތިން ލަނޑުގެ ލީޑެއްގައެވެ. ފުރަތަމަ ހާފްގައި ދަނބިދޫގެ ތިން ލަނޑު ޖެހީ މުހައްމަދު މައުސޫމް އާއި މޫސާ ހާނިމްއެވެ. ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ޖެހީ ހާނިމް އެވެ. ދެވަނަ ހާފްގައި ދަނބިދޫގެ އަނެއް ދެ ލަނޑު ޖެހީ އަހުމަދު ރުނާއު އާއި މޫސާ ހާނިމް އެވެ. މި ލަނޑާއެކު ހާނިމް ވެފައި ވަނީ މުބާރާތުގެ ފުރަތަމަ ހެޓްރިކް ހެދި ކުޅުންތެރިޔާ އަށެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. މެޗުގައި މުކުރިމަގުގެ ތިން ލަނޑު ޖަހާ އިބްރާހީމް ވަހީދުވެސް ވަނީ ހެޓްރިކް ހަދާފައެވެ.

މެޗަށް ދެޓީމް ނިކުންނައިރު ޝަރަފްވެރި މެހުމާން ކުޅުންތެރިންނާ ސަލާމް ކުރަނީ

ބުރާސްފަތި ދުވަހުގެރޭ ކުޅުނު މުބާރާތުގެ ދެވަނަ ކާމިޔާބުކުރީ ތުނޑި އެފްސީ އެވެ. އެޓީމުން މެޗު ކާމިޔާބުކުރީ ފޮނަދޫ ޓީމާ ވާދަކޮށް 3-0 ނެވެ. ތުނޑި ޓީމަށް ފުރަތަމޖަ ހާފްގައި ލީޑް ލިބުނީ ފޮނަދޫގެ އަހުމަދު އިސްމާއީލް އަތުން ބައިކޮޅަށް ލަނޑުންނެވެ. ފުރަތަމަ ހާފްގެ ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ދެވަނަ ލަނޑު ޖެހީ އަހުމަދު ރިޒުވާން އެވެ. ތިންވަނަ ލަނޑު ދެވަނަ ހާފްގައި ޖެހީ އަލީ އިރުޝާދު އެވެ. މުބާރާތުގައި ފުރަތަމަ ޑިވިޝަނާއި ގައުމީ ޓީމްގެ ބައެއް ކުޅުންތެރިން ޓީމްތަކަށް ކުޅެއެވެ. މުބާރާތުގައި ވާދަކުރާ ޓީމްތަކަކީ:

ގްރޫޕް އޭ: ދަނބިދޫ, މުކުރިމަގު, ތުނޑި ފުޓްބޯޅަ ކްލަބް, ފޮނަދޫ, މާމެންދޫ

ގްރޫޕް ބީ: ސޮލާހު ސްޕޯރޓްސް އެކަޑަމީ, މަތިމަރަދޫ, ކުނަހަންދޫ, އިސްދޫ

މުބާރާތް ރާވާލާފައި ވަނީ ކޮންމެ ގްރޫޕަކުން ކުރި ހޯދާ ދެޓީމް ސެމީފައިނަލަށް ދަތުރުކުރާ ގޮތަށެވެ. ފައިނަލް މެޗު ކުޅުމަށް ތާވަލްކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ.

One thought on “ލާމު ފުޓްބޯޅަ މުބާރާތް ފަށައިފި

  1. ދަނބިދޫ ޔޫތު އެންޑް ކޮމިއުނިޓީ އެންޕަވަމަންޓް-ޑައިސް
    *ޑައިސް ޓީމް އަކީ ދަނބިދޫއަށް ނިސްބަތްވާ ޓީމެކެވެ.

Comments are closed.