މިއަހަރުގެ އޭޕްރީލް/ މެއި މަހު އުމްރާގެ އަޅުކަމަށް މުޝްފިރު ރުޝްދީ ދިޔައީ އޭނާގެ އެކުވެރިޔާ މުހައްމަދު އިބާދު ދިން ފުރުޞަތެއްގައެވެ. އެފުރުޞަތު ލިބުމުން އެއްވެސް ވިސްނުމެއް ނެތި ފުރުޞަތުގެ ބޭނުން ހިފިއެވެ. އަދި މާބޮޑު ތައްޔާރުވުމެއް ނެތި ދަތުރަށް ފުރީއެވެ. މާބޮޑު ޕްލޭނެއްވެސް ނެތެވެ.

އެކަމަކު ޤިބްލަ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި ކުރި އެ ދަތުރު ވެގެންދިޔައީ ހަޔާތުގެ އެންމެ މުހިއްމު އެއް ތަޖުރިބާ އަށެވެ. މަސައްކަތުގައި މަސްއޫލުވެ ބިޒީކޮށް އުޅެނިކޮށް މުޝްފިރުއަށް ލިބުނު ދަތުރު ވެގެންދިޔައީ މަސައްކަތުގެ މާހައުލުން ވީއްލި ވަރަށްބޮޑު ހަމަޖެހުމެއް ލިބުނު ދަތުރަކަށެވެ. މުޝްފިރުގެ ބަހުން ނަމަ ވަރަށް ރަނގަޅު ފުރުޞަތަކަށެވެ.
އެންމެބޮޑު ހިތްހަމަޖެހުމަކީ ދެބައި އެއްކޮށް ބެލެންސްކޮށްގެން ގެންދެވޭތީ, އެހެން ގައުމުތަކަށް ދަތުރުކޮށްގެން މިކުރާ ހުރިހާ ބޭނުންތަކެއް މައްކާ މަދީނާއިންވެސް ކުރެވޭ. މާލެގައި ހުރެ ނައިސް އެހިތަށް އަރާގޮތެއްނޫން, މިތަނަށް އައީމަ އެބައިނގޭ ބޭނުންވާ ހުރިހާ ކަމެއްވެސް ވާކަން. އަހަރަކު އެއްފަހަރު އާދެވޭނަމަ އައުމުން އެކަން ވެގެންދާނީ ދީނީގޮތުން ހެޔޮ ބަދަލުތައް އައުމަށްވެސް މެދުވެރިވާ ސަބަބަކަށް.
މުޝްފިރު ރުޝްދީ
އިބާދު ބުނީ އުމްރާގެ އަޅުކަމަށް މައްކާއާއި މަދީނާއަށް ކުރި ދަތުރަކީ އަޅުކަމާއެކު ޗުއްޓީ ދަތުރަކުން ލިބޭނެ ހުރިހާ ހިތްހަމަޖެހުމެއް ލިބުނު އުފާވެރި ދަތުރެއް ކަމަށެވެ. މުޅި ދަތުރުގެ %80 އަކީ އަޅުކަމެވެ. އަދި %20 އަކީ ޗުއްޓީއެއްގެ ހިތްހަމަ ޖެހުން ހޯދުމަށް ހޭދަކުރި ވަގުތުކަން އިބަދު ފާހަގަކުރިއެވެ. އޭގެތެރޭގައި އިސްލާމީ ތާރީޚުގެ މުހިއްމު ތަންތަނަށް ޒިޔާރަތް ކުރުމާއި, ފަރުބަދަތަކަށް އެރުމާއި, ވިޔަފާރި ކުރުންފަދަ ހުރިހާ ކަމެއް ހިމެނެއެވެ. ދީނީ ގިނަ މައުލޫމާތުތަކެއްވެސް ދެ ޒުވާނުންނަށް ދަތުރުން ލިބުނުކަން ފާހަގަކުރިއެވެ. އިބާދުވެސް ގަބޫލުކުރާ ގޮތުގައި ޗުއްޓީއަށް ދިވެހިން ޢާއްމުކޮސް ގޮސްއުޅޭ އެހެން ގައުމުތަކަށް ދިއުމަށްވުރެ މައްކާ މަދީނާއަށް ދިއުމުން ލިބޭ ހިތްހަމަ ޖެހުމާއި ފައިދާވެސް މާބޮޑެވެ.
އަހަރީ ޗުއްޓީއަށް ދުބާއީ ތައިލެންޑަށް ދިއުމުގެ ބަދަލުގައި މައްކާ މަދީނާއަށް އައިސް ތަންތަން ބަލާލުން މާ ރަނގަޅޭ. މެލޭޝިޔާ, އިންޑިޔާ ނޫނީ ތުރުކީއަށް ދިއުމުގެ ބަދަލުގައި ކޮންމެސް އެއް ޗުއްޓީއެއް މައްކާ މަދީނާއަށް ޒިޔާރަތްކޮށް އިސްލާމީ ތާރީޅާ ގުޅުންހުރި މުހިއްމު ތަންތަން ބަލާލުން މާސަޅި. އަހަރެމެން އައިސް ތަންތަނަށް ޒިޔާރަތްކޮށް އުޅެލީމަ މިއިނގެނީ އަސްލު އަހަރެމެން ކުޑައިރު ދީނީ ފޮތްތަކުން ކިޔަވާފަހުރި އެއްޗިހި ގާތްގަނޑަކަށް އިހުސާސްކުރެވޭ.
މުހައްމަދު އިބާދު
ދެ އެކުވެރިން އުމްރާގެ އަޅުކަމަށް ދިޔައީ ޤިބްލަ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައެވެ. އެކަމަކު އެދެޒުވާނުން އެކޮމަޑޭޝަން ނެގީ ވަކިން އެހެން ހޮޓަލެއްގައެވެ. އެކަމަކު އެއީ ގްރޫޕްގެ ބައިވެރިން ތިބި ހޮޓަލާވެސް އަދި ހަރަމްއާވެސް ކައިރިންނެވެ. ގްރޫޕްގެ ބައިވެރިން ޒިޔާރަތްކުރި މައިގަނޑު ހުރިހާ ތަނަކަށް ގްރޫޕާއެކު ޒިޔާރަތް ކުރިއެވެ. އޭގެ އިތުރުން އަމިއްލައަށް އެހެން ބައެއް ތަންތަނަށް ޒިޔާރަތްކުރިއެވެ. ގްރޫޕްގެ އެހެން ބައިވެރިންނަށްވުރެ ގިނަ ދުވަސް މަދީނާގައިވެސް ހޭދަކުރިއެވެ. އެއީވެސް އޮތް ފުރުޞަތެކެވެ.

ފަހު ވާހަކައަށް ދެ ޒުވާނުން ބުނީ ގްރޫޕާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ. ވަރަށްގިނަ މައުލޫމާތުތައް ލިބިގެންދިޔަ ކަމަށެވެ. މިއީ އާއިލާ ތަކުން އެކުގައި ނުވަތަ އެކުވެރި ގްރޫޕްތައް އެކުގައި ޒިޔާރަތްކޮށްލަން މާއުފާވެރި މާހައުލެއް ކަމަށެވެ.
“ރާއްޖެއިން ބޭރަށް އެދާދިއުން ހަމަ މައްކާ މަދީނާއަށް އައުމަކީ ހަމަ ވަރަށް ބޮޑަށް ކުރަންޖެހޭ ކަހަލަ ކަމެކޭ. ހަމަ ވަރަށް ވަރަށް ހިތްގައިމު.” ދެޒުވާނުންގެ އެންމެ ފަހު ބަހަކީ މިއީއެވެ. ލިޔުމާ ގުޅޭ ވީޑިއޯ އިންޓަރވިއު މަތީގައި އެވަނިއެވެ.
👏👏👏
ވަރަށް ސަޅިކަމެއް. ތަފާތު އިޙްސާސްއެއް