ބ.ތުޅާދޫ އަބްދުއްރަހީމް އިދުރީސް ޤިބްލަ ހައްޖު އެންޑް އުމްރާ ގްރޫޕާއެކު އޭޕްރީލް މަހު އުމްރާގެ އަޅުކަމަށް ދިޔައީ އުފަން 9 ކުދިންނާއި, އާއިލީ އެހެން ދެ ކުއްޖަކުވެސް ގޮވައިގެންނެވެ. އެކަމަކު ހަގީގަތުގައި އޭނާގެ އުއްމީދު އޮތީ ލޯބިވާ އަންހެނުންވެސް ގޮވައިގެން އެންމެ މާތް ބިމަށް އުމްރާގެ އަޅުކަމަށް ދިއުމަށެވެ. އެނަސީބު ނުލިބި އަންހެނުން ދުނިޔެ ދޫކުރީ ހައެއްކަ އަހަރު ބަލި އެނދުގައި ދުވަސްތައް ހޭދަކުރުމަށްފަހު އެވެ.

އަންހެނުން ގޮވައިގެން މަތިވެރި ބިމަށް ދިއުމުގެ ނަސީބު ނުލިބުނަސް މިއަދު 67 އަހަރުގެ އަބްދުއްރަހީމް އިދުރީސް ހުރީ އުފަލުންނެވެ. އެއީ އޭނާގެ އުފަން 10 ކުދިންގެ ތެރެއިން 9 ކުދިން ހިމެނޭ ގޮތަށް އާއިލާގެ 13 މެމްބަރުންނާއެކު އުމްރާގެ މަތިވެރި އަޅުކަން ފުރިހަމަ ކުރެވުމުންނެވެ. އަދި ދަރީންގެ ފަރާތުން އެދަރީންގެ މަންމައަށް އުމްރާއެއް ކޮށްދިން ކަމުގެ އުފާވެރި އިހުސާސާއެކުގައެވެ.
ހުރިހާ ކުދިން އަންނަންވެސް އެއްބަސްވީ. އައީމަ ދެން ވަރަށް އުފާވި, ވަރަށް ހިތްހަމަ ޖެހުން. ވަރަށް, ވަރަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބުނު. މިއީ ވަރަށް އުފާވެރި ވަރަށް ހިތްހަމަޖެހުން ލިބުނު ކަމެއް. އަނެއްކާ އެކުދިންގެ މަންމައަށްވެސް އުމްރާއެއް ލިބުނީ ކުދިން އައީމަ. ހުރިހާ ކުދިން މަންމައަށް އުމްރާއެއްވެސް ހޯދައިދިން, އެހެންވީމަ ވަރަށް އުފާވި.
އަބްދުއްރަހީމް އިދުރީސް
އަބްދުއްރަހީމް އިދުރީސް އޭނާގެ 10 ދަރީންނަށްވެސް އުމްރާގެ އަޅުކަމަށް ފައިސާ ދައްކައި ދިނެވެ. އެއީ 4 އަންހެން ކުދީންނާއި 6 ފިރިހެން ކުދީންނެވެ. ނަސީބު ދިމާކުރި ގޮތުން އޭގެތެރެއިން އެއް ކުއްޖަކަށް ދަތުރުގައި ބައިވެރި ނުވެވުނެވެ. ބަލިވެ އިނުމުގެ ސަބަބުން ދަތުރު ކުރަން ޑޮކްޓަރުން ހުއްދަ ނުލިބުމުން އުމްރާގެ އަޅުކަމަށް ފުރީ 9 ދަރީންނާ އެކުއެވެ. ބަލިވެ އިނުމުން ދަތުރުގައި ބައިވެރި ނުވެވުނު ދަރިފުޅަށްވެސް އޭނާ އޮތީ ފައިސާ ދައްކާފައެވެ. ނަމަވެސް އެހާލަތު މެދުވެރިވުމުން ގްރޫޕްގެ ފަރާތުން އެފައިސާ އަނބުރާ ހަވާލުކުރިއެވެ.

މައްކާއާއި މަދީނާގެ މާތް ބިމުގައި ހޭދަކުރި 15 ދުވަހުގެ ދަތުރާމެދު އަބްދުއްރަހީމް އިދުރީސް ހުރީ ހިތްހަމަ ޖެހިގެންނެވެ. ހަތަރު އުމްރާ ކުރުމުގެ ފުރުޞަތު ލިބުމާއި, ދަތުރުގެ ކަންކަން އިންތިޒާމްކޮށްފައިވާ ގޮތުގެ ފުރިހަމަ ކަމުންނެވެ.
ދަތުރުގެ ހުރިހާ ކަންތައްތަކެއް ރަނގަޅު އިރާދަކުރެއްވިއްޔާ, ހިތްހަމަޖެހޭ ގޮތަށް ހުރިހާކަމެއްވެސް ހުރީ.
އަބްދުއްރަހީމް އިދުރީސް
ދަތުރުގެ ތެރެއިން އޭނާއަށް ސިއްހީ މައްސަލައެއްވެސް ކުރިމަތިވިއެވެ. ނަމަވެސް ގްރޫޕުން ޑޮކްޓަރެއްވެސް ގެންގޮސްފައިވާތީ އަވަސް ފަރުވާ ލިބުނެވެ. ފަރުވާގެ ހުރިހާ މަރުހަލާއެއްގައިވެސް ވަރަށް ބޮޑު އެހީތެރިކަން ގްރޫޕްގެ ފަރާތުން ދިންކަން ފާހަގަކުރިއެވެ.

އަބްދުއްރަހީމް އިދުރީސްގެ ދަރީންގެ ވެސް އޮތީ ބަޔާންކުރަން ނޭންގޭ އުފާވެރިކަމާއި, ބައްޕައަށް އޮތް ހިފެހެއްޓުމެއް ނެތް ޝުކުރެވެ. ދަރިންގެ ތެރެއިން ފާތިމަތު ޝަރޫނާ ބުނީ ބައްޕަ ދެއްވި ފުރުޞަތަށްޓަކައި ޝުކުރު އަދާކުރާނެ ގޮތް ބަޔާން ކުރަން ދަތި ކަމަށެވެ. ހިތަށްވެސް ނުގެނެވޭހާ ހިތްހަމަ ޖެހުމާއި, އުފާވެރިކަން ލިބިއްޖެކަން ފާހަގަކޮށް އޭނާ ބުނީ ހުރިހާ ކުދިންވެސް ވަރަށް ރަނގަޅަށް ވަރަށް އެއްކޮށް އުޅެ ދަތުރު ނިންމާލެވުމުގެ ހިތްހަމަޖެހުންވެސް ބޮޑު ކަމަށެވެ. އަދި ދަތުރުގެ ކަންތައްތައްވެސް ވަރަށް ފުރިހަމަ ކަން ފާހަގަކުރިއެވެ.
އަޅުގަނޑު ބައްޕަ މިދެއްވި ފުރުޞަތަކަށް ޓަކައި ހަމަ ފަށްފަށުން ބައްޕައަށް ހަމަ މަތިވެވެރި ޝުކުރު އަދާކުރަން. މިކަހަލަ ރަނގަޅު މަތިވެރި ފުރުޞަތެއް ދެއްވީތީ އަޅުގަނޑުމެން ބައްޕައަށް ބުނަންވެސް ނޭންގޭހާ ޝުކުރު އަދާކުރަން, އަޅުގަނޑުގެ އަމިއްލަ ނަމުގައި އަދި މިހުރިހާ ކުދިންގެ ނަމުގައި.
ފާތިމަތު ޝަރޫނާ/ ދަރިފުޅު
ފިރިހެން ދަރީންގެ ތެރެއިން އަބްދުالله ފަޔާޒު ބުނީ އާއިލާގެ ހުރިހާ މެމްބަރުން އެކުގައި އާދެވެން އޮތްނަމަ އެފަދަ ފުރުޞަތެއް ދޫކޮށްލަން ނުވާނެ ކަމަށެވެ. އާއިލާގެ ހުރިހާ މެމްބަރުން އެކުގައި އައިސް އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ލިބުމަކީ ބަޔާންކުރެވޭނެ, ބުނެދެވޭނެ އުފާވެރިކަމެއް ނޫންކަމަށް އޭނަ ބުންޏެވެ.
އަލްހަމްދުالله ޝުކުރު ފުރަތަމަ. ވަރަށް އުފާވޭ އަޅުގަނޑުމެން އާއިލާ ހުރިހާ މެމްބަރުން އެކުގައި އުމްރާ ދަތުރަކަށް އައިސް މަތިވެރި ބިމެއްގައި އުޅުމުގެ ފުރުޞަތު ލިބުނީމަ. ހުރިހާ އެންމެން ކަންތައްތައްވެސް ވަރަށް ބަރާބަރަށް, އިންތިޒާމްތައްވެސް ވަރަށް ބަރާބަރަށް ހުރީ. ބައްޕައަކީ އަޅުގަނޑުމެންގެ ހީރޯއެކޭ ދަންނަވާނީ.
އަބްދުالله ފަޔާޒު/ ދަރިފުޅު
މިއާއިލާ ލީޑް ކުރުމަށް މިދަތުރުގައި ބައިވެރިވީ މީގެކުރިންވެސް އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު ލިބިފައިވާ އަހުމަދު ހަމީދެވެ. މިފުރުޞަތު ލިބުމަކީ އޭނާގެ ހަޔާތުގެ އެންމެ އުފާވެރި އެއް ތަޖުރިބާއެވެ. އޭނާއަށް ކުރި އިތުބާރާއި, އޭނާގެ ބަހަށް ހުރިހާ ކުދިން ތަބާވި ތަބާވުމަކީ މާތްބިމުގައި ފުރިހަމަކުރި އުމްރާގެ އަޅުކަމަށްފަހު ލިބުނު އެންމެ ބޮޑު އުފާވެރިކަމެވެ. އޭނާގެ އުއްމީދަކީ އަދި އެއްފަހަރު ބޮޑުބޭބެގެ ހުރިހާ ކުދިންނާއި, އޭނާގެ އެއްބަނޑު ހުރިހާ ކުދިން ގޮވައިގެން މިފަދަ ދަތުރެއް ކުރުމެވެ. އާއިލާ ގޮވައިގެން އުމުރާގެ އަޅުކަމަށް ދިއުމުގެ ފުރުޞަތު ހަމީދަށް ފަހިކޮށްދިނީވެސް އަބްދުއްރަހީމް އިދުރީސް އެވެ. އެއީ ހަމީދުގެ ބޮބޮޑުބޭބެ އެވެ.

ހަގީގަތުގައިވެސް އާއިލާ އެކުގައި އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުޞަތާއި ނަސީބު ލިބުމަކީ އާދަޔާ ހިލާފް ބަޔާންކުރަން ދަތި އުފާވެރިކަމެއް ގެނުވާ ކަމެކެވެ. މިދަތުރުން މިފަދަ އެހެން ބައެއް އާއިލާތަކުގެ އުފާވެރިކަންވެސް ދުށީމެވެ.
ތަނަވަސްކަން ލިބުނު ކޮންމެ މީހަކުވެސް ހައްޖު އާއމުރާވެސް ކުރަން ވީ އެއީ އެންމެމަތިވެރި އަޅުކަން ތައް އެކަމު އަސްތިހާރު ކުރުން އެއީ އޮތްކަމެއްނޫން
އިސްތިހާރު ކުރުން އެހާ ރަނގަޅު ނޫން. ސަބަބަކީ އަޅުކަން ކުރާ މީހާ ދެއްކުން ތެރި ނަމަ އެކަމުން ފައިދާ ނުލިބިދާނެ. ބޮޑެތިވެފައިވާ ހުރިހައި ދަރީންނަށް އުމުރާ ދިނުމަކުން ވަކި ރަނގަޅު މެސެޖެއް އާންމުންނަށް ދެވުނު ކަމަކަށް ނުވާނެއެވެ. އެއީ ދެއްކުން ތެރި ކަމެވެ.