ތޮއްޑޫ ނިޒާމްގެ މިހާރުގެ ދިރިއުޅުން!

2276

މިއީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާއެވެ. މިއީ 1990ގެ އަހަރުތަކާއި ދެހާހުގެ ކުރީކޮޅު އެންމެ ވިދުންގަދަ ޑިމާންޑް ބޮޑު މިޑްފީލްޑަރެވެ.  މިއީ ޤައުމީ ފުޓްބޯޅަ ޓީމާއި, ކްލަބް ވެލެންސިޔާގެ ކުރީގެ ކެޕްޓަނެވެ. ވެލެންސިޔާއަށް ކަޕްވިނާސްކަޕްގެ ތަށި މިލްކުކޮށްދިން ކެޕްޓަނެވެ. މިއީ ތޮއްޑޫ މުޙައްމަދު ނިޒާމެވެ. 1992-2010 އަށް އޮތީ ތޮއްޑޫ ނިޒާމްގެ ވިދުންގަދަ ކާމިޔާބު ފުޓްބޯޅަ ކެރިއަރެވެ.

ތޮއްޑޫ ނިޒާމް (9) ކްލަބް ވެލެންސިޔާގައި

ކުޅުންތެރިއެއްގެ ގޮތުގައި ހޭދަކުރި ކާމިޔާބު ކެރިއަރަށްފަހު މިހާރު އޭނާގެ ދިރިއުޅުން އޮތީ މޫދާ ގުޅިފައެވެ. ދިރިއުޅުމުގެ ގިނަ ވަގުތުތައް ހޭދަކުރަނީ އުފަން ރަށުގައި ފަތުރުވެރިންނާއެކުއެވެ. ފަތުރުވެރިން ގޮވައިގެން ރާއްޖޭގެ ސާފް ރީތި މުދުގައި ފަތުރުވެރިންނަށް އުފާވެރި ވަގުތުތަކެއް ހޯދައިދިނުމުގައެވެ. ދަނޑުމަތީގައި ދެއްކި ހަލުވިކަމާއި, ތޫނުފިލިކަން ދައްކަމުން އެދަނީ ތޮއްޑޫގެ ރީތި މޫދުގައެވެ. މިއަދުވެސް އޭނާ ފެންނަނީ ޒުވާންކަމާއެކު ވަރަށް ފިޓްކޮށެވެ. ބަދަލެއް ނުވެ އޮތީ އޭނާގެ ސަކަ މިޖާޒެވެ.

ކުޅުނު ދުވަސްވަރުވެސް އޭނާގެ ޑިމާންޑް ބޮޑުވެ, ނިސްބަތުން އެކަށީގެންވާ ރަނގަޅު އާމްދަނިއެއް ލިބުނު ކުޅުންތެރިންގެ ތެރޭގައި ތޮއްޑޫ ނިޒާމް ހިމެނެއެވެ. މިއަދު ފަތުރުވެރިންނާއެކު މޫދުގައި ހޭދަކުރާ ވަގުތުތަކަކީ އޭނާގެ އާމްދަނީ ބަރޯސާވެފައިވާ ދާއިރާއެވެ. އެމަސައްކަތުން އެކަށީގެންވާ އާމްދަނީއެއް ލިބޭކަން ތޮއްޑޫ ނިޒާމް ފާހަގަކުރިއެވެ. މިއަދު އޭނާގެ ދަރިން ބޮޑަތިވެ, ޒިންމާވެސް ކުޑަވެއްޖެއެވެ.

ތޮއްޑޫ ނިޒާމް (މ) އުފަން ރަށުގައި އޭނާ މަސައްކަތްކުރާ ސަރަހައްދުގައި

ދަނޑު މައްޗަށް ދޫވި ތޮއްޑޫ ނިޒާމްގެ ހިތް މިއަދު ދޫވެފައިވަނީ ފަތުރުވެރިނާއެކު މޫދަށެވެ. މިއީ މިއަދު އޭނާގެ ވަޒީފާއެވެ. މިމަސައްކަތުގައިވެސް ފެންނަނީ ޝައުޤުވެރިކަމެވެ. އޭރު ގޯލްތަކާއި ތަށިތަކުން ހޯދި އުފާވެރިކަން މިއަދު ގުޅިފައިވަނީ ފަތުރުވެރިންގެ ހިތްހަމަ ޖެހުމާއެވެ. އެކަމަކު ފުޓްބޯޅައިގެ ރަން ހަނދާންތައް އޭނާގެ ސިކުނޑީގައި އެބައޮތެވެ. ފުޓްބޯޅަ ވެއްޓިފައިވާ ހާލާތަމާ މެދު ކަންބޮޑުވެއެވެ. ދިވެހި ފުޓްބޯޅައަށް ކުރިއެރުން އެދެއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.

2 thoughts on “ތޮއްޑޫ ނިޒާމްގެ މިހާރުގެ ދިރިއުޅުން!

  1. ނިޒާމްގެ އިންޓަވިއު އެއް ހިމަނާލިނަމަ

  2. މިއީ ބޮޑު ތޮއްޑޫ . އެންމެ ފޭމަސްވީ ކުޑަތޮއްޑޫ. އެސޮރު ކޮބާތަ

Comments are closed.