އުމުރުފުރައަށް އަމާޒުކޮށްގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ދަރަވަންދޫގައި ފަށައިފިއެވެ. ‘ވިޒިޓް ދަރަވަންދޫ އަންޑަރ 16 ފުޓްސަލް މުބާރާތް’ ކުރިއަށްގެންދަނީ އަވަށްޓެރި ރަށްތަކަށްވެސް ދައުވަތު ދީގެން ޓީމްތައް ބައިވެރިކޮށްގެންނެވެ.
މުބާރާތުގައި ދަރަވަންދޫއާއެކު 6 ރަށަކުން ވާދަކުރެއެވެ. އެއީ ގްރޫޕް އޭގައި ހިތާދޫ, ކަމަދޫ, އަދި ކިހާދޫ އެވެ. އަދި ގްރޫޕް ބީގައި ދަރަވަންދޫ, ދޮންފަން އަދި މާޅޮސް އެވެ. މުބާރށތުގެ ފުރަތަމަ މެޗު ދޮންފަން އާއި ވާދަކޮށް 1-0 ން ކާމިޔާބުކުރީ ދަރަވަންދޫ އެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ އިސްމާއީލް ނާޒިލް ނަޒީފް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ.

މުބާރާތުގެ ދެވަނަ މެޗު ވާދަވެރި ކުޅުމަކަށްފަހު ކާމިޔާބުކުރީ ހިތާދޫ އެވެ. އެއީ ކަމަދޫ އާއި ވާދަކޮށް 3-2 ނެވެ. މެޗުގައި ތިން ފަހަރުވެސް ކުރި ހޯދީ ހިތާދޫންނެވެ. ދެފަހަރެއްގެ މަތީން ކަމަދޫން ނަތީޖާ ހަމަހަމަ ކުރިއެވެ. ހިތާދޫގެ ލަނޑުތައް ޖެހީ ސާދިން އުސްމާން, ޝިބާން މުޙައްމަދު އަދި ރަޒާން އަބްދުލް ރައުފް އެވެ. ކަމަދޫގެ ދެ ލަނޑު ޖެހީ ޔޫސުފް އައުފް ނާޝިދު އާއި ހުސައިން ލޫތް އަބްދުالله އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ހިތާދޫ ކެޕްޓަން ރަޒާން އެވެ.
މުބާރާތުގައި ސެމީފައިނަލުން ބަލިވާ ދެޓީމްގެ މެދުގައި ތިންވަނަ ހޮވަން ޕްލޭއޮފް މެޗެއްވެސް ކުޅޭނެއެވެ.
