...

އެންމެ އުފާވެރި ސިޓީގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތުގެ ދައުވަތު މުޅި ރާއްޖެއަށް!

353
0

ރާއްޖޭގެ އެންމެ އުފާވެރި ސިޓީ, ފުވައްމުލައް ސިޓީގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ދައުވަތު މުޅި ރާއްޖެއަށް ހުޅުވާލައިފިއެވެ.

އަމިއްލަ ފަރާތެއްކަމަށްވާ ބޮޑުބެ.ކޮމް އިން އިންތިޒާމްކުރާ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އޮތީ ޖުލައި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ. މިދިޔަ އަހަރު ބޭއްވި ފުރަތަމަ މުބާރާތުގައި ވާދަކުރީ ފުވައްމުލައް ސިޓީގެ ޓީމްތަކެވެ. ނަމަވެސް މިއަހަރު މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ކޮންމެ ހިސާބެއްގެ ޓީމަކަށްވެސް އެބައޮތެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް ކަނޑައަޅާފައިވަނީ 50,000 ރުފިޔާއެވެ. މިއީ ރާއްޖޭގެ އެންމެ ރީތި ސިޓީގެ ގޮތުގައި ގިނަބަޔަކު ދެކޭ ފުވައްމުލަކުގެ ތާރީޚުގައި ބާއްވާ އެންމެ އަގު ބޮޑު މުބާރާތެވެ. މުބާރާތް އިންތިޒާމް ކުރާ ބޮޑުބެ.ކޮމް އިން ދޭ ޔަގީންކަމަކީ މިއަހަރުގެ މުބާރާތަކީ ހުރިހާ ގޮތަކުންވެސް ފުރިހަމަ މުބާރާތަކަށް ވާނެކަމެވެ.

މިދިޔަ އަހަރު ބޭއްވި ފުރަތަމަ މުބާރާތަށްވުރެ މިއަހަރުގެ މުބާރާތުގެ އިންތިޒާމްތައް ފުރިހަމަވާނެ. މުބާރާތާއި, މުބާރާތުގެ ވަށައިގެންވާ ކަންކަންވެސް ފުރިހަމަ ކުރުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ ކާމިޔާބު މުބާރާތަކަށް މިއަހަރުވެސް މިމުބާރާތް ހަދާނަން.

ބޮޑުބެ ޗެލެންޖްގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޔުނައިޓެޑް ދިގުވާނޑޮ އެވެ. އެއީ ފައިނަލްގައި ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް ޕެނަލްޓީގައި ބަލިކޮށްގެންނެވެ. ޕެނަލްޓީއަށް ދިޔައީ މެޗުގެ ފުރިހަމަ ވަގުތު ލަނޑެއް ނުޖެހި ދެޓީމް އެއްވަރުވުމުންނެވެ.

މިއަހަރުގެ މުބާރާތް ފަށަން ކަނޑައަޅާފައިވަނީ އޮގަސްޓް މަހުގެ 17 ވަނަ ދުވަހުއެވެ. މިއަހަރު ބާއްވާ ބޮޑުބެ ޗެލެންޖްގެ ދެވަނަ މުބާރާތުގެ މެއިން ސްޕޮންސަރަކީ ވެސްޓްރޭޑް އެވެ. ހަފްސީ.ކޮމް އަކީ މުބާރާތުގެ ޕީއާރު ޕާޓްނަރެވެ.

ލިޔުމާ ގުޅޭ ވީޑިއޯ
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.