...

ކްއާޓާ ފައިނަލްގެ ފަހު ދެޖާގަ މަތިވެރިއާއި ނައިވާދޫއަށް

202

ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ކްއާޓާ ފައިނަލްގެ ފަހު ދެޖާގަ މަތިވެރި އާއި ނައިވާދޫން ހޯދައިފިއެވެ. ވިއްސާރައިގެ ސަބަބުން ފަސްކުރި ދެ މެޗު ކާމިޔާބުކޮށް, ކްއާޓާ ފައިނަލްގައި ވާދަކުރަން ޖެހޭނީވެސް މިދެޓީމެވެ.

ނައިވާދޫ ކްއާޓާ ފައިނަލަށް ދަތުރުކުރީ ގަދަ 16 ޓީމްގެ ބުރުގައި 2-1 ން ދިއްގަރު ބަލިކޮށްގެންނެވެ. ވާދަވެރި މެޗުގައި ފުރަތަމަ ކުރި ހޯދީވެސް ނައިވާދޫންނެވެ. އެއީ މެޗުގެ މޮޅު ކުޅުންތެރިޔާ އަބްދުالله ޝާފިއު (ޝާއްޕެ) ގެ ލަނޑުންނެވެ. ދިއްގަރަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ހުސެއިން ފާރިޝް އެވެ. ނައިވާދޫން ދެވަނަ ފަހަރަށް ލީޑް ހޯދާ, ކްއާޓާ ޔަގީންކުރީ ހުސެއިން މައިޝާންގެ ލަނޑުންނެވެ.

މަތިވެރި ކްއާޓާ ޔަގީންކުރީ ޕެނަލްޓީ ޖަހައިގެން: ފޮޓޯ-އިމޭޖްސްއެމްވީ

މަތިވެރި ކްއާޓާއަށް ދަތުރުކުރީ ގަދަ 16 ބުރުގައި އިސްދޫއާ ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު 2-2 ން އެއްވަރުވެ, ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 6-4 ން ކުރި ހޯދައިގެންނެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ ތެރެއިން މަތިވެރީގެ ދެ ލަނޑު ޖެހީ އަބްދުالله ފިޒާން އާއި ހައިޝަމް އަލީ އެވެ. އިސްދޫގެ ދެ ލަނޑު ޖެހީ އަލީ ހުމޭޒު އެވެ. ޕެނަލްޓީގައި އިސްދޫގެ ދެ ޕެނަލްޓީ ނާކާމިޔާބުވިއެވެ. މަތިވެރީގެ އެއް ޕެނަލްޓީ އިސްދޫ ކީޕަރު މަތަކުރިއެވެ. ފަހު ޕެނަލްޓީ ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިޔާ މަތިވެރި ކެޕްޓަން އިސްމާއީލް ނަސީމް (ބޯވަ) އެވެ.

މުބާރާތުގެ ކްއާޓާ ފައިނަލް މެޗުތައް ކުޅޭނީ މާދަމާރެއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.