އާއިލާތައް އެކުގައި އުމްރާގެ މަތިވެރި އަޅުކަން އަދާކުރަން ދާދިއުން އިތުރުވުމަކީ ވަރަށް ބޮޑު އުފާވެރިކަމެކެވެ. އޭގެތެރެއިންވެސް އުމުރާގެ އަޅުކަމުގެ ތެރެއިން ފެންނަ އެންމެ އުފާވެރި, އަދި ހިތަށް ފިނިކަން ލިބިދޭ މަންޒަރަކީ ވަރަށް ތުއްތު ކުދިން އިހުރާމް އަޅައިގެން ބައްޕަ ނުވަތަ ކާފަގެ ކޮނޑުގައި ނުވަތަ އުރުގައި އިނދެ އަޅުކަން ފުރިހަމަ ކުރަމުންދާ މަންޒަރެވެ. އަދި މައްކާ މަދީނާ ޒިޔާރަތްތަކުގެ ތެރޭގައި އެކުދިން ގޮވައިގެން އުޅޭ މަންޒަރަކީ ހަގީގަތުގައިވެސް ބަލާފޫހި ނުވާނެ ހިތްގައިމު މަންޒަރެކެވެ. އަރަފާތު ހައްޖު އެންޑް އުމްރާ ގްރޫޕްގެ ޑިސެމްބަރ/ޖެނުއަރީގެ އުމްރާ ދަތުރުގައި އެންމެ ތުއްތު ކުއްޖަކަށް ބައިވެރިވީ އެއް އަހަރުގެ ކުއްޖެކެވެ. އަދި ދެ އަހަރު ބައިގެ ކުއްޖެއްގެ ހަރަކާތްތަކަކީވެސް ހިތަށް ހަމަޖެހުން ގެނުވި ނުހަނު އުފާވެރި މަންޒަރުތަކެކެވެ. މިއީ ތުއްތު ދެކުދިންގެ އުމްރާގެ އަޅުކަމާއި, ދަތުރުގެ ތެރެއިން ނެގުނު އަށެއްކަ ތަސްވީރެވެ.










