...

ރާއްޖޭގައި އޮތް އެންމެ ‘ފުރިހަމަ’ ބަގީޗާ

1156

ސުރުހީގައި އިޝާރާތްކުރާ ބަގީޗާއަކީ މަގޭ ދަރަވަންދޫގެ މަގޭ ބަގީޗާއެވެ. އެއީ 2025 ވަނަ އަހަރު ނިމޭއިރު ފެނުނު އެންމެ ހިތްގައިމު ތަފާތު ބަގީޗާއެވެ. ރާއްޖޭގެ ރަށަކުން ފެނުނު އެންމެ ބޮޑުވެސް ބަގީޗާއެވެ. އެބަގީޗާގެ ފުރިހަމަކަމާއި ހިތްގައިމުކަމަށްވުރެ ބޮޑު, ޚާއްޞަ އެހެންކަމެއްވެސް އެބައޮތެވެ. އެއީ އެބަގީޗާ ދަރަވަންދޫ ރައްޔިތުންނަށް ހަދިޔާކުރި ފަރާތެވެ. އެއީ އެރަށު ކައުންސިލްގެ ހަދިޔާއެކެވެ. ކައުންސިލް މެމްބަރުންނާއި މުވައްޒަފުންގެ ރެއާ ދުވާލުގެ މަސައްކަތެވެ. އެމީހުންގެ އަތްތަކުން ކުރި ފުރިހަމަ މަސައްކަތެކެވެ. ތައުރީފް ހައްގެވެ.

އެބަގީޗާއަށް ކުޑަކުޑަކޮށް ބަލާލާއިރު ރަށެއްގެ އާދައިގެ ކުޑަކުދިންގެ ޕާރކްގައި ހުންނަ ކުޑަކުދިން ކުޅިވަރު ކުޅޭ ހުރިހާ ސާމާނެއް ހިމެނޭ ވަކި ސަރަހައްދެއް ވެއެވެ. މިނީ ފުޓްބޯޅަ ދަނޑަކާއި, އެންމެ ތުއްތުކުދިން ކުޅެން ތިބެން ވަކި ޚާއްޞަ ތަންކޮޅެކެވެ. ސްޓޭޖް ހަރަކާތްތަކަށް ޚާއްސަ ސްޓޭޖަކާއި, އެހަރަކާތްތައް ބަލަން މަޑުކޮށްލާނެ ސިޑިބަރިއެވެ. ސިޑިބަރީގެ ފާރުގައި ރާއްޖޭގެ ކަނޑު އަޑީގެ ޚާއްޞަކޮށް ދަރަވަންދޫ ހިމެނޭ ސަރަހައްދުގެ ކަނޑުގެ ދިރުންތަކެވެ.

ގަހެއްގެ ބުޑުގައި ވަށައިގެން ހަދާފައިވާ އަށީގައި ތިން ރާޒުވާ ބޯޑެވެ. އެއްފަހަރާ ހަ ކުދިންނަށް ކުޅެވޭނެއެވެ. ރީތި މަސްފެންގަނޑާއި މަސްފެގްނޑު ހުރަސްކޮށް އޮތް ބްރިޖެވެ. ފެންއަރުވާ ވަޑާން ރޭގަނޑަށް ދިއްލާލާފައި ހުންނައިރު ހިތްގައިމެވެ. ފުރިހަމައެވެ. އެކިވަރުގެ އުނދޯންޏެވެ. ޚާއްޞަކޮށް މަރިޔާދުގެއެއް ފަދަ އުނދޯލި ގެއެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް

ވޯކްވޭ ތައްޔާރުކޮށްފައިވަނީ ކުޑަކުދިންނަށް ސްޚޭޓް ކުރެވޭނެ ގޮތަށެވެ. އައުޓްޑޯ ޖިމްވެސް ހުރީ އެބަގީޗާގެ ތެރޭގައެވެ. އެބަގީޗާގެ އެންމެ ހިތްގައިމު ކަމަކީ ގިނަ ބާވަތްތަކުގެ ގަސްތަކެވެ. މާމެލާމެލީގެ ގަސްތަކާއި އެނޫންވެސް ގަސްތަކެވެ. ބޮޑަތި ގަސްތައް ވަށައިގެން އިނށިއިނދެވޭ ގޮތަށް ހަދާފައިވާ ހުރި ބުރުތަކާއެކު ތަނަށް ފުރިހަމަކަން ގެނުވައެވެ. އެބަގީޗާ ފުރިހަމަކުރުމަށް އެތައް ބާވަތެއްގެ ގަސް ރާއްޖޭގެ އެހެން ރަށަކަށް ދަތުރުކޮށްގެން ގެނައެވެ. ބަގީޗާ ހަދަން ފެށިއިރު އެއީ ދިރުމެއް ނެތް ބިމެކެވެ. ކުރިން ފުޓްބޯޅަ ދަނޑު އޮތްތަނެވެ. އެކަމަކު މިހާރު ދަރަވަންދޫގައި އޮތް އެންމެ ހިތްގައިމު ތަނަކީ އެއީއެވެ.

ފާޚާނާއާއެކު ކެފޭއެއްވެސް ތަރައްޤީކޮށް މިހާރުވެސް ޚިދުމަތް ދެއެވެ. ފަތުރުވެރިންވެސް މަގޭ ބަގީޗާއަށް ޒިޔާރަތްކުރެއެވެ. ފަތުރުވެރިންނަށް ޚާއްޞަކޮށް, ދިވެހީންގެ މަސައްކަތްތެރިކަން ދައްކާލުންވެސް ކަނޑައެޅޭ ވަކި ދުވަސްތަކެއްގައި އޮވެއެވެ. އެއީވެސް އާމްދަނީގެ މަގެކެވެ.

ޢާއްމު ބަގީޗާތަކާ ހިލާފަށް އެބަގީޗާއަށް ވަދެނިކުމެ ހަދަން 6 ދިމާއެއް ވަނީ ކަނޑައަޅާފައެވެ. ކޮންމެ ސަރަހެއްދެއްގައިވެސް ވަނީ ފެހިކަމެވެ. ކުކަކުލައިގެ ގަސްތަކާއި މާތަކެވެ.

މިތަން ތަރައްޤީކުރުމަށް ކައުންސިލްގެ މުވައްޒަފުން ވަނީ ބޮޑު ގުރުބާނީއެއް ވެފައެވެ. ފާއިތުވި ރޯދަމަހުގެ ރޭގަނޑުގެ ގިނަ ވަގުތުތަކެއްވެސް ހޭދަކުރިއެވެ. މިހާރުވެސް ޑިއުޓީ ބަހައިގެން އެތަން ބަލަހައްޓަން ފެންދީ ހަދަނީ ކައުންސިލް މުވައްޒަފުންނެވެ. މިއީ ހަމަ ތައުރީފްގެ މައްޗަށް ތައުރީފް ހައްގު މަސައްކަތެކެވެ. ރާއްޖޭގައި އޮތް ހަމަ އެންމެ ރީތި ބަގީޗާއެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.