...

މަޑުވަރި ތްރީ އޮން ތްރީ ސޮކަރގެ ޗެމްޕިއަންކަން ޑޮޓަށް!

480

ރ.މަޑުއްވަރި ތްރީ އޮން ތްރީ ސްޓްރީޓް ސޮކަރ މުބާރާރުގެ ޗެމްޕިއަންކަން ‘ޑޮޓް’ ހޯދައިފިއެވެ. އެޓީމް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި 7-4 ން ދިހަރެޔާ ބަލިކޮށްގެންވެ.

އަށް ޓީމާއެކު މަޑުއްވަރީގައި ކުރިއަށްގެންދިޔަ މުބާރާތުގެ މޮޅު ކުޅުންތެރިއަކީ ޑޮޓްގެ އަހުމަދު ނާހީ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. މުބާރާތުގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި ނާހީއާއެކު ދެން ހިމެނުނީ 19 ލަނޑާއެކު ރަންބޫޓް ހޯދި 313 ސްޕޯރޓްސް ކްލަބްގެ ހުސައިން އަސްވަދު އަލީ އާއި ދިހަރެޔާގެ އަހުމަދު މިގުދާދު އެވެ.

މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ ޔުނިކް ސްޕޯރޓްސް ކްލަބްގެ އަބްދުالله ޒަޔާން ބިން މުޙައްމަދު ލަތީފެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 10,000 އަދި ރަނަރަޕް ޓީމަށް 5,000 ރުފިޔާ ވަނީ ދީފައެވެ.

މިއީ މަޑުއްވަރީގެ ތިން ޒުވާނުންގެ އިސްނެގުމަށް ބޭއްވި މުބާރާތެކެވެ. އެކަމަކު މުބާރާތް ކުރިއަށް ގެންދިޔައީ މަޑުއްވަރީގެ ގިނަ ބައެއްގެ ޚާއްޞަކޮށް, ޒުވާނުންގެ ބައިވެރިވުމާއި އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެންނެވެ. އޭގެތެރޭގައި ޑައިނަމިކްސް އާއި ކްލިކް ލައިވް އާއި އިވެންޓް ޒޯން ހިމެނެއެވެ.

ސައުންޑާއި ލައިޓިންގ އަދި ސްޓޭޖް ވަރަށް ފުރިހަމައަށް ތައްޔާރުކޮށްގެން ކުރިއަށް ގެންދިޔަ މުބާރާތް ފާހަގަކުރެވުނީ ‘ކޮލިޓީ’ މުބާރާތެއްގެ ގޮތުގައެވެ.

ލިޔުމާގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.