...

ބ.އަތޮޅުގެ ފުޓްސަލް ތަށި އޭދަފުށްޓާއި ގޮއިދޫން މިލްކް ކޮށްފި

442

ބ.އަތޮޅުގެ ފުޓްސަލް ތަށި ‘ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާ’ އޭދަފުށްޓާއި ގޮއިދޫން މިލްކް ކޮށްފިއެވެ. އޭދަފުށިން މިލްކް ކުރީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ތަށްޓެވެ. އަދި ގޮއިދޫން މިލްކް ކުރީ މުބާރާތުގެ އަންހެން ޑިވިޝަންގެ ތަށްޓެވެ.

އޭދަފުށިން ތަށި މިލްކް ކުރީ ފައިނަލްގައި ހިތާދޫއާ ވާދަކޮށް 1-0 ން ކުރި ހޯދައިގެންނެވެ. މެޗުގެ ހަމައެކަނި ލަނޑު އޭދަފުށްޓަށް ޖަހައިދިނީ ފުރަތަމަ ހާފްގެ ފަހު ވަގުތު އަލީ މާއިސް (މައްޓު) އެވެ. މައްޓުއަކީ އޭދަފުށްޓަށް ކުޅުނު ރަށުން ބޭރުގެ ކުޅުންތެރިޔާއެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީވެސް ގާފަރަށް އުފަން މާއިސް އެވެ.

ފިރިހެން ޑިވިޝަންގެ މޮޅު ކުޅުންތެރިޔާ ސައްޓު އެހެން ކުޅުންތެރިންނާއެކު ސަޕޯޓަރުންނާ ސަލާމް ކުރަނީ

އަންހެން ޑިވިޝަންގެ ތަށި ގޮއިދޫން މިލްކް ކުރީ ފައިނަލްގައި 6-0 ން ދޮންފަން ބަލިކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ފައިނަލް މެޗުގައި ޖެހި ދެގޯލާއެކު މުބާރާތުގައި 14 ގޯލް ޖެހި މައީޝާ އަބްދުލް ހަންނާނު އެވެ. މުބާރާތުގެ އަންހެން ޑިވިޝަންގެ ރަންބޫޓްވެސް ހޯދީ މައީޝާއެވެ. އަދި މބާރާތުގެ ކްއީން އަކީވެސް މައީ އެވެ.

އަންހެން ޑިވިޝަންގެ ޗެމްޕިއަން ގޮއިދޫ:ފޮޓޯ-ބ.އަތޮޅު ކައުންސިލް

މިއަހަރު އަންހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި މައީގެ އިތުރުން ހިމެނެނީ ގޮއިދޫގެ މަރިޔަމް ނޫރާ, ސާނިޔާ އަހުމަދު ނިޒާމް, ޝަފްނާ އިބްރާހީމް އަދި ދޮންފަންގެ ފާތިމަތު އިނާޝާ އާދަމް އެވެ. އަންހެން ޑިވިޝަންގެ އެންމެ މޮޅު ކީޕަރަކީ ގޮއިދޫގެ ނަޖުވާ ފާރޫގު އެވެ.

އަންހެން ޑިވިޝަންގެ ކްއީން މައީ: ފޮޓޯ-ބ.އަތޮޅު ކައުންސިލް

މުބާރާތުގެ ފިރިހެން ޑިވިޝަންގެ މޮޅު ކުޅުންތެރިއަކީ އޭދަފުށީގެ އިޝާން އިބްރާހީމް (ސައްޓު) އެވެ. ފިރިހެން ޑިވިޝަންގެ ރަންބޫޓް ހިއްސާކުރި 4 ކުޅުންތެރިންގެ ތެރޭގައިވެސް ސައްޓު ހިމެނެއެވެ. ރަންބޫޓް ހިއްސާކުރި އެހެން ކުޅުންތެރިންނަކީ ހިތާދޫގެ އަހުމަދު ހުސައިން, ކުޑަރިކިލުގެ ހުސައިން ސުހައިލް އަދި ތުޅާދޫގެ އަބްދުالله ތަހުސީން އެވެ.

މިމުބާރާތުގެ ކްއީން އާއި ކިންގަށް މިދިޔަ އަހަރުވެސް ހޮވުނީ މައީ އާއި ޝައްޓު އެވެ.

ފިރިހެން ޑިވިޝަންގެ މޮޅު ފަސް ކުޅުންތެރިން: ފޮޓޯ-ބ.އަތޮޅު ކައުންސިލް

ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ސައްޓުގެ އިތުރުން ހިމެނެނީ އޭދަފުށީގެ މުޙައްމަދު ފާސިރު އާއި ހުސައިން ޝަރީފް އާއި ހިތާދޫގެ އަޙްމަދު ހުސައިން އާއި މުޙައްމަދު ޒީދާން ޒުހުރީ އެވެ. ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކީޕަރަކީ ހިތާދޫގެ އިބްރާހީން ނާޖިހު އެވެ.

މުބާރާތުގެ 18 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިންނަކީ ކިހާދޫގެ މަރިޔަމް އިމްނާ އާއި ގޮއިދޫގެ މީޝަލް ރަޒާން އެވެ. އަންހެން ޑިވިޝަންގެ މޮޅު ކޯޗަކީ ގޮއިދޫގެ މުޚުތާރު ނަސީރު އެވެ. ފިރިހެން ޑިވިޝަންގެ މޮޅު ކޯޗަކީ އޭދަފުށީގެ އަހުމަދު ތާހާއެވެ.

ތަށި ޔަގީން ކުރުމަށްފަހު ގޮއިދޫ ކުޅުންތެރިން އުފާފާޅުކުރަނީ: ފޮޓޯ-ބ.އަތޮޅު ކައުންސިލް

މިއީ ބެޓަރ އިން ބާ ފުޓްސަލް ފިއެސްޓާގެ 3 ވަނަ މުބާރާތެވެ. ޗެމްޕިއަން ޓީމަށް 150,000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 75,000 ރުފިޔާ ވަނީ ދީފައެވެ.

@happehafsy

ބ.އަތޮޅުގެ ފުޓްސަލް ތަށި އޭދަފުށްޓާއި ގޮއިދޫން މިލްކް ކުރުން #betterinbaafutsalfiesta2025 #eydhafushi #baagoidhoo #futsal #maldives

♬ original sound – Hafsee.com
ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.