މިއީ ކަނޑިތީމް ކައުންސިލުން ތަރައްޤީކޮށްފައިވާ ބީޗް ސަރަހައްދެވެ. މޫދުއެރޭ ސަރަހައްދެވެ. ކޮފީތަކާއި, ފިނި ބުއިންތައް އަބަދުމެ ލިބޭ ހިތްފަސޭހަ ސަރަހައްދެކެވެ. މިތަނުގައި ހުންނަ ކޮފީ ހަޓް ހެނދުނު 6:00 ޖެހުމާއެކު ހުޅުވާ ޚިދުމަތް ދޭން ފަށައެވެ. ހުޅުވާ ގަޑިއަށް މީހުން ޖަމާވެއެވެ. އެސަރަހައްދުގައި މޫދު ފެންނަ ހިސާބުގައި ޖޯލިފަތިތައް ވަނީ ބަހައްޓާފައެވެ. ކޮފީ ޓޭބަލް އާއި އުނދޯލިތައްވެސް މެއެވެ. އެސަރަހައްދުގެ އެއްބައި ތައްޔާރުކޮށްފައިވަނީ ސީދާ ކޮފީއަށް ޚާއްޞަކޮށެވެ. އެކަމަކު ފިނި ބުއިންތައްވެސް ލިބެއެވެ. ރޭގަނޑު ލަސްވަންދެންވެސް އެތަނުން ޚިދުމަތް ލިބެއެވެ. މިއީ އަބަދުވެސް ދިރުންހުރި ތަނެކެވެ. އެކި އުމުރުގެ ދެޖިންސްގެ މީހުން އަބަދުމެ އައިސްގޮސް އުޅޭ ސަރަހައްދެކެވެ. ހެނދުނާ ހަވީރަށް ބާރު ބޮޑެވެ.













