ވ.އަތޮޅު ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލްގެ ދެވަނަ ޖާގަ ފުލިދޫ ހޯދައިފިއެވެ. ފުލިދޫ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި ފެލިދޫ ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ.
މެޗުގެ ސެޓްތައް ފުލިދޫން ގެންދިޔައީ 25-22, 25-18 އަދި 25-14 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ފުލިދޫ ޓީމަށް ކުޅޭ ނޭޕާލް ދެ ކުޅުންތެރިންގެ ތެރެއިން ބަންޑާރީ އުޝާ އެވެ.
މެޗަށްފަހު ފުލިދޫ ޓީމްގެ ކެޕްޓަން ބުނީ މެޗަށް ނިކުތީ ދުރާލާ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ. އޭނާ ބުނީ މެޗުން މޮޅުވީ ވަރަށް ހިތްވަރު ކޮށްގެން, ސަޕޯޓަރުންގެ ހިތްވަރާ އެއްކޮށް ކަމަށެވެ. އަދި ސަޕޯޓަރުންގެ އެހީގައި ފައިނަލް މެޗުވެސް ކާމިޔާބު ކުރެވޭނެ ކަމަށް ބުންޏެވެ.
ފައިނަލްގައި ފުލިދޫ ވާދަކުރަން ޖެހޭނީ ކެޔޮދޫ އާއެވެ. މިދެޓީމް ލީގު ބުރުގައި ކުޅުނު މެޗު ކާމިޔާބުކުރީ ކެޔޮދޫ އެވެ. ފައިނަލް މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހު ހަވީރު އެވެ.
