...

ވާވު ވޮލީ: ފުލިދޫގެ މައްޗަށް ކުރިހޯދީ ކެޔޮދޫ

491

ވ.އަތޮޅު ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގައި ފުލިދޫގެ މައްޗަށް ކެޔޮދޫން ކުރިހޯދާ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ފުރަތަމަ މެޗުން ބަލިވެފައި އޮތް ދެޓީމްގެ މެޗު ކެޔޮދޫން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އަހުމަދު އަބްދުލްކަރީމް (ލޯންގޭ) އާއި އާދަމް ފައިރޫޒް ކުޅޭ ކެޔޮދޫން މެޗުގެ ސެޓްތައް ގެންދިޔައީ 25-18, 26-24 އަދި 25-17 ނެވެ. ފުލިދޫ ޓީމްގައި ގައުމީ ޓީމްގެ ކުޅުންތެރިއަކު ނުހިމެނެއެވެ. ނަމަވެސް ބިދޭސީ ދެ ކުޅުންތެރިން ފުލިދޫ ޓީމްގައިވެސް ހިމެނެއެވެ. މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމެއްގައިވެސް ބިދޭސީ ދެ ކުޅުންތެރިން ކުޅެއެވެ.

މެޗަށްފަހު ކެޔޮދޫގެ އަހުމަދު ފާޒިލް ބުނީ މެޗުން މޮޅުވިޔަސް އެންމެ ހިތްހަމަ ޖެހޭވަރަށް ނުކުޅެވޭ ކަމަށެވެ. މިސްޓޭކްތައް ފެނުން ކަމަށާއި, ކުރިއަށް އޮތް މެޗަށް ނިކުންނާނީ އެމިސްޓޭކްތައް ރަނގަޅު ކޮށްގެން ކަމަށް ކުރިން ގައުމީ ޓީމަށްވެސް ކުޅުނު ފާޒިލް ބުންޏެވެ.

ފުލިދޫގެ ކެޕްޓަން ހަސަން އާމިރު ބުނީ މަސައްކަތުގެ ރޭޓް އެންމެ ރަނގަޅީ އޭނާގެ ޓީމް ކަމަށާއި, ތަފާތަކީ ދެޓީމްގެ ކުޅުންތެރިންގެ ތަފާތު ކަމަށެވެ. ފުލިދޫން މުބާރާތުގައި ވާދަކުރަނީ މުސްތަޤްބަލަށް ވިސްނުމާއެކު ރަނގަޅު ކުޅުމެއް ދައްކަން ކަމަށެވެ.

މެޗަށްފަހު ދެޓީމްގެ އިންޓަރވިއު

ފުލިދޫ ކުޅުނު ފުރަތަމަ މެޗުގައި ބަލިވީ ތިނަދޫ އަތުންނެވެ. ކެޔޮދޫ ފުރަތަމަ މެޗުގައި ފެލިދޫ އަތުން ބަލިވީ ވާދަވެރި ކުޅުމަކަށްފަހު 3-2 ސެޓުންނެވެ. ދެ މެޗުންވެސް މޮޅުވެ އެއްވަނައިގައި އޮތީ ފެލިދޫ އެވެ.

މުބާރާތުގައި ކެޔޮދޫ ވާދަކުރަނީ ޖުނައިދު އަބްދުالله ގެ އިރުޝާދުގެ ދަށުންނެވެ. ފުލިދޫގެ ކޯޗަކީ އަހުމަދު އަދީލް (ބޭބެ) އެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.