...

މީ ހަމަ ރިސޯރޓެއް, ދިވެހިންނަށް ހެޔޮ އަގެއް!

11250

މިރަށަށް ފައިބާއިރުވެސް ޢާއްމު ރަށަކާ ތަފާތެވެ. ފައިބަން އޮތީ ޖެޓީއެކެވެ. ޖެޓީން ފައިބައިގެން ރަށުގެ މައިގަމުން ކުރިއަށް ދިޔަވަރަކަށް އިހުސާސް ކުރެވޭނީ އަމާން ކަމެވެ. ރައްކާތެރިކަމެވެ. ހަމަހިމޭން ކަމެވެ. މިއީ ފަޅު ރަށެއް ނޫނެވެ. އެކަމަކު 500 ގެ ޖުމްލަ އާބާދީއެކެވެ. އެއާބާދީ އަށްވުރެ ރަށުގައި ދިރިއުޅޭ އަދަދު މަދުވާނެއެވެ. އަދި މިއީ ހަމަ ޢާއްމު ރަށެކެވެ.

ފޮއްދޫ ޖެޓީ: ފޮޓޯ-ޙަފްޞީ

ދެން އޮތީ މިރަށުގެ އެންމެ ޚާއްޞަ ސަރަހައްދެވެ. ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާ ވަކިން ޖެޓީ އޮތް ފަރާތް ނޫން އަނެއް ފަޅިއެވެ. އެމަގުން ކުރިއަށް ދިޔަވަރަކަށް ފެންނާނީ ތަފާތު ވައްތަރުގެ ގަސްތަކެވެ. ގަސްތައް ގިނައެވެ. ފަސްބޯ އެމަގުން ކުރިއަށްދާއިރު ހުރީ ސާއްބަ މޯލްޑިވްސްގެ ގެސްޓްހައުސް ތަކެވެ. ސާއްބަ ގާޑަން ވިއުއެވެ. ސާއްބަ ބީޗް ސުއިޓްސް އާއި ސާއްބަ ބީޗް ވިލާ އެންޑް ސްޕާ އެވެ. ދެ އަހަރެއްގެ މަތީން މިތަންތަން ތަޖުރިބާ ކޮށްފީމެވެ.

ފޮއްދޫގެ ފަތުރުވެރިކަމަށް ޚާއްޞަ ސަރަހައްދު: ފޮޓޯ-ޙަފްޞީ

ރިސޯރޓެކޭ ހަމަ އެއްވެސް ތަފާތެއް ނެތެވެ. ރިސޯރޓެއްގެ ރޫމެއްގައި ހުންނާނެ ހުރިހާ ވަސީލަތެއް ހިމެނެއެވެ. ގަސްތައް ގިނަވުމުން ހަގީގަތުގައިވެސް އިހުސާސް ކުރެވެނީ ރިސޯރޓެއް ކަމެވެ. މީހުން ދިރިއުޅޭ ރަށެއް ނަމަވެސް ރަށު ރައްޔިތުން އައިސް އުޅޭ ހިސާބެއް ނޫނެވެ. ބީޗް ވިލާ ތަކުން ނިކުމެވެނީ ސީދާ ބީޗަށެވެ. ރާޅު ޖަހާ އަޑު ރީތިކޮށް އިވެއެވެ. މަންޒަރު ސާފެވެ. ގާޑެން ވިލާގެ ކޮޓަރިތައްވެސް އެހާމެ ހިތްގައިމެވެ. މީގެއިތުރުން ޢާއްމު ގެސްޓް ހައުސްއެއް ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައިވެސް ހުރެއެވެ. މިތަނުގެ ކޮޓަރިތައް ދިވެހީންނަށް ހުރީ ޚާއްޞަ އަގެއްގައެވެ. ރެއަކަށް 650-2500 ރުފިޔާއާ ދެމެދުގައެވެ.

@happehafsy

ފޮއްދޫގައި ‘ސާއްބަ ހޮޓެލްސް’ ގައި ދިވެހިންނަށް ވެސް މިއޮތީ ޗުއްޓީގެ ވަރަށް ސަޅި، އެކަށީގެންވާ ފުރުޞަތެއް! ރިސޯޓަކުން ލިބޭނެ ޚިދުމަތްތައް ތަޖުރިބާ ކުރެވޭނެ. މި މާހައުލުވެސް ވަރަށް އުފާވެރި، ހިތްގައިމު💚 @Sabba Travel & Tours #maldives #tiktoktraveller #beautifulmaldives #localtourist #fodhdhoo #traveller #travelvlog #islandlife🌴 #nature #sabba #hafsee #hafseeabdulla @Jointay @DiscoverSabba

♬ Travel Corporate Background – 佚名
ސާއްބަ މޯލްޑިވްސްގެ ގެސްޓްހައުސްތަކާ ގުޅޭ ވީޑިއޯ ރިޕޯރޓް

ދެން އޮތީ ކެއިންބުއިން ކިހިނއްތޯ ކުރެވޭ ސުވާލެވެ. ރެސްޓޯރަންޓްގެ ހިތްގައިމު ކަމެވެ. ވަށައިގެން ގަހެވެ. ކޮންމެ ޓޭބަލެއްގައި އިށިއިނގެ ކޮންމެ ދިމާއަކަށް ބަލާލިނަމަވެސް ގަސްތަކެވެ. ކިތަންމެ ގިނަ ވަގުތަކު މަޑުކޮށްލަންވެސް ފޫހިކަމެއް ނެތް މާހައުލެކެވެ. ދެން އޮތީ މެނޫއެވެ. ބޭނުން ކޮންމެ އެއްޗެކެވެ. ސީފުޑް ވެސް ހިމެނޭ ގޮތަށް ތަފާތު ޑިޝް ތަކެވެ. ސޫޕްގެ އެކި ބާވަތްތަކާއި, ދިވެހި ރަހަތަކެވެ. އަގުތައް ހުރީ ދިވެހީންނަށް ޚާއްޞަ އަގުތަކެކެވެ. މިތަނުގެ ވަރަށް ޚާއްޞަ އެއްކަމެއް ފާހަގަކުރާ ނަމަ މިރެސްޓޯރަންޓް ހުޅުވީންސުރެ މިރަށުގެ ރައްޔިތުންނަށް ކޮފީ ހިލެއެވެ.

@happehafsy

Ever since the opening of this restaurant, coffee has been free for all islanders! The spa offers special rates for locals. @n.fodhdhoo.counci @sabbamv @sabbabeachhotels @latheefabbas4 #Fodhdhoo #Traveller #Locallife #maldives🇲🇻 #travel #localtourism #beautifulmaldives☀️🌴🇲🇻 #travellingvideos #Tiktoktraveller #travellingvlog #hafsee #hafseeabdulla

♬ original sound – Hafsee.com – Hafsee.com
ރެސްޓޯރަންޓް އަދި ސްޕާއާ ގުޅޭ ވީޑިއޯ ރިޕޯރޓް

ކޮލިޓީ ސްޕާއާއި މޫދު ކުޅުވަރުގެ ވަސީލަތްތަކާއެކު މިއީ ހަމަ ރިސޯރޓެކެވެ. ރިސޯރޓްތަކުގައި އަގުބޮޑު ޗުއްޓީ ހަދާލުމަކީ ފަސޭހަކަމެއް ނޫނެވެ. ޖީބަށް މާބަރީއެވެ. އެކަމަކު އުފަން ދުވަހެއް ފާހަގަކޮށްލަން, އެނިވަރސަރީއެއް ފާހަގަކޮށްލަން, އާއިލީ ވީކެންޑަކަށް ޒިޔާރަތްކޮށްލަން މިއީ ހަމަ ހަގީގަތުގައިވެސް ރިސޯރޓެކެވެ. ދަތުރުފަތުރުގެ ފަސޭހަކަމާއެކު ޚާއްޞަކޮށް އުތުރުގެ ރަށްތަކުގެ މީހުންނަށް މިއީ ހަމަ ވަރަށް ރަނގަޅު މާހައުލެކެވެ. މިއީ ނ.ފޮއްދޫ އެވެ. ސާއްބަ މޯލްޑިވްސްގެ ގެސްޓްހައުސްތަކާއި ރެސްޓޯރަންޓެވެ. ކުރުކޮށް ބުނާނަމަ ސާއްބަ މޯލްޑިވްސްގެ ‘ރިސޯރޓް’ އެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.