...

ފޮއްދޫ ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ހޯދީ މަގޫދޫ

1058

ފޮއްދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން މަގޫދޫން ހޯދައިފިއެވެ. މަގޫދޫ އިން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި 5-4 ން ހޮޅުދޫ ބަލިކޮށްގެންނެވެ. މުބާރާތުގައި މަގޫދޫ ތަމްސީލް ކުރީ އެފްސީ ގޯލްޑަން ފެލްކޮން އެވެ. އަދި ހޮޅުދޫ ތަމްސީލް ކުރީ މައި ޔުޓައިލް ސްޕޯރޓްސް އެކަޑަމީ އެވެ.

ވާދަވެރި އަދި ފޯރިގަދަ ފައިނަލްގައި ފުރަތަމަ ދެ ލަނޑު ވެސް ޖެހީ މަގޫދޫ އިންނެވެ. ހޮޅުދޫ އިން ދެ ލަނޑު ޖަހާ މެޗުގެ ނަތީޖާ އެއްވަރުކުރި ނަމަވެސް މަގޫދޫ އިން ވަނީ މެޗުގެ ނަތީޖާ ދެވަނަ ފަހަރަށްވެސް އަނބުރާލާފައެވެ. މެޗުގައި މަގޫދޫ އިން ޖެހި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ މުޙައްމަދު އިރުޝާދު އެވެ. އަނެއް ދެ ލަނޑު ޖެހީ ސައުދު މުޙައްމަދެވެ.

މުބާރާތުގައި މޮޅަށް ކުޅުނު އިރުޝާދު އާއި މިގުދާދު: ފޮޓޯ-ކްލިކް ގްރަފީ

ހޮޅުދޫން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ހުސައިން ޝައްފާހު އެވެ. އަނެއް ދެ ލަނޑު ޖެހީ އަލީ ރަޒީން އާއި މުޙައްމަދު އަޒުހަދު އެވެ.

މުބާރާތުގެ ޗެމްޕިއަންކަން މަގޫދޫ އިން މިހޯދީ މެޗަކުން ބަލިނުވެ ސީދާ ފައިނަލަށް ދަތުރުކުރި ހޮޅުދޫ ބަލިކޮށްފައެވެ. މުބާރާތުގައި މަގޫދޫ އަށް މޮޅު ނުވެވުނީ ލީގު ބުރުގައި ހޮޅުދޫއާ ވާދަކުރި މެޗުންނެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ހޮޅުދޫގެ ކޯޗު އަޙްމަދު ފާރިޝް އެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ ކުޑަކަންމަތި ޔުނައިޓެޑްގެ މުޙައްމަދު މާއިޝް ބިން ޢަލީ އެވެ. މުބާރާތުގެ ރަން ބޫޓް ހޯދީ މަގޫދޫގެ ސައުދު މުޙައްމަދެވެ. ފައިނަލް މެޗަށް އޭނާ ނިކުތީ 15 ލަނޑު ޖަހައިގެންނެވެ. ފައިނަލް މެޗާއެކު 17 ލަނޑު ޖެހިއެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ:

  •  ސައުދު މުޙައްމަދު – މަގޫދޫ
  •  ހުޞައިން ޝައްފާހު – ހޮޅުދޫ
  •  މޫސާ މާޙިލް މިގުދާދު – ފޮއްދޫ ޔުނައިޓެޑް ކުޑަކަންމަތި
  •  އަޙްމަދު މާއިޝް ރަޝީދު – ފޮއްދޫ ކުޑަކަންމަތި ސްޕޯރޓްސް ކްލަބް
  •  މުޙައްމަދު ޖަމީލް – މަގޫދޫ ކީޕަރު

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (ކިންގް) ހޯދީ ރަންބޫޓްވެސް ހޯދި ސައުދު މުޙައްމަދެވެ. ފެއަރޕްލޭ ޓީމަކީ ޔުނައިޓެޑް ކުޑަކަންމައްޗެވެ.

މުބާރާތުގެ ޓްރޮފީ: ފޮޓޯ-ކްލިކް ގްރަފީ

މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ދިނީ 30,000 ރުފިޔާއެވެ. ނަމަވެސް އަންނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 50,000 ރުފިޔާ ކަނޑައެޅިފައިވާކަން މުބާރާތުގެ މެއިން ސްޕޮންސަރ ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް އިއުލާނު ކުރެއްވިއެވެ. އަންނަ އަހަރުވެސް މުބާރާތް ބާއްވާނީ މުޅި އަތޮޅަށް ހުޅުވާލައިގެންނެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.