...

ހުށިހެއި ގޮތަކަށަސް އައްޑޫ ސިޓީއެ ޢީދި ކުރިއަށް އެނީ ހަމަ ހައި ކޮލިޓީކޮށް!

1019

ރާއްޖޭގައި އެންމެ ފުޅާކޮށް, އެންމެ ބޮޑުކޮށް, އެންމެ ގިނަ މީހުން ބައިވެރިވެގެން ޢީދު ފާހަގަކުރާ ތަނަކީ ޢީދު ސަމާ, މިއައްޑޫ ސިޓީ

މަތީގައި އެވަނީ މިފަހަރުގެ ބޮޑު ޢީދަށް އައްޑޫ ސިޓީއަށް އައިސް މިސިޓީގެ މޭޔަރާ ބައްދަލުކޮށް, ޢީދު އައްޑޫ އަށް ސިޓީއަށް ޒިޔާރަތްކުރަންވީ ކީއްވެތޯ ކުރި ސުވާލަށް ދެއްވި ޖަވާބުގެ މައިގަނޑު ހުލާސާއެވެ. މަރަދޫގައި އީދު ކުޅިވަރަށް ތައްޔާރުވުމާއި ޕްރެކްޓިސް ކުރިއަށްދިޔަ ސަރަހައްދުގައި ހުންނަވާ ބައެއް ތަފްސީލްތައްވެސް ހިއްސާކުރެއްވިއެވެ. ވިދާޅުވީ އައްޑޫގަ ޢީދު މިފާހަގަކުރެވޭ ސްކޭލްގައި ރާއްޖޭގެ އެއްވެސް ތަނެއްގައި ޢީދު ފާހަގައެއް ނުކުރާނެ ކަމަށެވެ. އައްޑޫ ސިޓީގެ ހުރިހާ އަވަށްތަކުގައި, ހުރިހާ ރަށްތަކުގައިވެސް އެއް ފެންވަރެއްގައި އީދުފާހަގަކުރާނެކަން ފާހަގަކުރައްވާ އިޝާރާތް ކުރެއްވީ އެމައިދާނުގައި ކުރިއަށްދިޔަ ކަންތައްތަކަށެވެ. އޭރު އެސަރަހައްދުގައި ވާދެމުމުގެ މުބާރާތުގެ ޕްރެކްޓިސް އާއި, އީދު މަޅި ލުމަށް ކުރެވޭ ތައްޔާރީ ތަކާއި, ބޮޑު ޖަމާއަތުގެ ޢީދު ނަމާދަށްވެސް ދިޔައީ ތައްޔާރުވަމުންނެވެ.

@happehafsy

“ރާއްޖޭގައި އެންމެ ފުޅާކޮށް, އެންމެ ބޮޑުކޮށް, އެންމެ ގިނަ މީހުން ބައިވެރިވެގެން, ޢީދު ފާހަގަކުރާ ތަނަކީ މިއައްޑޫ ސިޓީގެ ޢީދު ސަމާ” މިވީޑިއޯއިން އެކަނިވެސް އެކަން ކަށަވަރުވޭ👇 #addu #adducity #addueidsamaa1446 #maldives #visitaddu #eid #islandlife🌴 #traveller #travelvlog #hafseeabdulla #hafsee @AdduCityCouncil

♬ original sound – Hafsee.com
މަރަދޫގައި ޢީދަށް ތައްޔާރުވުމާ ގުޅޭ ވީޑިއޯ ރިޕޯރޓް

ޢީދު ކުޅިވަރު ކުޅުމުގެ ހުއްދައަށް އެދުން ހިމެނޭ ގޮތަށް, އީދު މަޅިލުންވެސް އައްޑޫ ސިޓީގެ ހުރިހާ ރަށްތަކެއްގައި ވަކިން ކުރިއަށް ގެންދެއެވެ. މިދިޔަ އަހަރާ މިއަހަރުވެސް އެކަމުގައި ތަފާތުތައް ހުންނާނެކަމުގެ ޔަގީންކަން އެކަމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކުން ދިނެވެ. އެކަމަށް އެކަނިވެސް 15 ވަރަކަށް ދުވަސް އެމީހުން ހޭދަކުރިއެވެ.

މަރަދޫ ޢީދު މަޅި ތައްޔާރުކުރުމާ ގުޅޭ ވީޑިއޯ ރިޕޯރޓް

ހިތަދޫއަށް ބަލާއިރު ކުޑަކުދިންނަށް ޚާއްޞަ އާއިލީ ހަވީރަކީ އިހުގެ ދިރިއުޅުން ކުޑަކުދީންނަށް ތަސައްވަރުކޮށްދޭ ގޮތަށް ބައްޓަންކޮށްފައިވާ އާއިލީ ހަވީރެކެވެ. އައްޑޫ ސިޓީގެ ސްކެއާ ސަރަހައްދު ތައްޔާރުކުރަނީ ކަލްޗްރަލް ވިލެޖެއްގެ ގޮތުގައެވެ. އެއާއިލީ ހަވީރަކީ ރާއްޖޭގައި ބޭއްވޭނެ އެފަދަ އެންމެ ބޮޑު އާއިލީ ހަވީރު ކަމުގެ ޔަގީންކަން އެކަމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ދެއެވެ. މީގެއިތުރުން ކަލްޗްރަލް ޝޯވ އާއި ސްޓޭޖް ހަރަކާތްތަކަށްވެސް ހިތަދޫ ވަނީ ތައްޔާރުވެފައެވެ.

ހިތަދޫގައި ޢީދަށް ތައްޔާރުވުމާ ގުޅޭ ވީޑިއޯ ރިޕޯރޓް

ސްޓޭޖް ހަރަކާތްތަކަށް ބަލާއިރު އެސްޓޭޖަކީ ދިވެހި ފަންނާނުންގެ އިތުރުން ބޭރުގެ ފަންނާނުންގެ ހުނަރުވެރިކަން ފެނިގެންދާނެ ސްޓޭޖެކެވެ. ބޮޑު އީދުގެ އެންމެ ބޮޑު ސްޓޭޖް ހަރަކާތްތައްވެސް ފެންނާނީ އައްޑޫ ސިޓީންނެވެ. އެކަމަށް ސްޓޭޖަށް ބޮޑު ބަދަލެއްގެނެސް މަރާމާތުގެ ބޮޑު މަސައްކަތްތަކެއްވެސް ވަނީ ކޮށްފައެވެ.

ވާދެމުމުގެ މުބާރާތަކީ އައްޑޫ ސިޓީގެ އެންމެ ފޯރިގަދަ އެންމެ ވާދަވެރި އެއް މުބާރާތެވެ. އެކި ރަށްތަކުން ދެޖިންސްގެ ޓީމްތައް ވާދަކުރާ މުބާރާތަށް މާކުރިން ޓީމްތައް ފޯރީގައި ކުރާ ޕްރެކްޓިސް ހެއްކަކަށް ފުދެއެވެ.

މަރަދޫ އާއި ހިތަދޫގައި އީދަށް ތައްޔާރުވުން

މީގެއިތުރުން ހުޅުމީދޫވެސް ހިމެނޭ ގޮތަށް އައްޑޫ ސިޓީގެ އެހެން ބައެއް ހަރަކާތްތަކަށް ބަލާއިރު ‘އީދި ގަލާ ޓްރެޝަރ ހަންޓް’ އާއި ‘ތޮށަލިގަނޑު ކޮބާ! ގެނަމުގައި ބާއްވާ ހަރަކާތާއި, ‘ޕެޕް ރެލީ’ އާއި ‘ބީޗް ފަން’ ހަރަކާތްތަކާއި ‘މާލި ޕެރޭޑް’ އަކީ ވެސް ޝައުގުވެރި ހަރަކާތަކަށް ވާނެއެވެ.  ކެއްކުމުގެ މުބާރާތާއި, މަސް ރޭހާއި, ސަގާފީ ޕެރޭޑާއި, ޑްރެސް ޕެރޭޑާއި, ދުންމާރި ޝޯވެސް އޮތީއެވެ.

މުޅި އައްޑޫ ސިޓީ މިހާރު އޮތީ ބޮޑު އީދަށް ތައްޔާރުވެފައެވެ. ޔަގީންކުރެވޭ ކަމަކީ އެންމެ ގިނަ މީހުން ބައިވެރިވާ, އެންމެ ފޯރިގަދަ އީދު ހަރަކާތްތަކެއް ފެންނާނީ މިސިޓީން ކަމެވެ. އައްޑޫ ސިޓީ ރައްޔިތުން ބުނަނީ ” ހުށިހެއި ގޮތަކަށަސް އައްޑޫ ސިޓީއެ ޢީދި ކުރިއަށް އެނީ ހަމަ ހައި ކޮލިޓީކޮށް” ކަމަށެވެ. އެހެންވީމައި މިފަހަރު ‘އައްޑޫ ޢީދި ސަމާ” އެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.