...

ތާރީޚީ ފުރަތަމަ ތަށި ޔުނައިޓެޑް ދިގުވާނޑޮ އިން އުފުލާލައިފި

867

ފުވައްމުލައް ސިޓީގެ ތާރީޚުގައި ބޭއްވި އެންމެ އަގުބޮޑު ފުޓްސަލް މުބާރާތުގެ ތަށި ޔުނައިޓެޑް ދިގުވާނޑޮ އިން އުފުލާލައިފިއެވެ.

‘ވަގުތު ބޮޑުބެ ޗެލެންޖް’ ގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ޔުނައިޓެޑް ދިގުވާނޑޮ އިން ހޯދީ ފައިނަލްގައި ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް ބަލިކޮށްގެންނެވެ. ފައިނަލް މެޗާ ހަމައަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކުރި ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ މައްޗަށް ޔުނައިޓެޑް ދިގުވާނޑޮ އިން ކުރި ހޯދީ ޕެނަލްޓީގައި 3-1 ން ކުރިހޯދައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނީ ލަނޑެއް ނުޖެހި ދެޓީމް އެއްވަރުވެގެންނެވެ.

ޕެނަލްޓީގައި ޔުނައިޓެޑް ދިގުވާނޑޮ އިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުކުރިއެވެ. ޕެނަލްޓީ ކާމިޔާބުކުރީ އަލީ ޝިޔާހު އާއި ޢަބްދުالله އާހިލް އަލީގެ އިތުރުން އަހުމަދު އިނާން (ބަޓޫކް) ޖެހި ޕެނަލްޓީ އެވެ. ނާކާމިޔާބުވީ ކެޕްޓަން މުޙައްމަދު ވިޝާހު (ވިއްޓު) ޖެހި ޕެނަލްޓީ އެވެ. އެޕެނަލްޓީ ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) މަތަކުރިއެވެ.

މުބާރާތުގެ ރަނަރަޕް ޓީމް ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް: ފޮޓޯ-ސިޑިބަރި

ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަނުންގެ ޖެހި 4 ޕެނަލްޓީގެ ތެރެއިން ކާމިޔާބުވީ ކެޕްޓަން މުޙައްމަދު ސާދު ނިޒާރު ޖެހި ފުރަތަމަ ޕެނަލްޓީ އެވެ. ސާމިން މުޙައްމަދު ނަސީރު އާއި އިބްރާހީމް އަރީޝްގެ އިތުރުން އަލީ މާއިސް ޖެހި ޕެނަލްޓީ ކީޕަރު ޒައިދާން މަތަކުރިއެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ޔުނައިޓެޑް ދިގުވާނޑޮގެ އަލީ ޝިޔާހު އެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް ޖޫނިއަރސްގެ ލުޖައިން ޙަސަން އަކްމަލް އެވެ. ފެއަރޕްލޭ ޓީމަކީ ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަން ޖޫނިއަރސް އެވެ. ރަންބޫޓް ދެ ކުޅުންތެރިއަކު ހިއްސާކުރިއެވެ. އެއީ އައްޔަނި ސްޕޯރޓްސް ކްލަބްގެ އަލީ ޝަމާލް އަބްދުالله އާއި ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ސާމިން މުޙައްމަދު މޫސާ އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ޗެމްޕިއަންކަން ހޯދައިދިން ކޯޗު ޢަބްދުالله އަޙުމަދު އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ:

– މުޙައްމަދު ވިޝާހު ޢިބްރާހީމް (ޔުނައިޓެޑް ދިގުވާނޑޮ)

– އަލީ ޝަމާލް ޢަބްދުالله (އައްޔަނި ސްޕޯރޓްސް ކްލަބް)

– ސާމިން މުޙައްމަދު ނަސީރު (ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް

– ޒަޢިދާން އަޙުމަދު (ޔުނައިޓެޑް ދިގުވާނޑޮ)

– ޢަހުމަދު ހަމީދު (ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް)

ކިންގް އޮފް ދަ ޓޯނަމަންޓް: ސާމިން

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ކޮންގް އޮފްދަ ޓޯނަމަންޓަކީ ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ސާމިން މުޙައްމަދު ނަސީރު އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 50,000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 25,000 ރުފިޔާ ވަގުތުން ވަނީ ހަވާލުކޮށްފައެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.