...

ބޮޑުބެ ޗެލެންޖްގެ ކްއާޓާއަށް ޓީމްތައް ދަތުރުކޮށްފި

696

ފުވައްމުލައް ސިޓީގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް ‘ވަގުތު ބޮޑުބެ ޗެލެންޖް’ ގެ ކްއާޓާ ފައިނަލްގައި ވާދަކުރާނެ ޓީމްތައް ކަށަވަރުވެއްޖެއެވެ.

ގްރޫޕް ސްޓޭޖްގެ މެޗުތަކަށްފަހު ކްއާޓާ ފައިނަލުން ޖާގަ ނުލިބި ކެޓީ ދެ ޓީމެވެ. އެއީ ގްރޫޕް އޭ އިން ޔުނައިޓެޑް ދިގުވާންޑޮ ލެޖެންޑްސް އާއި ގްރޫޕް ބީ އިން ދޫނޑިގަލޯނާ ޖޫނިއަރ ޓީމެވެ.

ގްރޫޕް އޭގައި ކުޅުނު 4 މެޗުންވެސް މޮޅުވެ އެއްވަނަ ޓީމްގެ ގޮތުގައި ކްއާޓާ ފައިނަލަށް ދަތުރުކުރީ ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް އެވެ. ދެވަނަ ހޯދީ 7 ޕޮއިންޓާއެކު ޔުނައިޓެޑް ދިގުވާންޑޮ އެވެ. ތިންވަނަ ހޯދީ 5 ޕޮއިންޓާއެކު ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް ޔުނައިޓެޑް އެވެ. މިގްރޫޕުން ކްއާޓާގެ ފަހު ޖާގަ ހޯދީ ދޫނޑިގަލޯނާ ސްޕޯރޓްސް ކްލަބެވެ.

ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ދެޓީމެއް ވާދަކުރަނީ

ގްރޫޕް ބީގެ އެއްވަނަ ހޯދީ 4 މެޗުންވެސް މޮޅުވެ ހޯދަޑު ސްޕޯރޓްސް ކްލަބެވެ. ދެވަނަ ހޯދީ 9 ޕޮއިންޓާއެކު އައްޔަނި ސްޕޯރޓްސް ކްލަބެވެ. ތިންވަނަ ޓީމަކީ ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް ޖޫނިއަރސްއެވެ. މިގްރޫޕުން ފަހު ޖާގަ ހޯދީ ޕޮއިންޓަކާއެކު ގޯލްގެ ތަފާތުން ދޫނިޑަގަލޯނާ ޖޫނިއަރސް އެވެ.

ގްރޫޕް ސްޓޭޖްގެ ފަހު މެޗުތަކުގައި ޔުނައިޓެޑް ދިގުވާންޑޮ ވަނީ 2-1 ން ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް ޔުނައިޓެޑް ބަލިކޮށްފައެވެ. މެޗުގައި ޔުނައިޓެޑް ދިގުވާންޑޮގެ ދެ ލަނޑު ޖެހީ އަހުމަދު އިނާން އާއި އަކްބަރު އެވެ. ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް ޔުނައިޓެޑްގެ ލަނޑު ޖެހީ އަނީފް އެވެ. މޮޅު ކުޅުންތެރިއަކީ އިނާން އެވެ.

އައްޔަނި ސްޕޯރޓްސް ކްލަބުން ވަނީ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި 11-1 ން ޔުނައިޓެޑް ދިގުވާންޑޮ ސްޓްރައިކަރސް ބަލިކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ އަލީ ޝަމާލް އަބްދުالله 4 ލަނޑު ޖެހިއެވެ. އަދި އަހުމަދު އަޔާޒު ދެ ލަނޑު ޖެހިއެވެ. އެހެން ލަނޑުތައް ޖެހީ އަލީފް އާއި އަޖްމަލް އާއި މުޙައްމަދު ހަފީޒު އާއި ހުޒޭފަތުގެ އިތުރުން ނަވަފް އެވެ.

ދޫނިޑުގަލޯނާ ސްޕޯރޓްސް ކްލަބުން 2-0 ން ޔުނައިޓެޑް ދިގުވާންޑޮ ލެޖެންޑްސް ބަލިކުރިއެވެ. މެޗުގައި ދެ ލަނޑު ޖެހީ ނާޒިހު އާއި އައިހަމްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ދޫނޑިގަލޯނާ ސްޕޯރޓްސް ކްލަބްގެ ކީޕަރު އިސްމާއީލް ސައީދު އެވެ.

މުބާރާތުގެ ކްއާޓާ ފައިނަލް މެޗުތައް ކުޅޭނީ ހުކުރު ދުވަހު

ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް ޖޫނިއަރސް ވަނީ ފަހު މެޗުގައި 2-0 ން ދޫނޑިގަލޯނާ ޖޫނިއަރ ބަލިކޮށްފައެވެ. މެޗުގައި ދެ ގޯލްވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ ލުޖައިން ހަސަން އަކުމަލް އެވެ.

ކްއާޓާ ފައިނަލް ފުރަތަމަ މެޗުގައި ވާދަކުރާނީ ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ދޫނޑިގަލޯނާ ޖޫނިއަރސް އެވެ. ދެވަނަ މެޗުގައި ވާދަކުރާނީ އައްޔަނި ސްޕޯރޓްސް ކްލަބާއި ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް ޔުނައިޓެޑެވެ. ހޯދަޑު ސްޕޯރޓްސް ކްލަބް ކްއާޓާ ފައިނަލްގައި ވާދަކުރާނީ ދޫނޑިގަލޯނާ ސްޕޯރޓްސް ކްލަބާއެވެ. ކްއާޓާ ފަހު މެޗުގައި ވާދަކުރާނީ ޔުނައިޓެޑް ދިގުވާންޑޮ އާއި ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް ޖޫނިއަރސް އެވެ. ކްއާޓާ ފައިނަލް މެޗުތައް ކުޅޭނީ ހުކުރު ދުވަހު ހަވީރާއި ރެއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.