...

ފުވައްމުލަކުގެ އެންމެ އަގުބޮޑު މުބާރާތުގެ ޓްރޮފީ ލޯންޗްކޮށް, މުބާރާތް ފަށައިފި

898

ފުވައްމުލައް ސިޓީގެ އެންމެ އަގުބޮޑު މުބާރާތުގެ ޓްރޮފީ ލޯންޗްކޮށް, މުބާރާތް ފަށައިފިއެވެ. ވަގުތު ބޮޑުބެ ޗެލެންޖްގެ ޓްރޮފީ އިފްތިތާހުކޮށްދިނީ މުބާރާތުގެ އެމްބެސެޑަރ މޫސާ އަޒީމް އެވެ. މުބާރާތް ފައްޓަވައިދެއްވީ ފުވައްމުލައް ސިޓީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު ފިކުރީއެވެ.

މުބާރާތުގެ ފުރަތަމަ މެޗު 6-0 ން ކާމިޔާބުކުރީ ޔުނައިޓެޑް ދިގުވާންޑޯ އެވެ. އެޓީމުން މެޗު ކާމިޔާބުކުރީ ޔުނައިޓެޑް ދިގުވާންޑޯ ލެޖެންޑްސްއާ ވާދަކޮށެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ މޫސާ އަޒީމް ދެ ލަނޑު ޖެހިއެވެ. އެޓީމަށް ދެން ލަނޑުތައް ޖަހައިދިނީ އާހިލް, އައިހަމް, އިނާން އަދި ޒާހިލް އެވެ.

ޝަރަފްވެރި މެހުމާން ޑެޕިއުޓީ މޭޔަރު މެޗު ބޯޅައިގަ ސޮއި ކުރައްވަނީ

މުބާރާތުގެ ދެވަނަ މެޗު ކާމިޔާބުކުރީ ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. އެޓީމުން މެޗު ކާމިޔާބުކުރީ ދޫނޑިގަލޯނާ ސްޕޯރޓްސް ކްލަބާ ވާދަކޮށް 5-0 ނެވެ. މެޗުގައި ސާމިން އާއި އަހުމަދު ހަމީދު ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ. އަނެއް ލަނޑު ޖެހީ ސިނާހު އެވެ. މޮޅު ކުޅުންތެރިއަކީ އަހުމަދު ހަމީދު އެވެ.

ތިންވަނަ މެޗު ދޫނޑިގަލޯނާ ޖޫނިއަރއާ ވާދަކޮށް, ކާމިޔާބުކުރީ ހޯދަޑު ސްޕޯރޓްސް ކްލަބެވެ. އެޓީމުން މެޗު ކާމިޔާބުކުރީ 5-1 ނެވެ. ޖޫނިއަރ ޓީމަށް މާނު ލަނޑު ޖަހާ ކުރި ހޯދާދީފައި ވަނިކޮށް, ހޯދަޑުން ނަތީޖާ ހަމަހަމަކުރީ އާރިފްގެ ލަނޑުންނެވެ. މެޗުގައި އޭނާ އިތުރު ލަނޑެއްވެސް ޖެހިއެވެ. އެޓީމަށް ދެން ލަނޑުތައް ޖަހައިދިނީ އިޔާޝް އާއި އިބްރާހީމް އެވެ. އިބްރާހީމް ދެ ލަނޑު ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އަބްދުالله ރަޝީދު އެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ފުރަތަމަ ދުވަހުގެ ފަހު މެޗު 2-0 ން ކާމިޔާބުކުރީ އައައްޔާނީ ސްޕޯރޓްސް ކްލަބެވެ. އެޓީމުން މެޗު ކާމިޔާބުކުރީ ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބްގެ ޖޫނިއަރސްއާ ވާދަކޮށް 2-0 ނެވެ. އެޓީމުގެ ދެ ލަނޑު ދެވަނަ ހާފްގައި ޖެހީ ކެޕްޓަން އަލީ ޝަމާލް އަބްދުالله އާއި އަލީފް އެވެ. މޮޅު ކުޅުންތެރިއަކީ ޝަމާލް އެވެ.

މުބާރާތުގައި ހޯމަ ދުވަހުވެސް 4 މެޗު ކުޅޭނެއެވެ. މިއީ ޗެމްޕިއަން ޓީމަށް 50,000 ރުފިޔާ ކަނޑައެޅިފައިވާ މުބާރާތެކެވެ. މުބާރާތުގައި 10 ޓީމް ވާދަކުރެއެވެ.

މުބާރާތުގެ ޓްރޮފީ ލޯންޗް ކުރުން
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.

One thought on “ފުވައްމުލަކުގެ އެންމެ އަގުބޮޑު މުބާރާތުގެ ޓްރޮފީ ލޯންޗްކޮށް, މުބާރާތް ފަށައިފި

  1. · މޭ 27, 2025 at 3:11 ޕމ

    Best ❤️

Comments are closed.

Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.