...

އެއް ދަތުރަކުން ތިން ރަށަށް ދާން ފަސޭހަ މަގެއް!

857

ރާއްޖެ އެތުރުފައި އޮތް ގޮތުން ބ.އަތޮޅު ހިމެނެނީ ރީތި އަތޮޅެއްގެ ގޮތުގައެވެ. މާލެއާ މާދުރު ނޫން ހިސާބެއްގައި އޮތް ބ.އަތޮޅުގެ ގޮއިދޫއަށް ލޯންޗްގައި ދެގަޑިއިރުން ދެވޭނެއެވެ. އެދެވުނީ ހަމައެކަނި ގޮއިދޫ އަކަށް ނޫނެވެ.

ގޮއިދޫ އަށް ދެވިއްޖެނަމަ ހަގީގަތުގައި އެދެވުނީ ގޮއިފުޅަފެހެންދޫ އަށެވެ. ގޮއިދޫއާއި ފެހެންދޫ އާއި ފުޅަދޫ އަށެވެ. އެތިން ރަށުގެ މެދުގައި އޮތީ ކުރު ރާސްތާއެއްގެ ދަތުރެކެވެ. ފެހެންދޫއާއި ފުޅަދޫ އެއޮތީ އެއް ފަޅެއްގެ ތެރޭގައެވެ.

މިސަރަހައްދުގައި ދަތުރުކުރާ އެމްޓީސީސީ ފެރީ: ފޮޓޯ-ޙަފްޞީ

އެމްޓީސީސީގެ އަތޮޅު ފެރީގައި ގޮއިދޫން ފެހެންދޫ އަށް އަދި ފުޅަދުއަށް ހެނދުނު ގޮސް އިރުއޮއްސުމުގެ ކުރިން އެނބުރި އާދެވޭނެއެވެ. ގޮއޮދޫން އަތޮޅު ފެރީ ދަތުރު ފަށަނީ ހެނދުނު 07:00 ގައެވެ. އެދަތުރުގައި ފުރަތަމަ ޖައްސާނީ ޖެހިގެން އޮތް ފެހެންދޫ އަށެވެ. އެއީ 10 މިނިޓްގެ ދަތުރެކެވެ. ފެހެންދޫން ފުޅަދުއަށް ދިއުމަށްވެސް ހޭދަވާނީ އެހާ ވަގުތެވެ. ފެހެންދޫއަށް މަޑުކޮށް, ފުޅަދޫ އަށް ފޯރީ 7:30 ގައެވެ. ގޮއިދޫން ފުޅަދުއަށް ދިއުމަށް ފެރީ ޓިކެޓް އަގަކީ ކޮޅަކަށް 20 ރުފިޔާ އެވެ.

ދަތުރު ކުރުކޮށްލަން ބޭނުންނަމަ އޮތީ ޑިންގީއެއްގައި އެނބުރި އައުމެވެ. ފަސޭހައިން ޑިންގީ ލިބުމާއި, ޢާއްމުކޮށްވެސް ޑިންގީ ދަތުރުތައް ކުރާތީ އެއީ އުނދަގޫ ކަމެއް ނޫނެވެ. ގޮއިދޫ އާއި ފުޅަދޫ އާ ދެމެދު ޑިންގީ ދަތުރެއްގެ އަގަކީ 400 ރުފިޔާ އެވެ. ފުޅަދޫއާއި ފެހެންދޫއާ ދެމެދު އޮންނަ ސަރަހައްދަކީވެސް ވަރަށް ހިތްގައިމު ސަރަހައްދެކެވެ. ރީތި މޫދެކެވެ. ޑިންގީގައި ދަތުރުކޮށްލާއިރު ކުރެވެނީ އުފާވެރި އިހުސާސެކެވެ. ފެރީއަށްވުރެ ޑިންގީ ދަތުރު ފައްކަލެވެ.

ފެހެންދޫ: ފޮޓޯ-ޙަފްޞީ

ޗުއްޓީއަކަށް ޒިޔާރަތްކޮށްލަން މިއީ ވަރަށް އެކަށޭނަ ސަރަހައްދެކެވެ. އަގުބޮޑު ގެސްޓްހައުސް ތަކާއި, އަގުހެޔޮ ކޮޓަރިވެސް ލިބެންހުރި ދަތުރުފަތުރު ފަސޭހަ ސަރަހައްދެކެވެ. އެހީއަކަށް ވީކަމަށް އުއްމީދު ކުރަމެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.

One thought on “އެއް ދަތުރަކުން ތިން ރަށަށް ދާން ފަސޭހަ މަގެއް!

  1. · މޭ 26, 2025 at 1:14 އމ

    އެހީއަކަށް ވީކަމަށް އުއްމީދު ކުރަމެވެ.
    ދަތުރު ކުރަން ޝައުގުވެރި މީހުންނަށް
    މިހެން ލިޔެލިނަމަ ފުރިހަމަވީސް

Comments are closed.

Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.