...

ދިއްގަރު ފިރިހެނުންގެ ޚާއްޞަ ރޯދަވީއްލުން

950

މިއީ މިރަށުގެ ޒަމާންވީ އާދައެކެވެ. ބައްދަލުވި ރަށުގެ އެންމެ ދުވަސްވީ މީހުންވެސް ބުނަނީ އެމީހުންގެ ދުރު ހަނދާނަކީވެސް މިއީ ކަމަށެވެ. މިއީ ކޮންމެ ރޯދަމަހެއްގެ, މކޮންމެ ހުކުރު ދުވަހެއް ފިރިހެނުންނަށް ޚާއްޞަ ފިރިހެނުންގެ ރޯދަ ވީއްލުމެވެ. ގެއިން ބޭރުގެ ހިތްފަސޭހަ ސަރަހައްދެއްގައި މިސަގާފަތް ދިރުވަމުން ގެންދަނީ ފިރިހެނުންގެ އަތްތަކުން ތައްޔާރުކޮށް, އެމީހުންގެ ރޯދަވީއްލުމެވެ. މައިގަނޑު ކެއުމަކީ ފަރުމަހެވެ. ފަރުމަހުގެ ތަފާތު ބާވަތްތަކެވެ.

ފަރުމަހާއެކު ރޮށްޓާއި ބަތެވެ. ފަންޏާއި, މޭވާގެ ބާވަތްތަކެވެ. މައިގަނޑަކީ މިއީއެވެ. މީގެ ޚާއްޞަކަމަކީ ހުރިހާ މަސައްކަތެއްވެސް ފިރިހެނުން އަމިއްލައަށް ކޮށް އެމީހުންގެ ރޯދަވީއްލުމަކަށް މިކަން ވުމެވެ. ގުޅުން ބަދަހިކޮށްދޭ ހަވީރަކަށް ވުމެވެ. އެކަމަކު މިރަށުގައި މިކަން ކުރަނީ ދެ ޖަމްއިއްޔާ (ދެއަވަށް) ވަކިންނެވެ. ދެބައި މީހުންވެސް އެމީހުންގެ ޚާއްޞަ ސަރަހައްދުގައި ހަމަ ކޮންމެ ހުކުރެެއްގައި މިކަން ކުރެއެވެ. އެންމެ ފަހު ހުކުރުގައި އަންހެނުންނާއެކު މުޅި ރަށް ބައިވެރިވާ ކަމަށް ރަށު މީހުން މައުލޫމާތު ދިނެވެ. ވީޑިއޯ ރިޕޯރޓް ފަހުން ގެނެސްދޭނަމެވެ. މިފަހަރު ބައެއް ތަސްވީރެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.