އދ.ފެންފުށި މޮނަލާޒު ބީޗް ކެފޭއަކީ ރާޅުފަށުގައި, ރާޅު ޖަހާ ހިތްގައިމު އަޑު އިވޭ ހިސާބުގައި ހަދާފައިވާ ހިތްގައިމު މާހައުލެކެވެ. އެމާހައުލުން, ކެފޭއިން އަހަރެންނަށް ލިބުނު އެންމެ މީރު ރަހައަކީ ދިވެހި ކެއުމެވެ. އޯޑަރަށް އެކެފޭގައި ދިވެހި ކެއުން ތައްޔާރުކޮށްދެނީ ދިވެހީންގެ އަތްތަކުންނެވެ. ތިރީގައިވާ ވީޑިއޯގައި އެމައުލޫމާތު ހިއްސާކޮށްދެނީ ކެއުން ތައްޔާރުކުރާ ‘ޝެފް’ އެވެ.
މިމެނޫގައި ހިމެނޭ ބާވަތްތަކުގެ ތެރޭގައި ފިހުނުމަސް, ރިހާކުރުދިޔަ, ރިހާކުރު, ގަރުދިޔަ, ތެލުލިފަތް, ފަރުމަހު ރިހައާއި ރޮށި ހިމެނެއެވެ. މާހައުލުގެ ހިތްގައިމު ކަމާއެކު ރަހަވެސް އެހާ މީރެވެ.
