...

ދިއްދޫ ގެލެރީ

694

މިއީ ރާއްޖޭގެ އާބާދީ މަދު ރަށްތަކުގެ ތެރެއިން ރަށެކެވެ. ރަށު ރަޖިސްޓްރީގައި އޮތް 234 މީހުންގެ ތެރެއިން ރަށުގައި ދިރިއުޅެނީ 100 އެއްހާ މީހުންނާއި މަދު އަދަދެއްގެ ބިދޭސީންނެވެ.

ރަށުން ފެންނަނީ ހަމަޖެހުމާއި, އުފާވެރިކަމެވެ. އިހުސާސްކުރެވެނީ އަމާންކަމާއި ރައްކާތެރި ކަމެވެ. ޗުއްޓީއަކަށް ދިއުމަށް ރަނގަޅު މާހައުލެކެވެ. ކުޑަކުދިން ޕާރކްގައި މިނިވަންކަމާއެކު އުޅޭއިރު, ޒުވާނުންނާއި މެދުއުރުމުގެ މީހުންވެސް ކުޅިވަރުގައި, ވޮލީބޯޅައިގައި ޝާމިލް ވެއެވެ.

ރަށުގެ ސާފްތާހިރު ކަމަށް އިސްކަންދޭ ރައްޔިތެކެވެ. މާލެއާ ދުރެއް ނޫނެވެ. 1 ގަޑި 45 މިނިޓްގެ ދަތުރުކަކުން ދެވޭނެއެވެ. މިއީ އަރިއަތޮޅު ދެކުނު ބުރިން ދިއްދޫ އެވެ.


މިރަށުން ފެންނަނީ ހަމަހިމޭންކަން: ފޮޓޯ-ޙަފްޞީ
ތުއްތު ކުދިން މިނިވަންކަމާއެކު: ފޮޓޯ-ޙަފްޞީ
ކުޑަކުދިންނަށް ރައްކާތެރިކަން ލިބޭނެކަމުގެ ޔަގީންކަން އޮވޭ: ފޮޓޯ-ޙަފްޞީ
މިހާރުވެސް ދަރު އުނދުން ބޭނުންކުރާކަމުގެ ނިޝާން: ފޮޓޯ-ޙަފްޞީ
ރަށް ސާފްކުރުމުގައި ރައްޔިތުން ބައިވެރިވޭ: ފޮޓޯ-ޙަފްޞީ
މަސައްކަތުގައި ދެޖިންސްގެ ހަމަހަމަކަން: ފޮޓޯ-ޙަފްޞީ
ދެ ޒުވާނުން މަސައްކަތެއްގައި ޝާމިލްވެ: ފޮޓޯ-ޙަފްޞީ
ދުރުން އެފެންނަނީ ބަނދަރު ހެދުމުގެ ކުރިން ރަށަށް މުދާ ބާލަން ރައްޔިތުން ހެދި ސަރަހައްދު: ފޮޓޯ-ޙަފްޞީ
ދިއްދޫގައި ޑިންގީ ދަތުރުކޮށްދޭ މީހަކު ދަތުރެއް ކުރަނީ: ފޮޓޯ-ޙަފްޞީ
ގުދުރަތީ ހިތްހަމަޖެހުން ލިއްބައިދޭނެ ސަރަހައްދުތައްވެސް އެބައޮތް: ފޮޓޯ-ޙަފްޞީ
ދިއްދޫ ތޮށިމަތީގައި މާކަނާއެއް: ފޮޓޯ-ޙަފްޞީ
މިފަދަ ހިތްގައިމު މާހައުލުތައް ރަށުގައި އެބަހުރި: ފޮޓޯ-ޙަފްޞީ
މިރަށުން ފެންނަނީ ހަމަހިމޭންކަން: ފޮޓޯ-ޙަފްޞީ
ދިއްދޫގައި ކުޑަކުދިންނަށް އޮތީ މިނިވަން މާހައުލެއް: ފޮޓޯ-ޙަފްޞީ
ބިދޭސީންނަށްވެސް އަމާން މާހައުލެއް: ފޮޓޯ-ޙަފްޞީ
ކިތަންމެ އިރެއްވިޔަސް އެހުރިތަނުގައި ކާށިތައް ހުންނާނެ: ފޮޓޯ-ޙަފްޞީ
ރަށުގެ ރައްޔިތުން ސާފްތާހިރުކަމަށް ލޯބިކުރޭ: ފޮޓޯ-ޙަފްޞީ
ރަށުގެ އަންހެނުން ނިކުމެ މަގުތައް ކަހަނީ: ފޮޓޯ-ޙަފްޞީ
ޒުވާނަކު ރާ އަރަނީ: ފޮޓޯ-ޙަފްޞީ

ދެ އަންހެނުން ރަށު ޕިކަޕްގައި ކުނިއުކަން ދަނީ: ފޮޓޯ-ޙަފްޞީ
ބައެއް ވަގުތުތަކުގައި އިހުސާސް ވަނީ ފަޅުކަން: ފޮޓޯ-ޙަފްޞީ
ކުޑަކުދިން އުފާވެރިކަމާއެކު: ފޮޓޯ-ޙަފްޞީ
ރަށުގެ ވަށައިގެން ބޮޑު ސަރަހައްދެއް އޮންނަނީ މިގޮތަށް: ފޮޓޯ-ޙަފްޞީ
މިއީ އަރިއަތޮޅު ދެކުނުބުރިން ދިއްދޫ: ފޮޓޯ-ޙަފްޞީ
@happehafsy

Hello from A. Dh Dhidhoo! One of the least populated islands in the Maldives for a perfect escape. The moment you step in here, an absolute sensation of soothingness sourrounds you. The serenity you get from here is nothing, but priceless. A must visit if you are looking to spend sometime in solitude. #Maldives #maldivestiktok🇲🇻 #southariatoll #Beautifulmaldives #Localtourism #islandlife🌴 #tiktoktraveller #Hafsee #hafseeabdulla #Dhihdhoo

♬ original sound – Hafsee.com – Hafsee.com
ދިއްދޫގެ ވީޑިއޯ ރިޕޯރޓް

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.