ފޮއްދޫ ފުޓްސަލް: ފައިނަލްގައި ކުޑަކަންމަތީގެ ދެޓީމް

598

ފޮއްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024 ގެ ފައިނަލްގެ ދެވަނަ ޖާގަ ކުޑަކަންމަތި ޔުނައިޓެޑުން ހޯދައިފިއެވެ.

ކުޑަކަންމަތީގެ މާއިޝް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-ފޯކަސް ފެކްޓްރީ މޯލްޑިވްސް

ކުޑަކަންމަތި ޔުނައިޓެޑް ފައިނަލްގެ ދެވަނަ ޖާގަ ހޯދީ ފޮއްދޫ ފުޓްސަލް ދަނޑުގައި ކުޅުނު ސެމީފައިނަލް މެޗުގައި ވެލިދޫ ސްޕޯރޓްސް ކްލަބް ބަލިކޮށްގެންނެވެ. ވާދަވެރި ސެމީފައިނަލް މެޗު ކުޑަކަންމަތި ޔުނައިޓެޑުން ކާމިޔާބުކުރީ 5-4 ނެވެ. މެޗުގައި ކުޑަކަންމަތި ޔުނައިޓެޑްގެ އަލީ މާއިޝް އާއި މުޙައްމަދު މައުމޫން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ. އެޓީމްގެ އަނެއް ލަނޑު ޖެހީ މުހައްމަދު ޝިފާން އެވެ.

ވެލިދޫ ޓީމްގެ ފުރަތަމަ ދެ ލަނޑު ޖެހީ އަބްދުالله އިބްރާހީމްއެވެ. ވެލިދޫ ޓީމްގެ އަނެއް ދެ ލަނޑު ޖެހީ އަލީ އާލިމް އާއި ހަސަން އިބްރާހީމް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކުޑަކަންމަތި ޔުނައިޓެޑްގެ މާއިޝް އެވެ.

ފޮއްދޫއާއި ވެލިދޫގެ ގިނަ އަދަދެއްގެ ސަޕޯރޓަރުން މެޗު ބެލި: ފޮޓޯ-ފޯކަސް ފެކްޓްރީ މޯލްޑިވްސް

މިރޭ ފައިނަލްގައި ކުޑަކަންމަތި ޔުނައިޓެޑް ވާދަކުރާނީ ކުޑަކަންމަތި ސްޕޯރޓްސް އާއެވެ. ކުޑަކަންމަތި ސްޕޯރޓްސް ފައިނަލަށް ދަތުރުކުރީ ލީގު ބުރުގައި ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް އެއްވަނަ ޓީމްގެ ގޮތުގައެވެ. ކުޑަކަންމަތި ޔުނައިޓެޑް ބަލިވީ ހަމައެކަނި ކުޑަކަންމަތި ސްޕޯރޓްސް އަތުންނެވެ.

ނޯޓް: ވީޑިއޯ ރިޕޯރޓްގައި ވަނީ ބައިނަރީ ލައިވްގެ ވީޑިއޯ އެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.