ފޮއްދޫ ފުޓްސަލް: ކުޑަކަންމަތި ސްޕޯރޓްސް އަށްވެސް ސެމީ ޔަގީން

385

ފޮއްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024 ގެ ސެމީފައިނަލްގެ ޖާގައެއް ލިބޭނެކަން ކުޑަކަންމަތި ސްޕޯރޓްސް ކްލަބުން ޔަގީން ކޮށްފިއެވެ. އެޓީމުން ސެމީފައިނަލްގެ ޖާގައެއް ޔަގީން ކުރީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްގެންނެވެ.

ކުޑަކަންމަތި ސްޕޯރޓްސްއާއި ސާއްބަ އެފްސީ ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-ފޯކަސް ފެކްޓްރީ މޯލްޑިވްސް

ތިންވަނަ މެޗު ކާމިޔާބުކުރީ 4-2 ން ސާއްބަ އެފްސީ ބަލިކޮށްގެންނެވެ. މެޗުގައި މުހައްމަދު މަމްދޫހު ދެ ލަނޑު ޖެހިއެވެ. އަނެއް ދެ ލަނޑު ޖެހީ އަލީ މުޙައްމަދާއި, އަހުމަދު ހަމީމް އެވެ. ސާއްބަ އެފްސީގެ ދެ ލަނޑު ޖެހީ އަލީ ޒުބައިރު އާއި މުޙައްމަދު އާއިދު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކުޑަކަންމަތި ސްޕޯރޓްގެ މަމްދޫހު އެވެ.

ފައިނަލްގެ ސީދާ ޖާގައެއް ހޯދަން ކުޑަކަންމަތި ސްޕޯރޓްސް ކްލަބް ވާދަކުރަން ޖެހޭނީ ކުޑަކަންމަތި ޔުނައިޓެޑާއެވެ. ސާއްބަ އެފްސީ ވަނީ މިހާތަނަށް ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ.

ވެލިދޫ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ: ފޮޓޯ-ފޯކަސް ފެކްޓްރީ މޯލްޑިވްސް

ވެލިދޫ ސްޕޯރޓްސް ކްލަބް ވަނީ ފޮއްދޫ ޞިއްހީ މަރުކަޒު ބަލިކޮށް އުއްމީދު ހޯދާފައެވެ. މެޗު ވެލިދޫން ކާމިޔާބުކުރީ 7-1 ނެވެ. މެޗުގައި އަލީ އާލިމް އާއި އަބްދުالله އިބްރާހީމް ދެ ލަނޑު ޖެހިއެވެ. ވެލިދޫ ޓީމަށް ދެން ލަނޑުތައް ޖަހައިދިނީ އަޔާލް އަބްދުالله އާއި އަބްދުالله ޒިހާމް އެވެ. އެއް ގޯލަކީ ސިއްހީ މަރުކަޒު ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ޞިއްހީ މަރުކަޒު ޓީމްގެ ހަމައެކަނި ލަނޑު ޖެހީ އަސަދު އަބްދުލް ވައްހާބެވެ. ސިއްހީ މަރުކަޒު ޓީމް ތިން މެޗުންވެސް ބަލިވެފައި ވާތީ ކުރިއަށްދާން ދެން ފުރުޞަތެއް ނެތެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެލިދޫ ޓީމްގެ އަލީ އާލިމް އެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.