ފޮއްދޫ ފުޓްސަލް: ކުޑަކަންމަތި ޔުނައިޓެޑަށް ސެމީ ޔަގީން

471

ފޮއްދޫ ކައުސިލް ފުޓްސަލް ޗެލެންޖް 2024 ގެ ސެމީފައިނަލް ކުޑަކަންމަތި ޔުނައިޓެޑުން ޔަގީން ކޮށްފިއެވެ.

އެންމެ ކުޑަމިނުން ސެމީފައިނަލްގައި ކުޅޭނެކަން ކުޑަކަންމަތި ޔުނައިޓެޑުން ޔަގީން ކުރީ ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށްގެންނެވެ. ތިންވަނަ މެޗު ކާމިޔާބުކުރީ އެންމެ ފަހުގެ ޗެމްޕިއަން ސާއްބަ އެފްސީއާ ވާދަކޮށް 5-3 ނެވެ.

ކުޑަކަންމަތި ޔުނައިޓެޑާއި ސާއްބަ އެފްސީ ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-ފޯކަސް ފެކްޓްރީ މޯލްޑިވްސް

މެޗުގައި ކުޑަކަންމަތި ޔުނައިޓެޑްގެ ފަސް ލަނޑު ޖެހީ ފަސް ކުޅުންތެރިންނެވެ. އެއީ ހުސައިން މިބުޝާމް, އަހުމަދު މާއިޝް, މުޙައްމަދު މައުމޫން އަދި މުޙައްމަދު ޝިފާންއެވެ. ސާއްބަ އެފްސީގެ ތިން ލަނޑު ޖެހީ އަލީ ޒުބައިރު އާއި އަބްދުالله ނާހިޒު އާއި މުޙައްމަދު އާއިދު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކުޑަކަންމަތި ޔުނައިޓެޑްގެ ކީޕަރު މުހައްމަދު ޖައިލަމް އެވެ. ކުޑަކަންމަތި ޔުނައިޓެޑަށް ލީގު ބުރުގައި ބާކީ އޮތީ އެއް މެޗެވެ. އެމެޗުން މޮޅުވެގެން ފައިނަލްގެ ސީދާ ޖާގަ ހޯދުމުގެ ފުރުޞަތު އެޓީމަށް އެބައޮތެވެ. އެމެޗުން ބަލިވިޔަސް ސެމީގައި ކުޅެ ފައިނަލަށް ދިއުމުގެ ފުރުޞަތު އޮންނާނެއެވެ.

ކުޑަކަންމަތި ސްޕޯރޓްސް ކްލަބާ ސިއްހީ މަރުކަޒު ވާދަކުރި މެޗުގެ ތެރެއިން: ފޮޓޯ-ފޯކަސް ފެކްޓްރީ މޯލްޑިވްސް

ކުޑަކަންމަތި ސްޕޯރޓްސް ކްލަބް ވަނީ ދެވަނަ މެޗު ކާމިޔާބުކޮށްފައެވެ. އެއީ ފޮއްދޫ ޞިއްހީމަރުކަޒުގެ ޓީމާ ވާދަކޮށް 7-1 ނެވެ. މެޗުގައި މުޙައްމަދު މަމްދޫހު އާއި އަލީ މުޙައްމަދު ތިން ލަނޑު ޖެހިއެވެ. ކުޑަކަންމަތި ސްޕޯރޓްސް ކްލަބްގެ އަނެއް ލަނޑު ޖެހީ ހުސައިން ޝިހާމް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އަލީ މުޙައްމަދެވެ.

މުބާރާތުގެ ދެ މެޗު ހޮނިހިރު ދުވަހުގެރޭ ވެސް ކުޅޭނެއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.