ދޮންފަނު ހިމެނޭ ބ.ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލު:
ކުރީ ސަރުކާރުން ބ.ދޮންފަނުގައި ފަށާފައިވާ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓި އަދި އެމަސައްކަތުގެ އާރުއޯ ޕްލާންޓް އަދި އެޑްމިން ބިލްޑިންގ އަދި ޕަމްޕް ސްޓޭޝަންތަކުގެ މަސައްކަތް ނުފެށި ހުއްޓިފައިވަނީ ކީއްވެގެންތޯ. އަދި މަސައްކަތް ފެށި ރައްޔިތުންނަށް ޚިދުމަތް ދެވޭނީ ކޮން ދުވަހަކުންތޯ.

އިމާރާތްކުރުމާއި ބިނާރާ ބެވޭ ވަޒީރު ޑރ.އަބްދުالله މުއްތަލިބު ދެއްވި ޖަވާބު: މިމަޝްރޫއުގައި ސޮއިކުރެވުފައި ވަނީ 29 ޑިސެމްބަރު 2021 ގައި. މަސައްކަތް ހަވާލުކުރެވިފައިވަނީ ފެނަކައާ. 540 ދުވަސް ތެރޭގައި ނިންމުމަށް. މަސައްކަތުގެ އަގަކީ 42 މިލިއަން ރުފިޔާ. ޕްރޮޖެކްޓް ނިންމަން ކަނޑައަޅާފައިވާ ތާރީޚަކީ 22 ޖޫން 2023.
ދޮންފަނުގެ ފެނާއި ނަރުދަމާ ޤާއިމްކުރުމުގެ މަޝްރޫއު އޭރުގެ މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ އާ ފެނަކާ ސޮއިކުރެވިގެން ކުރިއަށްދިޔަ މަޝްރޫއެއް. އެހެންނަމަވެސް 2023 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން މަޝްރޫއުގެ މަސައްކަތްތައް ލަސްވެ, ކުރިއަށް ނުގޮސް ގިނަދުވަސްތަކެއް ވަމުންދާތީއާ މަޝްރޫއުގެ މަސައްކަތް ނިމޭނެ ކަމުގެ އެއްވެސް ޔަގިންކަމެއް ނެތުމުން މާލިއްޔަތު ގަވާއިދުގެ 10.49 މާއްދާގެ ދަށުން 13 ޖޫން 2024 ގައި ވަނީ މިއެއްބަސްވުން ބާތިލްކުރެވިފަ. އެއާއެކު މިމަޝްރޫއު ނިންމުމުގެ މަސައްކަތް މާލެ ވޯޓަރ ސްވަރޭޖިންގ ކޮމްޕެނީ (އެމްޑަބުލިޔުއެސްއީ) ޑައިރެކްޓް އެވޯޑް ކޮށްގެން ކުރިއަށް ގެންދިއުމަށް ޓެންޑަރ ބޯޑަށް މިހާރު ވަނީ ފޮނުވިފައި. ނުނިމުހުރި މަސައްކަތްތައް ނިންމުމަށް އެމްޑަބްލިޔުއެސްސީން ހުށަހަޅާފައިވަނީ 720 ދުވަސް.

މިނިސްޓްރީގެ އަމާޒަކީ މިދެންނެވި މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުން. މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކަށް ބަލާއިރު އާރުއޯ ބިލްޑިންގެ %49 މަސައްކަތް, ސްވަ ނެޓްވޯކްގެ %66 މަސައްކަތް, އަދި ވޯޓަރ ޑިސްޓްރިއުމުޝަން ނެޓްވޯކްގެ %54 ވަނީ ނިމިފައި. ބާކީހުރި އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދޭ, އެހެންވީމަ ފެނަކައަކީ ކޮންޓްރެކްޓް ޕްރޮޖެކްޓް ހިންގާނެ ފަރާތަކަށް ނުވާތީއާއި ޚިދުމަތް ފޯރުކޮށްދޭ ސާވިސް ޕްރޮވައިޑާއަކަށް ވާތީ އެގޮތަށް ފެނަކައާ ހަވާލުކޮށްފައިހުރި ހުރިހާ މަޝްރޫއުތަކެއްގެ އެއްބަސްވުން ބާތިލްކޮށް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން.
