އުކުޅަސް ހޯޕް އިން 15 އަހަރުން ދަށުގެ ކުދިންނަށް ފުޓަްސަލް މުބާރާތެއް!

780

އއ.އުކުޅަސް ހޯޕް ޖަމްއިއްޔާއިން އެެރަށުގެ 15 އަހަރުން ދަށުގެ ކުދިންނަށް ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ޓައިރެންޓްސް ހޯދައިފި އެވެ. ޓައިރެންޓްސް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އެފްޓީ އުކުޅަސް ސޭންޑްސްއާ ވާދަކޮށް 4-2 ން ކުރި ހޯދައިގެންނެވެ. ރަށަށް ޢާއްމުކޮށް ހުޅުވާލުމުން މުބާރާތުގައި 6 ޓީމުން ބައިވެރިއެވެ. 6 ޓީމްގައި 40 ހަކަށް ކުދިން ވާދަކުރިއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމް ޓައިރެންޓްސް: ފޮޓޯ-ގައިސް

މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ޓައިރެންޓްސްގެ އަލާއު ބިން އާދަމް ނަސީރު ބިން އިބްރާހީމް އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ތަށި ހޯދައިދިން ކޯޗު ޢަބްދުލް ޢަޒީޒު ހުސައިން އެވެ. އެންމެ މޮޅު ކީޕަރަކީ އެފްޓީ އުކުޅަސް ސޭންޑްސްގެ މުޙައްމަދު އަމަން މައުރޫފް އެވެ. މުބާރާތުގެ ރަންބޫޓް ދެ ކުޅުންތެރިއަކު ހިއްސާކުރިއެވެ. އެއީ ޓައިރެންސްގެ އަލާއު ބިން އާދަމް ނަސީރު ބިން އިބްރާހީމް އާއި މުހައްމަދު މީޝަމް މިރުޝާދު އެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަކީ އުކުޅަސް ސޭންޑްސްގެ ޒީކް ބިން ޝާޒްލީން, ލައިޝް ބުން ހަމީދު, ޓައިރެންޓްސްގެ އަލާއު ބިން އާދަމް ނަސީރު ބިން އިބްރާހީމް, އަބްދުލް ބާސިތު ބިން ނިހާދު, އަދި މުޙައްމަދު މީޝަމް މިރުޝާދު އެވެ. ފެއަރޕްލޭ ޓީމަކީ ފައިނަލްގައި ބަލިވި އެފްޓީ އުކުޅަސް ސޭންޑްސް އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ އުކުޅަސް ސޭންޑްސްގެ ލައިޝް ބިން ޙަމީދު އެވެ.

މިމުބާރާތް ކުރިއަށް ގެންދިޔައީ ދީނީ ކަންކަމަށް ކުދިންގެ ޝައުގުވެރިކަން އިތުރުވާނެ ކަންތައްތަކެއް ހިމަނައިގެންނެވެ. އެގޮތުން މުބާރާތުގައި ކުޅުންތެރިންނަށް ކުޅެވެނީ ޓައިޓް ލައިގެންނެވެ. އަދި ރެފްރީންވެސް އަމަލުކުރަން ޖެހެނީ އެއުސޫލުންނެވެ.

މުބާރާތުގެ ވީޑިއޯ ރިޕޯރޓް މަތީގައި އެވަނީއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.