ފައިނަލްގައި މާލެގަން ސްޕޯރޓްސް ކްލަބާއި ހޯދަޑު ސްޕޯރޓްސް ކްލަބް

535

ފުވައްމުލަކު ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގެ ފައިނަލުން މާލެގަން ސްޕޯރޓްސް ކްލަބާއި ހޯދަޑު ސްޕޯރޓްސް ކްލަބް ޖާގަ ހޯދައިފި އެވެ.

ސިޓީ ކައުންސިލުން ކުރިއަށް ގެންދާ މުބާރާތުގެ ފައިނަލުން ހޯދަޑު ސްޕޯރޓްސް ކްލަބް ޖާގަ ހޯދީ ސެމީފައިނަލްގައި 3-2 ން ދަޑިމަގު ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް ބަލިކޮށްގެންނެވެ. ސެމީފައިނަލްގައި ހޯދަޑު ސްޕޯރޓްސް ކްލަބްގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އިބްރާހީމް މަހުދީ ހުސެއިން (ފޭދޫއިއްބެ) އެވެ. އަނެއް ލަނޑު ޖެހީ މުހައްމަދު އިމްރާން އެވެ. ދަޑިމަގު ޓީމްގެ ދެ ލަނޑު ޖެހީ އަބްދުالله ޝާފިއު އާއި އިބްރާހީމް އަރީޝް އެވެ.

މާލެގަން ސްޕޯރޓްސް ކްލަބް ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި 5-0 ން ސައުތް ސައިޑް ސްޕޯރޓްސް ކްލަބް ބަލިކޮށްގެންނެވެ. މެޗުގައި ފުތްސަލް ތަރި އަޔާޒު އަހުމަދު (އަޔާ) ދެ ލަނޑު ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. މީގެއިތުރުން އަލީ ޝަމާލް އަބްދުالله ވެސް ދެ ލަނޑު ޖެހިއެވެ. އަނެއް ލަނޑު ޖެހީ އިސްމާއީލް އަލީފް އަހުމަދެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.