ށ.ގޮއިދޫ ފުށްޓަރު އަށި, މިއީ ރަށަށް ހެޔޮއެދޭ ގްރޫޕަކުން އިސްނަގައިގެން, ހެޔޮއެދޭ ފަރާތްތަކުގެ ދީލަތި އެހީއާއެކީގައި ތަރައްޤީކޮށްފައިވާ ތަނެކެވެ. މިތަން ތަރައްޤީކޮށްފައި ވަނީ ގޮއިދޫގެ ކަނޑޫފާ ހިމެނޭ ޗަކަ ބިމުގެ ތެރޭގައެވެ. ތިމާވެއްޓަށް ގެއްލުން ނުވާނެހެން, ގުދުރަތީ ރީތިކަން ތަޖުރިބާކުރެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ތަނުގެ ކޮޅުގައި ސިޑިން މައްޗަށް އަރާއިރު އައްޓެއް ތައްޔާރުކޮށްފައި ވެއެވެ. އެތަނަށް ފެންނަ އެންމެ ހިތްގައިމު މަންޒަރަކީ ގޮއިދޫ ފުއްޓަރެވެ.
















