އެއް ކޫޕަނުން, ދެ މީހަކަށް އުމުރާ ދަތުރެއް!

957

ސްމާރޓް ފޯނާ ނުލާ ނޫޅޭވޭ, ނުވަތަ އުޅެން އުނދަގޫ މި ޓެކްނޮލޮޖީގެ ޒަމާނުގައި އެފަދަ ހުރިހާ ވަޞީލަތެއް އެއްތާކުން ޔަގީންކަމާއެކު ހޯދޭނެ ގޮތްވުން މުހިއްމެވެ. ހަމަ ޔަގީނުންވެސް އެފުރުޞަތު ‘ބެސްޓް ބައި މޮބައިލް’ އިން ލިބެއެވެ.

މޮބައިލް ފޯނުގެ ގާތްގަނޑަކަށް ހުރިހާ މޮޑެލް އެއް, ހުރިހާ ބްރެންޑެއް ލިބެއެވެ. ދުނިޔޭގެ ބާޒާރަށް ނިކުތުމާއެކު އަވަހަށް ލިބެއެވެ. އައިފޯނާއި, ސެމްސަންގ އެވެ. ވަން ޕްލަސްއާއި, ވީވޯ އެވެ. އެނޫންވެސް ފަހުގެ ހުރިހާ ބްރޭންޑް ތަކެއްގެ މޮބައިލް ފޯނާއި, ފޯނާއި ގުޅުންހުރި ‘އޮރިޖިނަލް’ ހުރިހާ ވަސީލްތްތަކެއްވެސް ލިބެއެވެ.

ބެސްޓް ބައި މޮބައިލްގެ އުމުރާ ދަތުރު ދެ މީހަކަށް ލިބޭނެ

ޕަވަރބޭންކް, ޗާޖަރ, ކަވަރު, ހެޑްސެޓް, އިއަރޕޮޑް އިން ފަށައިގެން ފޯނާއި ގުޅުންހުރި އެންމެ ކުދިކުދި ސާމާނު ވެސް ‘ބެސްޓް ބައި މޮބައިލް’ އިން ލިބެން އެބަހުއްޓެވެ. މީގެއިތުރުން ގޭމިންގެ ހުރިހާ ވަސީލަތެއްވެސް ޔަގީންކަމާއެކު ބެސްޓް ބައި މޮބައިލްގެ ފިހާރަތަކުން ލިބެއެވެ. އެންމެ ފަހުގެ ޕްލޭ ސްޓޭޝަން އާއި ފަހުގެ ގޭމްތަކެވެ. ކުޑަކުދިންނަށް ޚާއްޞަ ކެމެރާއާއި, ސްމާރޓް ވޮޗްގެ ގިނަ ވައްތަރު ތަކެވެ.

ކެފޭ ރެސްޓޯރަންޓް ތަކާއި, ދިރިއުޅޭ ގެއަށް ބޭނުންވާ އެކި ލެވެލްގެ ކަރޯކޭ ސިސްޓަމްތައްވެސް ‘ބެސްޓް ބައި މޮބައިލް’ އިން ލިބެން އެބަހުއްޓެވެ.

ބެސްޓްބައި މޮބައިލް މަޖީދީ މަގު ފިހާރަ

މީގެއިތުރުން މޮބައިލް ފޯނު މަރާމާތު ކުރުމުގެ ޚިދުމަތްވެސް ފޯރުކޮށްދެއެވެ. ދެން އޮތީ މިވަގުތަށް އެންމެ މުހިއްމު ވާހަކައެވެ. ޢާއްމު ދިރިއުޅުމުގައި ހަމަ ކޮންމެ މީހަކުމެ ގެންގުޅޭ ފޯނާއި, ގޭމިންގ އަދި ގުޅުންހުރި އެއްޗެއް ބައްލަވައިގަނެގެން ދެމީހެއްގެ އުމުރާ ދަތުރު ހޯދުމުގެ ފުރުޞަތެވެ.

‘ބެސްޓް ބައި މޮބައިލް’ ގެ ފިހާރަތަކުން ކުރައްވާ ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް އޮތީ ކޫޕަނެކެވެ. އެއީ އެއް ކޫޕަނުން ދެމީހަކަށް އުމުރާއަށް ދިއުމުގެ ފުރުޞަތު ލިބޭ އަގުބޮޑު ކޫޕަނެކެވެ. 10,000 ރުފިޔާއަށް ދޭ އެންމެ ފޯނެއް ގަތަސް 10 ކޫޕަން ލިބޭނެއެވެ. ނަސީބުވެރި ފަރާތަށް އިތުރު މީހަކު ގޮވައިގެން އުމުރާއަށް ދިއުމުގެ ފުރުޞަތު ލިބޭނެއެވެ.

ބެސްޓް ބައި މޮބައިލް މާވެޔޮމަގު ފިހާރަ

މިފުރުޞަތު އޮތީ މިފެބްރުއަރީ މަހުގެ 15 ން މިއަހަރުގެ އޭޕްރީލް މަހުގެ 15 އަށް ބެސްޓް ބައި މޮބައިލްގެ ފިހާރަތަކުން ވިޔަފާރި ކުރައްވައިގެންނެވެ. އުމްރާއަށް ދިއުމުގައި އޮތީ ޔަގީންކަމާއި އިތުބާރެވެ. އެއީ ގިބްލަ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި ދިއުމުގެ ފުރުޞަތު ލިބޭތީ އެވެ.

މާލޭގެ ތިން ސަރަހައްދެއްގައި ބެސްޓް ބައި މޮބައިލްގެ 3 ފިހާރަ ހުންނާނެއެވެ. އެއީ މާވެޔޮ މަގާއި, މަޖީދީ މަގު މާފަންނު ކޮޅު ކުރީގެ ސްޓާ ސިނަމާ ކުރިމައްޗަށް ވާގޮތަށާއި, މަޖީދީމަގުގެ ސެންޓްރަލް ސަރަހައްދުގައެވެ. 1000 ރުފިޔާގެ ވިޔަފާރިއަކުން ދެ މީހަކަށް އުމްރާ ދަތުރުގެ ނަސީބު ލިބޭ ފަރާތަކީ ތިޔައީ ކަމުގައިވެސް ވެދާނެއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.

One thought on “އެއް ކޫޕަނުން, ދެ މީހަކަށް އުމުރާ ދަތުރެއް!

  1. މިހާރުދެން ހަފްސީއެކޭ ކާއްޓޭއެކޭ ނެތް މާބޮޑު ތަފާތެއް ދެން މަދުވަނީ މަޓޭއެއް
    އޭރުންދެން ހަމަވީ ހުރިހާކަމެއް

Comments are closed.