“އަޅުގަނޑު ސްކޫލާ ހަވާލުވިއިރު ނަތީޖާ އެހާ ރަނގަޅެއްނޫން, އެކަމުގައި ތަފާތު ސަބަބުތައް ހުރި, އަޅުގަނޑުމެން އަތުގައި ވަސީލަތް މަދުވުމުން އަޅުގަނޑުމެން ހޯދާ ނަތީޖާއަށް ވަރަށް ބޮޑު އަސަރެއްކުރި.”އަޅުގަނޑު ސްކޫލާ ހަވާލުވިއިރު ނަތީޖާ އެހާ ރަނގަޅެއްނޫން, އެކަމުގައި ތަފާތު ސަބަބުތައް ހުރި, އަޅުގަނޑުމެން އަތުގައި ވަސީލަތް މަދުވުމުން އަޅުގަނޑުމެން ހޯދާ ނަތީޖާއަށް ވަރަށް ބޮޑު އަސަރެއްކުރި.”

ލ.ހިތަދޫ ސްކޫލާ ހަވާލުވިއިރު ޕްރިންސިޕަލް އަބުދުލް މުއީޒު އަހުމަދު އަށް އޮތް ގޮންޖެހުމަކީ ސްކޫލްގައި ވަސީލަތްތައް ނެތުމެވެ. ދަރިވަރުންގެ ނަތީޖާތައް ރަނގަޅު ކުރުމަށް ކޮންމެހެން ހޯދަންޖެހޭ ވަސީލަތްތަކެއް ހުއްޓެވެ. ސްކޫލްތައް މިންކުރަނީ އޯލެވެލްގައި ހޯދާ ނަތީޖާއިން ކަމަށްވާތީ, ހިތަދޫ ސްކޫލް ނިންމާ ދަރިވަރުންގެ އޯލެވެލް ނަތީޖާ ރަނގަޅު ކުރުން ނޫން ގޮތެއް ނެތެވެ. ގޮންޖެހުންތަކާއެކުވެސް އޯލެވެލްގެ ނަތީޖާ ރަނގަޅު ކުރަން މަޖުބޫރެވެ. އެކަން ކުރަން އެންމެ ފުރަތަމަވެސް ގަބޫލުކުރީ ވަސީލަތްތައް ނެތުމަކީ ދަރިވަރުންގެ ނަތީޖާއަށް އަސަރުކުރާ ކަމެއްގެ ގޮތުގައެވެ. ސައިންސްގެ މާއްދާތަކުން ނަތީޖާ ރަނގަޅުކުރާނަމަ ސައިންސް ލެބެއް ހުންނަން ޖެހޭ ކަމަށެވެ. ސައިންސް ލެބެއް ނެތުންވީ ދަރިވަރުންގެ ނަތީޖާއާ ގުޅިފައިވާ ބޮޑު މައްސަލައެއްކަމަށ ގަބޫލުކޮށް, އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ފެށީ ސްކޫލުން ބޭރަށް ނިކުމެ, ކައުންސިލާ ހަމައިންނެވެ.
ކައުންސިލާ މަޝްވަރާކުރީ އެކަމުގައި ކައުންސިލަށް ކޮށްދެވޭނީ ކޮންކަމެއްތޯ. ކައުންސިލުން ވިދާޅުވީ ތަކެތި ދީފާނެކަމަށް, ސްކޫލްގެ މުވައްޒަފުން މަސައްކަތް ކުރާށޭ. ކައުންސިލުން ޚަރަދުކުރި ގާތްގަނޑަކަށް 70,000 ރުފިޔާ ތަކެއްޗަށް. ސްކޫލްގެ ހުރިހާ މުވައްޒަފުންނަކީވެސް ތަރައްޤީއަށް މިކުރެވޭ މަސައްކަތުގައި ވަރަށްބޮޑަށް އެއްބާރުލުން ދެއްވާ ބައެއް.
އަބުދުލް މުއީޒު އަހުމަދު /ލ.ހިތަދޫ ސްކޫލް ޕްރިންސިޕަލް
ކައުންސިލުން ތަކެތި ދިނުމުން ސްކޫލްގެ ހުރިހާ ފަންތިއެއްގެ މުވައްޒަފުން ނިކުމެ ދޮޅުމަހެއްހާ ދުބަސްތެރޭގައި ސްކޫލްގައި ފުރިހަމަ ލެބެއް ހަދާ ނިންމާލިއެވެ. މިހާރު ލ.ހިތަދޫ ސްކޫލްގެ ސައިންސް ލެބްގައި ބަޔޮލޮޖީ ކެމިސްޓްރީގައި ނުހެދޭ އެކްސްޕިރިމަންޓެއް ނުހުންނާނެ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ. ހުރިހާ ކެމިކަލްތަކާއި, ހުރިހާ އިކްއިޕްމަންޓެއް މިހާރު އެލެބްގައި އެބަހުއްޓެވެ. ނަތީޖާއަކީ ދަރިވަރުންގެ ކިޔެވުމަށް ހެޔޮ އަސަރެއް ކުރުމެވެ. ޖެހިގެން އައި އަހަރު ސްކޫލްގެ ދަރިވަރަކު އޯލެވެލް ގަދަ ދިހައެއްގައި ހިމެނުމެވެ. އެއީ ސްކޫލްގެ ދަށް ނަތީޖާތަކަށް އައި ނިމުމެކެވެ. ޕްރިންސިޕަލް މުއީޒް ގަބޫލުކުރައްވަނީ ސްކޫލްގައި ގާއިމް ކުރެވުނު ލެބާއެކު ކުރިއަށް އޮތް ތަނުގައި ނަތީޖާ ބޮޑުތަނުން ރަނގަޅުވެގެން ދާނެ ކަމަށެވެ.

މިއީ ކައުންސިލާ ސްކޫލާ ދެމެދު ކުރެވުނު މަޝްވަރާގެ ނަތީޖާއެވެ. ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއެވެ. މިވަރުން ނިންމާލީއެއްވެސް ނޫނެވެ. ކައުންސިލުން ވަނީ ހިތަދޫ ސްކޫލްގައި މިސްކިތެއްވެސް އިމާރާތް ކޮށްދީފައެވެ. ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުންނަށް ފަސޭހަކަމާއެކު ނަމާދުކުރެވޭނެ އިންތިޒާމް ސްކޫލްގައި ވަނީ ހަމަޖައްސާފައެވެ. މިއީ ހަމަ ކޮންމެ ރަށެއްގައިވެސް ކައުންސިލް ތަކާއި ސްކޫލް ގުޅިގެން ކުރެވޭނެ ކަންކަމެވެ.

ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރަށް އެ ކާމިޔާބީ ލިބުނީ އެ ދަރިވަރު ރެއާ ދުވާލު އަރާމެއް ނިދުމެއް ނެތި އަމިއްލައަށް ކުރި މިއްނެތް މަސައްކަތުން. އެ ދަރިވަރުގެ މަސައްކަތް ވޮޝް ބޭސިން ކޮޅަކަށް ތި ކުޑަކޮއްލި ކޮއްލުން އަޅުގަނޑުމެން ޓީޗަރުންގެ ހިތަކަށް ފަސޭހައެއް ނޫން. ކައުންސިލުން ދިން ތަކެތީގެ ބޭނުން އެ ދަރިވަރު ކޮށްފައެއް ނުވާނެ. އެ ދަރިވަރަށް ސުކޫލުން ލިބުނު ސަޕޯޓެއް ލިބުނީ ޓީޗަރުން ދަރިވަރަށް ދިން ނޯޓު ތަކާއި ފީވެ ހަލާކުވެފައި ހުރި ބޯޑަކުން. ލިޔާ އެއްޗެއް ލިޔާއިރު ހަގީގަތް އޮޅުވާނުލުން އެދެން.