ލޯންޗެއްގައި މާބއިދޫއަށް ދާނަމަހަތަރު ގަޑި ތިރީސް މިނިޓް ހޭދަވާނެއެވެ. މިރަށަށް ދިއުމަކީ ޚަރަދު ބޮޑު ކަމެކެވެ. އެކަމަކު ރަށަށް ދިއުމުން ގުދުރަތީ ހިތްގައިމުކަން އިހުސާސް ކުރެވޭނެެވެ. މިރަށުގެ އެންމެ ޚާއްޞަ ތަނަކީ މާބައިދޫ ކޯރެވެ. ގުދުރަތީ ރީތިކަމަށް ލޯބިކުރާ ފަރާތްތަކަށް މިއީ ޝައުގުވެރި ތަނެކެވެ. މިރަށުގެ އާބާދީގައި 1300 އެއްހާ މީހުން ތިއްބަސް ރަށުގައި ދިރިއުޅެނީ އޭގެތެރެއިން 500 އެއްހާ މީހުންނެވެ. މިއީ މިރަށުގައި ހޭދަކޮށްލަން ލިބުނު މަދުވަގުތުކޮޅުގެ ތެރޭގައި ނެގުނު މަދު ތަސްވީރެކެވެ.
















