މ.އަތޮޅު ރަތްމަންދޫއަށް ވަންނަން ދާއިރު ދުރުން މަލަމަތި ހިތްގައިމެވެ. އެކަމަކު ރަށަށް ކައިރިކުރާއިރު ފެންނަނީ ކިރަމުންދާ ހޭޅިފަށެވެ. ދުރުން ފެންނަ ހިތްގައިމުކަން ރަށާ ކައިރި ކުރުމުން ނުފެނުނަސް ރަށަށް ފޭބުމުން އިހުސާސްކުރެވެނީ ހަމަހިމޭން ކަމާއި އަމާންކަމެވެ. މިރަށުގެ ރަޖިސްޓްރީގައި ތިބީ 230 އެއްހާ މީހުންނެވެ. އޭގެތެރެއިން ރަށުގައި ދިރިއުޅެނީ 150 އެއްހާ މީހުންނެވެ. ރަށުން ފެންނަ ބިދޭސީއެއް ނަމަ އެއީ ކުރިއަށްދާ މަޝްރޫއެއްގެ މަސައްކަތުގައި އުޅޭ މީހެކެވެ.















