...

ގޯލްޑަން ފުޓްސަލް: ގދ.ގެ ތަށި ދިފާއުކުރީ ވާދޫ

160

ހިއުންޑާއީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ގދ.އަތޮޅުގެ ތަށި ވާދޫން ދިފާއުކޮށްފިއެވެ. ވާދޫން ތަށި ދިފާއުކުރީ ފައިނަލްގައި ފަހަތުން އަރާ 6-4 ން ހޯޑެއްދޫ ބަލިކޮށްގެންނެވެ. މިއީ ވާދޫ ވިދިވިދިގެން ގދ.އަތޮޅު ތަށި ހޯދި 5 ވަނަ ފަހަރެވެ.

ފައިނަލް މެޗުގައި ފުރަތަމަ ދެ ގޯލް ޖަހާ ލީޑް ނެގީ ހޯޑެއްދޫންނެވެ. 2-1 ން ނިމުނު ފުރަތަމަ ހާފަށްފަހު ދެވަނަ ހާފް ފެށުމާއެކު ވާދޫން ނަތީޖާ އަނބުރާލިއެވެ. މެޗުގައި ހޯޑެއްދޫގެ މުޙައްމަދު ލުފާފް އަދި އިސްމާއީލް މަމްދޫހު ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއެވެ.

ގދ.އަތޮޅުގެ މޮޅު ކުޅުންތެރިއަކީވެސް ޓޮޕް ސްކޯރަރ އަކީވެސް މުސައްނިފު: ފޮޓޯ-އިމޭޖަސްއެމްވީ

ވާދޫން ޖެހި ހަ ލަނޑުގެ ތެރެއިން މުޙައްމަދު ނާއިލް ދެ ލަނޑު އަދި އަޔާޒު އަހުމަދު ދެ ލަނޑު ޖެހިއެވެ. ވާދޫއަށް ދެން ލަނޑު ޖަހައިދިނީ ޔަޒްދާން އިބްރާހީމް އާއި މުސައްނިފް މުޙައްމަދެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ވާދޫގެ އަޔާއެވެ. ގދ.އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވާދޫގެ މުސައްނިފެވެ. އަދި ޓޮޕް ސްކޯރަރ އަށް ދޭ ޓްރޮފީވެސް ހޯދީ އޭނާއެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.