އުމްރާ ދަތުރުން އުފާވެރި ބައެއް ތަސްވީރު

1109

އުމްރާގެ މާތް އަޅުކަމަށް މައްކާއަށް ކުރާ ދަތުރަކީ ހަމައެކަނި އަޅުކަމުގެ ދަތުރެއް ނޫނެވެ. ދިރިއުޅުމުގެ ބާކީ އޮތްބައިގައި ކުރިއަށް ދިއުމަށް އެތަކެއް ފިލާވަޅުތަކެއް ލިއްބައިދޭ ދަތުރެކެވެ. އިސްލާމީ ތާރީޚުގެ މުހިއްމު ހާދިސާތައް ހިނގާފައިވާ ތަންތަނަށް ޒިޔާރަތްކޮށް އެތަކެއް ފިލާވަޅުތަކެއް ލިބިދެއެވެ. މައްކާ އާއި މަދީނާގެ ހަމަޖެހުން ލިއްބައިދޭ މާހައުލު ތަޖުރިބާވެސް ކުރާ ދަތުރެކެވެ. ނުދަންނަ އެތައް ބަޔަކާ ބައްދަލުވެ, ރަށްޓެހި ރަޙުތަމްތެރި އެތައް ބަޔަކާއެކު ނިންމާލެބވޭ ދަތުރެކެވެ. އާއިލާތައް އެކުގައި އުފާވެރި އެތައް ވަގުތެއް, ހަނދާންތަކެއް ހޭދަކުރެއެވެ. ގުޅުންތަކުގެ ދަތުރެކެވެ. ތަފާތު ރަހަތަކަށް އިންސާފްކުރެއެވެ. އުމުރުން ދުވަސްވީ މީހުންނާއި ތުއްތުކުދިންގެ ހަރަކާތްތަކުން ހަމަޖެހުން ލިއްބައިދޭ ދަތުރެކެވެ. މުޅި ދަތުރުގެ މައިގަނޑު އަމާޒު އަޅުކަމަށް ހުރި ނަމަވެސް 15 ދުވަހުގެ ދަތުރުން ނިންމުމަށްފަހު އެނބުރި އަންނަނީ އުފާވެރި އެތަކެއް ވަގުތުތަކާއި ހަނދާންތަކެއްވެސް ދޫކޮށްފައެވެ. މިއީ އަރަފާތު ހައްޖު އެންޑް ޢުމްރާ ގްރޫޕްގެ ޑިސެމްބަރ/ޖެނުއަރީގެ އުމްރާ ދަތުރުން ބައެއް ހަނދާންތަކެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.