...

ގޯލްޑަން ފުޓްސަލް: އައްޑޫ ސިޓީގެ ޗެމްޕިއަންކަން ހިތަދޫ އަށް

200

ހިއުންޑާއީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އައްޑޫ ސިޓީގެ ޗެމްޕިއަންކަން ހިތަދޫން ހޯދައިފިއެވެ. މިއަހަރުގެ ފުރަތަމަ އަތޮޅު ތަށި ހިތަދޫން އުފުލާލީ ފައިނަލްގައި 5-2 ން މަރަދޫ ބަލިކޮށްގެންނެވެ.

ފައިނަލް މެޗުގައި އައްޑޫ ސިޓީގެ އަހުމަދު އަމްނު ތިން ލަނޑު ޖެހިއެވެ. އަނެއް ދެ ލަނޑު ޖެހީ ކެޕްޓަން ހާޒިމް ފައުޒީއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް ހާޒިމް އެވެ.

އައްޑޫ ސިޓީގެ އެންމެ މޮޅު ކުޅުންތެރިއަކީ ހިތަދޫގެ ހާޒިމް: ފޮޓޯ-އިމޭޖަސްއެމްވީ

މަރަދޫގެ ދެ ލަނޑު ޖެހީ މުޙައްމަދު ޝަހާއު އަލީ އާއި ހަސަން އަތޫފް އެވެ. އައްޑޫ ސިޓީގެ އެންމެ މޮޅު ކުޅުންތެރިއަކީ ހިތަދޫ ކެޕްޓަން ހާޒިމް އެވެ. އަދި ޓޮޕް ސްކޯރަރ އަށް ދޭ ޓްރޮފީވެސް ހޯދީ އޭނާ އެވެ. މެޗަށްފަހު ހާޒިމް ބުނީ މިއީ ހިތަދޫ ރައްޔިތުންނަށް ހައްގު, އެރައްޔިތުންނަށް ދޭ ހަދިޔާއެއް ކަމަށެވެ.

ހިތަދޫން ތަށި އުފުލާލީ ކުރީގެ އެއްވަނަ މިޑްފީލްޑަރ ޝަމްވީލް ޤާސިމް (ބޮންޑާ)ގެ އިރުޝާދުގެ ދަށުންނެވެ. ފައިނަލް މެޗަށްފަހު ބޮންޑާ ބުނީ ނަތީޖާއިން މެޗު ފަސޭހަކަމަށް ހީވިޔަސް, މިއީ ފަސޭހަ މެޗެއް ނޫން ކަމަށާއި, މިއީ ކުޅުންތެރިން ކުރި ވަރަށް ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.

ލިޔުމާގުޅޭ ވީޑިއޯ ރިޕޯރޓް

ހިތަދޫ އާއި މަރަދޫވެސް ޒޯން ބުރުގައި ވާދަކުރާނެއެވެ.

ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.