ވިޒިޓް ދަރަވަންދޫ ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޝަންގެ ފައިނަލްގައި ދަރަވަންދޫ ދެޓީމް ވާދަކުރަން ޖެހިއްޖެއެވެ. ފައިނަލްގައި ވާދަކުރާނީ ކިންގްސް ޔުނައިޓެޑާއި ސުޕަރ ކިންގްސް އެވެ.
ފައިނަލުން ސުޕަރ ކިންގްސް ޖާގަ ހޯދީ ސެމީފައިނަލްގައި 1-0 ން ޓީމް ކިހާދޫ ބަލިކޮށްގެންނެވެ. ގްރޫޕްގެ އެއްވަނަ ހޯދައިގެން ސެމީއަށް ދަތުރުކުރި ކިހާދޫ ކޮޅަށް ލަނޑު ޖެހީ އަބްދުالله ސުޒެއިރު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ނަސީހު އަހުމަދު (ނަސިއްޓެ) އެވެ.

މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކުރީ ކިންގްސް ޔުނައިޓެޑެވެ. އެޓީމް ސެމީގައި ކުރި ހޯދީ މާޅޮސް އެފްސީއާ ވާދަކޮށް 3-2 ނެވެ. މެޗުގައި ކިންގްސް ޔުނައިޓެޑްގެ ތިން ލަނޑު ޖެހީ އީމާން އިލްޔާސް އާއި އަހުމަދު ސައްމާހު (ސައްމައްޓެ) އާއި ޝާފިއު ސޫދު (ބޮއްބެ) އެވެ. މާޅޮސް ޓީމްގެ ދެ ލަނޑު ޖެހީ މުޙައްމަދު ނާއިލް އާއި އިބްރާހީމް ސިމާހު (ތަޑޭ) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކިންގްސް ޔުނައިޓެޑްއަށް ކުޅޭ ކިރްގިސްތާނުގެ އުލާ އެވެ.
އަންހެން ޑިވިޝަންގެ ފައިނަލްގައި ވާދަކުރާނީ ޓީމް ދޮންފަން އާއި ކްއީންސް ޔުނައިޓެޑްއެވެ. ފައިނަލް މެޗު ކުޅޭނީ މާދަމާރޭ (16 ޑިސެމްބަރ) އެވެ.
