...

ދަރަވަންދޫ ފުޓްސަލް: ޓީމްތައް ސެމީއާއި ފައިނަލަށް!

519

ވިޒިޓް ދަރަވަންދޫ ފުޓްސަލް މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލްގެ ޖާގަތައް އަދި ފިރިހެން ޑިވިޝަންގެ ސެމީފައިނަލްގެ ޖާގަތައް ޔަގީން ވެއްޖެއެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލްގެ ދެވަނަ ޖާގަ ހޯދީ ކްއީންސް ޔުނައިޓެޑެވެ. އެއީ ލީގު ބުރުގެ ފަހު މެޗުގައި ފެލްކޮން ކްއީންސް 3-1 ން ބަލިކޮށްގެންނެވެ. މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ޖާގަ ލިބެން އޮތް މެޗުގައި ލީޑް ނެގީވެސް ފެލްކޮން ކްއީންސް އެވެ. އެމީހުންނަށް ލީޑް ނަގައިދިނީ ނައިފަރު މަރިޔަމް ޝަހާ އެވެ.

ކްއީންސް ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދީ, ލީޑް ނަނައިދިނީވެސް މެޗުގެ މޮޅު ކުޅުންތެރިޔާ ގޮއިދޫ ޝާނިޔާ އަހުމަދު ނިޒާމް އެވެ. ތިންވަނަ ލަނޑު ޖެހީ ކެޕްޓަން ސަރާ ނަސީމް އެވެ. ފައިނަލްގައި ކްއީންސް ޔުނައިޓެޑް ވާދަކުރާނީ ލީގު ބުރުގައި ދެ މެޗުންވެސް މޮޅުވި ޓީމް ދޮންފަން އެވެ.

ސެމީގެ ފަހު ޖާގަ ހޯދީ ސުޕަރ ކިންގްސް: ފޮޓޯ-ދަރަވަންދޫ ކައުންސިލް

ފިރިހެން ޑިވިޝަންގެ ސެމީފައިނަލްގެ ފަހު ޖާގަ ލިބުނީ ސުޕަރ ކިންގްސް އަށެވެ. ފަހު މެޗަށް ނިކުއިންއިރު އަމިއްލަ ބާރު ނެތް ސުޕަރ ކިންގްސްއަށް ސެމީން ޖާގަ ލިބުނީ މާޅޮސް ވެޓަރެންސް އަތުން މޮޅުވެ, ގްރޫޕްގެ ފަހު މެޗުގެ ނަތީޖާއަށް ބަލަން ތިއްބައެވެ. މާޅޮސް ވެޓަރެންސް އަތުން ސުޕަރ ކްއީންސް ކުރިހޯދީ 6-1 ނެވެ. މެޗުގައި އަބްދުالله ސުޒެއިރު ތިން ލަނޑު ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާއެވެ. އަނެއް ތިން ލަނޑު ޖެހީ އަލީ ސަމީހު އާއި މުޙައްމަދު އަދުހަމް އާއި ޖައިޝް ސައީދު އެވެ. މާޅޮސް ޓީމްގެ ހަމައެކަނި ލަނޑު ޖެހީ ކުޅުނު ތިން މެޗުގައިވެސް ލަނޑު ޖެހި އޭދަފުށި އިބްރާހީމް ޝަރީފް އެވެ.

ސުޕަރ ކިންގްސް އަށް ސެމީގެ ފުރުޞަތު ލިބުނީ ކިންގްސް ޔުނައިޓެޑުން ދޮންފަން ބަލިކުރުމުން: ފޮޓޯ-ދަރަވަންދޫ ކައުންސިލް

ބޮޑު މޮޅެއް ހޯދިޔަސް ސުޕަރ ކިންގްސް އަށް ސެމީގެ ޖާގަ ލިބުނީ ފަހު މެޗުގައި ޓީމް ދޮންފަން ބަލިވުމުންނެވެ. ޕޮއިންޓަކުންވެސް ސެމީގެ ޖާގަ ލިބެން އޮތް ދޮންފަން ފަހު މެޗުގައި ބަލިވީ ގްރޫޕްގެ އެއްވަނަ ހޯދި ކިންގްސް ޔުނައިޓެޑް އަތުން 4-2 ނެވެ. މެޗުގެ ފަހު މިނިޓާ ހަމައަށް ދިޔައިރުވެސް 2-2 ން އެއްވަރުވެފައި އޮތް މެޗުގައި ސާމިހު އަލީ ޝަރީފް ތިން ލަނޑު ޖެހިއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. ކިންގްސް ޔުނައިޓެޑަށް ދެން ލަނޑު ޖަހައިދިނީ ހަސަން ނާސިކް އެވެ. ދޮންފަން ޓީމްގެ ދެ ލަނޑު ޖެހީ ހަސަން ޒަރީރު އާއި އަހުމަދު ޒަޔާން އެވެ.

ސެމީފައިނަލްގައި ސުޕަރ ކިންގްސް ވާދަކުރާނީ ޓީމް ކިހާދޫ އާއެވެ. ކިންގްސް ޔުނައިޓެޑް ވާދަކުރާނީ މާޅޮސް އެފްސީއާއެވެ. ސެމީފައިނަލް ދެ މެޗު ކުޅޭނީ މާދަމާރޭ (14 ޑިސެމްބަރު) އެވެ.

ލިޔުމާ ގުޅޭ ވީޑިއޯ ރިޕޯރޓް
ހަފްސީ
WRITTEN BY

ހަފްސީ

އަޅުގަނޑު ނޫސްވެރިކަމުގައި ގުނަމުން މިދަނީ 20 ވަނަ އަހަރެވެ. މީގެތެރެއިން 16 އަހަރު ހޭދަކުރީ ބްރޯޑްކާސްޓިންގ މީޑިޔާގައެވެ. ނޫސްވެރިކަމުގެ ތެރެއިން ކުޅިވަރަށް ޚިދުމަތް ކުރުމުން ޒުވާނުންގެ ޤައުމީ އިނާމް, ޚަބަރާއި މައުލޫމާތު ފެތުރުމާއި ޕްރޮގްރާމް އުފެއްދުމުގެ ދާއިރާއިން ޤައުމީ އިނާމް އަދި މޯލްޑިވްސް މީޑިޔާ ކައުންސިލުން ދޭ ރަން ގަލަން އަޅުގަނޑަށް ވަނީ ލިބިފައެވެ.
Seraphinite AcceleratorBannerText_Seraphinite Accelerator
Turns on site high speed to be attractive for people and search engines.